އަހަރަކު 30 މިލިއަން ޑޮލަރު ލިބޭނެ! ކުރިއަށް އޮތް ދިހަވަރަކަށް އަހަރު ދުވަހުގެ ތެރޭ މި އަދަދު 100 މިލިއަނަށް އަރާނެ”. ސަރުކާރުގެ އޮފިޝަލަކު ޖީއެމް އާރްގެ ހަފްލާއެއްގައި ބައިވެރިވެވަޑައިގަތުމަށްފަހު ވިދާޅު ވިއެވެ”.
މި ވާހަކަ ޔަގީންކަމާއެކު ރައްޔަތުންގެ ކުރިމަތީގައި ވިދާޅުވުމަށް ރޭވިފައި އޮތް ހަމަ އެކަނި ރޭވުމަކީ، ނާސިރު އެއާޕޯޓުން ފުރާ މީހުންގެ އަތުން ޑިވެލޮޕްމެންޓް ފީގެ ގޮތުގައި ، ފުރާ ބޮލަކަށް ނަގަން ރާވާފައި އޮތް 25 ޑޮލަރުގެ ފީއެކެވެ. ގައުމެއްގެ ވެރިކަމަށް އައުމަށްވުރެ، ވެރިކަމުގައިތިބި ބަޔަކަށް އެ ބައެއްގެ ބާރުގެ ދަށުގައިވާ އެއާޕޯޓެއް ހިންގަން ފަސޭހަވެދާނެކަމަށް ބެލެވެއެވެ. އެހެން ނަމަވެސް ދެވަނަ ބުރަކަށް ވެރިކަމަށް ފައިނަންގަވައިގެން އޮތް ސަރުކާރު 25 ޑޮލަރާއި ޖީއެމް އާރާއި ދެމެދު ތާށިވެ ދެލޯ ބޮޑުވެފައި އޮތް ބޮޑު މަންޒަރު މި ހިނދުކޮޅުގައި ނަމަވެސް ފެނުމުން ހައިރާންވެއެވެ
މިފަދަ ގޮތަކަށް ސަރުކާރު ތާށިވާން ދިމާވި އެންމެ އާޚިރު ކަމަކީ އިމާދު ސޯލިހް ހުށަހެޅުއްވި މައްސަލައަކާއިގުޅިގެން ޖީއެމްއާރަށް 25 ޑޮލަރު ނުނެގޭނޭ ކަމަށް ކޯޓަކުން ހުކުމް ކުރުމާއި ގުޅިގެންނެވެ . މި ހުކުމަށްފަހު ސަރުކާރުން ،ސަރުކާރުގެ ލޮބުވެތި ޖީއެމްއާރުގެ ހިތަށް ފިނިކަމެއް ،ވަގުތީ ނަމަވެސް ހޯދައިދިނުމަށްޓަކައި އިއްލާން ކުރީ ރައްޔަތުންގެ މަޖިލީސް މެދުވެރިކޮށް 25 ޑޮލަރުގެ މައްސަލަ ހައްލު ކޮށްދޭނޭކަމަށެވެ. އެހެން ނަމަވެސް މަޖިލީސް ދެ މަސްދުވަހުގެ ޗުއްޓީއެއްގައި ވުމުން ލޯބިވާ ޖީއެމްއާރުގެ 25 ޑޮލަރު ނުލިބި ވަގުތު ބޭކާރުވާތީ ކުރާ ޝަކުވާތަކަށް ސަރުކާރުން އިޖާބަ ދީ ބޮލުން ކަޓުވާލުމުގެ ގޮތުން ހެދެން އޮތްހާވެސް އެއްޗަކީ އެއްކަލަ 30 މިލއަނުން، ފުރާމީހުންގެ އަތުން ނަގާ 25 ޑޮލަރަށް ވާ ފައިސާ ކަނޑާލަންހުށަ ހަޅަން ޖީއެމްއާރަށް ލަފާދިނުމެވެ. ޖީއެމްއާރުގެ އެދުން ކޮންމެ ގޮތެއްވިއަސް މިވަގުތަށް ފުދޭނޭ ކަމަށްބެލެވެއެވެ. ސަރުކާރު ވެސް އަމިއްލަ އަމިއްލަށް ކުރާ ވައުދެއްވެސް މީގައި އެބައޮތެވެ: މަޖިލީސް ހުޅުވުމުން މި ކަންތައް އަވަސް މުއްދަތެގެތެރޭގައި ކޮޅަކު ޖެއްސުމުގެ ވައުދެވެ. އެހެން ކަމުން ސަރުކާރު މިވަގުތު މިއޮތް ހިނދުކޮޅުގެ ސަބަބުން މަޖިލީހުގެ ބާޒާރުގެ ކަންމަތީފހާރަތަކުގެ އަގު ތައް އަތްނުފޯރާފަށް އަރައިގެންދާނޭކަމަށް ލަފާކުރެވެއެވެ.
