ރައީސް ނަޝީދު ބިރުފުޅުގެންވަޑައިގެން ހާސް ވެ ވަޑައިގެންފި ކަމުގެ ހެކި އެމަނިކުފާނުގެ ވާހަކަފުޅުން ފެންނާން ފަށައިފިއެވެ. ހާސްވެ ބިރުގަނެ ގެން އުޅުމަކީ ގައުމުގެ މުސްތަގްބަލަށް ފައިދާހުރި މޮޅުކަމެއް ކަމަށް އެ މަނިކުފާނުގެ ބައެއް ސަޕޯޓަރުން މި ފަހަކަށް އައިސް ގަބޫލުކޮށް ހާސްވެ ރުޅިއިސްކޮށް ބިރުގަންނަމުންދާކަންވެސް ފާހަގަ ކުރެވެއެވެ. ރައީސް ކުރައްވާ ހުރިހާ އަމަލެއްގައިއެކުލެވިގެން ވާނީ ފައިދާކަން އެ ބޭފުޅުންނަށް ހިތުގެ އަޑީން ޔަގީން ވާތީއެވެ. ވެރިކަމަށް ވަޑައިގަތުމުގެ ކުރިންވެސް އަދި އޭގެ ފަހުންވެސް އެމަނިކުފާނުގެ ވަރަށް ގިނަ ތަގުރީރު ތަކުގައި ، އެކަކު އަނެކެއްގެ ފަރާތުން ހިއްވަރު ލިބި ބިރު ކެނޑި ތިބުމަށް ގޮވާލެއްވިއެވެ. އެހެން ނަމަވެސް އެ މަނިކިފާނުގެ ޕާޓިގެ ބޭފުޅުން ފިޔަވާ ބާކީ ތިބި ބޭފުޅުން ބިރުގަންނަ ފަދަ ވާހަކފުޅުތަށް އެ މަނިކުފާނު ވަނީ ދައްކާފައެވެ. އޭގެ ސަބަބުން ބަޔަކު ބިރުގަނެ ، އެ މަނިކުފާނުގެ އެ ފަދަ ވާހަކަފުޅުތަކުގެ ޝިކާރަތަކަށްވެސް ވަނީ ވެފައެވެ. މިފަދަ ބިރާއި ގުޅިފައިވާ ވާހަކަފުޅު ދެއްކެވުމުގައި އެމަނިކުފާނުގެ އަމިއްލަފުޅު ނަފްސު ތައްޔާރުފެފައި އޮތް މިންވަރު ހާމަ ކުރެއްވުމުގެ ނިޔަތު ގައި ދެއްކެވި ވާހަކަފުޅުތަކުގެ ތެރޭގައި އެމަނިކުފާނަށް ހަޖޫ ޖެހުމަށާއ ފާޑުކިއުމަށް ގޮވާލެއްވިއެވެ. އާންމުކޮށް ހަޖޫ ޖެހުން ފަދަ ކަންކަން ކުރަނީ ނޫސްތަކާއި ޓީވީ ރޭޑިއޯ ފަދަ މީޑީއާ ބޭނުންކޮށްގެންނެވެ.
