ރިސޯޓްތަކުގައި ވަޒީފާ އަދާކުރައްވާ ބޭފުޅުން އަނބި ދަރީން ނާއި ވަކިން އުޅެން ޖެހި އެ ރަށްރަށުން ގޯއްޗާއި ފްލެޓް ފަދަ ތަންތަން ކުއްޔަށް ހިފުމާއި މިލްކް ކުރުމުގެ ހައްގު އެތަންތަނުގައި މަސައްކަތް ކުރައްވާ މުއައްޒަފުންނަށް އެއްވެސް ސިފައެއެއްގައި ލިބި ދީފައި ނުވާއިރު, އެއީވެސް ހަމަ ބަރާބަރު ޝަރުއީ މާނައިގައި ދިރިއުޅެނީ ކަމުގައި، ތާހިރު ދިރިއުޅުމެއް ރައްޔަތުންނަށް ލިބިދޭންޖެހޭ ކަމަށް ވިދާޅުވެ ވެރިކަމަށް ވަޑައިގަތް މުހައްމަދު ނަޝީދުގެ ސަރުކާރުން ވިދާޅުވުމަކީ ސަރުކާރުގެ އިސް ބޭފުޅުން ނަކީ ވަރަށް ޖާހިލު ބޭފުޅުންކޮޅެއްކަން ސާބިތުވާ ކަމެކެވެ.
އިގްތިސާދަށްޓަކައި ، ދިވެހިންނަށް ލިބިފައިވާ ގުދުރަތީ ރީތިކަން ވިއްކުމަށް ތަފާތު ކަންތައްތަކެއް ހުއްދަ ކުރުމަށްޓަކައި ރިސޯރޓް ތަކާއި މީހުން ދިރިއުޅޭ ރަށްރަށް ކަމަށް ޝަރުއީ ގޮތުން ބަޔާންކުރާ ރަށް ތަކާއި ތަފާތުތަކެއް ބަހަށްޓަން ޖެއެވެ. އެ ތަފާތުތައް ވަނީ ބެހެއްޓިފައެވެ. އަދި މި ތަފާތުތައް ދަންނަބޭކަލުންގެ ހެޔޮލަފާ ވިސްނުމާއި ޚިލާފަށް ރޭވިފައިވާ ނަމަ އެ ބޭކަލުން ހާހުން ނަސޭހަތް ދެއްވަމުން ގެންދަވާއިރު މި ތަފާތުކުރުމަށް ދެކޮޅުހައްދަވާ ވާހަކަފުޅު ވާނީ ދައްކަވާފައި ނޫންތޯއެވެ.
މިދެންނެވި ތަފާތުކުރުން ތައް އަމާޒު ކުރެވިފައިވަނީ ހަމަ އެކަނި ފަތުރުވެރިންނަށެވެ. ރާއްޖޭގައި ރިސޯރޓް ހިންގުމަށް ދޫކޮށްފައިވާ ރަށްރަށުގައި ،ހަމަ އަގަށްވުރެ ބޮޑުއަގުގައި ތަކެތި ވިއްކުމާއި ، ރަލާއި އޫރުމަސް ވިއްކުމާއި ކައިވެނި ނުކޮށް ތިބޭ ދެމީހުން އެއް ކޮޓަރީގައި ނިންދެވުމާއި، އެއްޖިންސުން ގުޅުން ހިންގާ މީހުން ރިޕޯޓް ކޮށް ފުލުހަށް ނުގެންދިއުމާއި ، މިފަދަ އެތައް ކަމެއް އެކުލެވިގެން ވެއެވެ. އެހެން ނަމަވެސް މިއިން އެއްވެސް ކަމެއް ދިވެހިނަނަށް ހުއަދައެއް ނޫނެވެ.
ގާނޫނީގޮތުން ފަޅުރަށްތަކާއި މީހުން ދިރިއުޅޭ ރަށްރަށް އެއް ތިލަފަތަކުން ކިރަން ސަރުކާރުން މި ކުރާ މަސަތްކަތަކީ މީހުން ދިރިއުޅޭ ރަށްރަށުގައިވެސް ރާ ވިއްކައި އާންމު ކޮށް ރިސޯރޓްތަކުގއި ކުރެވޭ ހުރިހާ ކަމެއެއް ކުރުމަށް ހިތްވަރު ދިނުމަށްޓަކައި ސަރުކާރުން ކުރަމުން އަންނަ ކެމްޕޭނުގެ ބައެކެވެ.
މިފަދަކަންކަން ފަތުރުވެރިން ކުރާތީ ކަންބޮޑުވެގެން ހުއްޓުވުމަށްޓަކައި ރާއްޖޭގައި ދިރިއުޅޭ ދިވެހިންގެ ތެރެއިން ދީނީ ގޮތުން ހައްދުފަހަނަޅާފައިވާކަމަށް މިސަރުކާރުން ސިފަކުރާ ބޭފޫޅުން ވެސް އަޑުފުލާ ހައްދަވާފައެއްނެތެވެ. އަބަދުވެސް ވިދާޅުވަމުން ގެންދަވަނީ މީހުން ދިރިއުޅޭ ރަށްރަށުގައި ހުއަދަ ކޮށްގެން ނުވާނެ ވާހަކައެވެ. އެހެން ނަމަވެސް ދީނުގައި އެކި އެކި މިންތައް އެކުލެވިގެންވާކަމަށް ވިދާޅުވެ ، އޭގެ ތެރެއިން މެދުމިނަކީ ތިމަންމެންގެ ގޮޅިއޭ ވިދާޅުވެ ވަކާލާތު ކުރައްވާ ބޭފުޅުން ހިންގަވާ ސަރުކާރުން ރިސޯޓް ތަކުގައި ރާވިއްކުން ފަދަ ކަންކަން މަނާ ކުރަން އުޅޭ އުޅުމަކީ އެބޭފުޅުން ވިދާޅުވާ ލަވަޔާ ބެރާއި ދިމާ ނުވާ ކަން ސާބިތުވާ ކަމެކެވެ. މިއީ ޖުހާގެ ލޮޖިކްދަށުން ހިންގާ ކޮސް އަމަލްތަ ކެވެ.