މިހުރިހާކަމެއްގެ ހައްލަކަށް މި ހިނދުކޮޅުގައި ސަރުކާރަށް އެންމެ ރަނގަޅުގޮތަކީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރީންގެ އަދަދު ކޮންމެވެސް ގޮތަކަށް މަދުކުރެވޭނޭ ގޮތަކަށް ކަންކަން ރޭވުމެވެ. އެކަން ސަރުކާރަށް ވިސްނި، ކުރަމުންވެސް އެބަ ގެންދެއެވެ. ޑިވެލޮޕްމެންޓް ފީ ނަގަން ވިސްނައިގެންތިއްބެވީ ފުރާ ކޮންމެ ބޭފުޅެއްގެ އަތުން ކަމަށް ވުމުން ،ފުރާ އަދަދު މަދުވާވަރަކަށް ސަރުކާރަށް ލިބޭ ބައިން ކަނޑަންޖެހޭ މިންވަރު މަދުވާނެތާއެވެ. ސަރުކާރުވެސް މި ލާރި ސަލާމަތްކުރަން ކޮންމެހެންވެސް ބޭނުންވާއިރު، މަޖިލީހުން މިކަމުގެ ހައްލެއް ނު ހޯދިއްޖެ ކަމުގައިވަނީނަމަ، މުސްތަގްބަލްގައި ކަން ވާ ގޮތަކުން ، މިހާރު ފުރާ މީހުންގެ އަދަދު ގިނަވެ ދެގުނަ ވެއްޖެޔާ ސަރުކާރަށް ޖެހޭނީ 30 މިލިއަނުގެ ލޯނު ކޮންމެވެސް ގޮތަކުން ކޮންމެ ފަހަރަކު ހޯދައި ޖީއެމްއާރަށް ދައްކާށެވެ. އިދިކޮޅު ރިސޯޓްވެރިން ކޮޓަރިވިއްކާއަގު ބޮޑުތަނަކުން ހެޔޮކޮށް ފަތުރުވެރިން ރާޖެ އެތެރެވާ މިންވަރު ގިނަ ނުކުރާން ދުއާކުރުމަކީ މިވަގުތު ޝޭޚް އިބްނު ފަރީދު ލައްވާ ކުރުވަން ހަމަ އެންމެ ރަނގަޅު ކަމެކެވެ
މަޖލީސް ހުޅުވެންވާއިރަށް މެމްބަރުންގެ ބާޒާރު އަދި މިހާތަނަށް ނުވާ ވަރަށް ހަލަބޮލިވެގެން ދާނެކަމަށް ބެލެވޭ މި ދަނޑިވަޅުގައި ސަރުކާރުން ޓުވަރިޒަމް ގެ އަގު ވައްޓަމުން މިވަގުތު މި ގެންދާ ދިއުމާއި ދޭތެރޭ އިތުރު ދަރަޖައަކުން ވިސްނާލަން އެބަ ޖެހެއެވެ. އެހެނީ މި ސަރުކާރަށްވުރެން މު ހިންމީ މި ގައުމުކަމަށް ވާތީއެވެ. މި ޒަމާނުގައި ހަމަ އެންމެ ހަ ކުޅި ކުރިއަށް ވިސްނޭބަޔަކަށް ވެރިކަންކުރަން ވަރަށް ދަތިވާނޭކަން ، މި އައި ހިނދުކޮޅުގެ ސަބަބުން އިހްސާސް ވެ ވަޑައިގެން ހުންނެވިކަމަށް ބެލެވޭ ރައީސް ނަޝީދުގެ ސަރުކާރަށް މިފަހަރު ސައިވެފައި ހުރީ އަހަކުންނެވެ. ކުރިމަތީ ގައި އެޅޭނޭ ކުޅިއެއް ގަވާއިދަކުން ނެތެވެ. ބޮނދު ޖެހޭނީ ކޮންމެވެސް އަތަކަށް ގުޑުވާލާށެވެ.