ހ”ބަރު ހަދާ ފަރާތަކުން ނޫން ކަން ނިންމަނީކީ. ރާއްޖޭގެ ރައްޔިތުން ދެކޭ ގޮތަކީ ހަބަރު ސުރުހީ ލިޔާ ފަރާތްތަކެއް ނޫން. އެއީ ރައްޔިތުން ކުރާ ކަމެއް،” ރައީސް ވިދާޅުވި އެވެ. “ހަމަ ގައިމު ވެސް ދެ ޓީވީ ޗެނަލާއި ދެ ތިން ނޫސް މެދުނުކެނޑި ސަރުކާރަށް ފާޑު ކިޔަމުންމ ގެންދޭ. ބައެއް ފަހަރު އެ ފާޑުތައް އެއީ ކަނޑައެޅިގެން ހަމަތަކުން ނެއްޓިފައިވާ ފާޑުތަކަށް ވެސް ވެގެންދޭ.” އެ މަނިކުފާނުގެ އަމިއްލަފުޅު ހަރުގެ ކޮޅުގައި ބޭއްވެވި ޖަލްސާއެއް ފާޑުގެ ކަމެއްގެ ތެރޭގައި ވިދާޅުވިއެވެ
މި ވާހަކަފުޅުތަކުން އެ މަނިކުފާނު ބަދަލުވެ ވަޑައިގެންފައި ހުންނެވި މިންވަރު ދޭހަވެއެވެ. އެ މަނިކުފާނު ކުރިން ހުންނެވި ސިކުނޑީގެ ހާލަތުގައި ހުންނެވި ނަމަ އެ ރޭ ވިދާޅުވުން އެންމެ ގާތީ އަންނަނިވި ޖުމްލަތަކެވެ “މިހާރަކަށް އައިސް އެމްއެން ބީސީ ފިޔަވާ ދެން ހުރި މަންޒަރު ދުރަށް ދައްކާ ވަސީލަތްތަކުންނާއި އިންތިހާގިނަ އެތަކެއް ބައިވަރު ނޫސް މަޖައްލާތަކަކުން އަޅުގަނޑަށް ވަރަށް މަތީ މިންވަރަކުން ފާޑުކިޔާ ހަޖޫ ޖަހަމުން އެބަ ގެންދޭ. އެ ފަރާތްތަކަށް އަޅުގަނޑު ނުހަނު ޝުކުރުވެރިވަން. “މ
އެ މަނިކުފާނުގެ ބޮޑީ ލޭންގުއޭޖުންނާއި ވޯކަލް ޓޯން އިން އެމަނިކުފާނުގެ ކޯފާގެ އަސަރު ފޮރުވުމުގައި ނާކާމިޔާބުވެ ވަޑައިގަންނަން ޖެހި ވަޑައިގަތް އެ ޖަޒްބާތުން ފުރިފައިވީ ސްޕީޗަކީ އެ މަނިކުފާނު މީޑިއާގެ ވާހަކަތައް ހުރިގޮތުން ކަން ބޮޑުވުން ފާޅުކުރައްވައި ދެއްވި ފުރަތަމަ ސްޕީޗެވެ. ތިން ނޫހާކުންނާއި ދެ ޓީވީ ސްޓޭޝަނަކުން މިކަމުގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭނެއެވެ. އެ މަނިކުފާނު ފަދަ މަނިއްޕުޅަކަށް މިފަދަ ގޯނާތައް ކޮށް އެ މަނިކުފާނުގެ ޖަޒްބާތުތަކުގެ ކޮނޓްރޯލުން އަތްޕުޅު ދޫވާ ޒާތުގެ ރިޕޯޓްތަކާއި ޚަބަރުތައް މީގެ ފަހުން އެއްވެސް ގޮތަކަށް ގެނެސް ނުދިނުމަށް ދި ޓީވީ އާއީ ވީޓީވީ ،ހަވީރާއި ސަން ފަދަ މީޑިއާތަކަށް އަޅުގަނޑު ގޮވާލަމެވެ. މިކަމުގައި އެންމެން ބައިވެރި ވުމަށް ވެސް ގޮވާލަމެވެ. މިހެން މިކަންތައް ކުރިއް ދަނީ ނަމަ ފާޑު ކިއުމުން ވީއްލީ ހަޖޫ ޖެހުމާއި ހިސާބަށް ގޮސްގެން އެ މަނިކުފާނު ކީރިތި ކުރައްވައިފ ކަމަށް ވަންޏާ ، ގައުމުގެ މުސްތަގްބަލަށޭ ތަރައްގީއަށޭ ބުނެ ބަޔަކު، ރުއިމުގަވެސް ދުވަސްތައް ހޭދަ ކުރުމަކީ ވެދާނެ ކަމަކަށް ވާތީއެވެ.

F*** Anni.. He is a 2 bit lier, a con artist. Pity those who still dont realise this.