ބައެއް ބޭފުޅުންނަށް ހަވީރުގެ ކޮމެންޓް ބައިގައި ”ހަބޭސް” މިފަދައިން ލިއެފައި ވާ ސައިން އެއް ފާހަގަ ކުރެވިފައި ވާނެއެވެ. މި ސައިން އަކީ އިބިލީހަށް އަޅުކަން ކުރާ މީހުންގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުންކުރާ އިޝާރާތެކެވެ. ޒާހިރު ހުސޭން ފަދަ އިލްމީ ބޭފުޅަކަށް މިކަން އޮޅިވަޑައިގެންފައިވާނޭކަމަށް ބުއްދި ގަބޫލެއް ނުކުރެވެއެވެ. އަދި ހަމަ އެހެންމެ މައިންޑް ކޮންޓްރޯލް ކުރުމަށްޓަކައި ބޭނުން ކުރާ އެކި އެކި ކަންކަމުގެ ތެރޭގައި ހިމެނޭ މިފަދަ ބޮޑު ކަމަކަށް ހުއްދަ ދެއްވައިގެން ޒާހިރު ހުސޭން ހުންނެވުމުން އެމަނިކުފާނާއި ދޭތެރޭ ވަރަށް ނުރައްކާތެރި ސުވާލެއް ކުރިމަތި ކުރެވިދާނޭ ޖާގަ އެބަ އުފެދެއެވެ. މި ކަން މަނާކުރުމަކީ އެ މަނިކުފާނުގެ ބާރުގެ ދަށުގައި ވާ ކަމެއް ނޫނީބާއެވެ. ނުވަތަ މި އިޝާރާތުގެ މާނަ އެގިވަޑައިނުގަންނަވަނީބާވައެވެ. ނުވަތަ މިސުވާލު މެދުވެރި ވީ ދުވަހަކުން (މިސާލަކަށް ،މިއަދު) ބީ ކޫލް އޭ ވިދާޅުވެ، އެ މީހެއްގެ އަގީދާ ވަރުގަދަ ކޮށްލުމުން ފުދުނީ އޭ ވިދާޅުވާން ގަސްދުކުރައްވައިގެން ހުންނެވީތޯއެވެ.
މި އިޝާރާތަކީ ދިގު ތާރީޚެއް އެކުލިވެންވާ އެއްޗެކެވެ . އެހެން ނަމަވެސް ”މާނޯ ކޮރްނޫތޯ”ގެ ނަމުން ނުވަތަ ” ހޯރންޑް ހޭންޑް” އަކީ ފެށުނީއްސުރެ ވެސް މީގެ ނަން ކަމުގައި ބުނެވެއެވެ. ދިވެހިން މާނަ ކުރުމުން ނިކުންނަނީ “ދަޅުފެޅި އަތް ” މިފަދައިންނެވެ. މި އިޝާރާތް ،ކުރެހުން ނަމްބަރް 1 ގައި އެވާ ގޮތަށް އެމެރިކާގެ ކަންފަތް ބީރު މީހުންގެ ބަހުރުވައިން ލޯބިވާ ވާހަކަ ބުނުމަށާއި އިބިލީހުގެ ސެލިއުޓްގެ ގޮތުގައިވެސް ބޭނުންކުރާ ކަމަށް ވެއެވެ .އެހެން ނަމަވެސް ހަވީރު ނޫހުން ޒާހިރު ހުސޭން މެން ޚިޔާރު ކުރެއްވީ ކުރެހުން ނަމްބަރު 2 ގައި ވާ ގޮތަށް ސީދާ ހުރަހެއްނެތި އިބިލީހަށް އަޅުކަން ކުރާ މީހުންގެ ސެލިއުޓްގެ އިޝާރާތް ހަބޭސް ވާވަގުތު ބޭނުންކުރާށެވެ.
. ދުނިޔޭގެ ލަވަކިއުންތެރިންގެ ތެރެއިން މަޝްހޫރު ގިނަ ބަޔަކު އިބިލީހަށް އަޅުކަން ކުރާ ކަމަށް އެއްބަސް ވެ މި އިޝާރާތް އެކި އެކި ކޮންސެޓްތަކުގައި ގިނަ އިން ބޭނުން ކޮށް އުޅެއެވެ. އިބިލީހަށް ބައިއަތު ހިފާކަން ދައްކާލުމުގެ ގޮތުންކަމުގައި ބުނެ އުޅެތެވެ. އަދި ހަމަ ސިޔާސީ ބޭފުޅުންވެސް މި އިޝާރާތް ހަމަ މިހެން ބޭނުން ކުރާކަމުގަ
މި ފަހަކަށް އައިސް ދިވެހިންގެ ތެރެއިން ޒުވާން ކުދިން މި އިޝާރާތް ވަރަށް ގިނައިން ބޭނުން ކުރެއެވެ އެހެން ނަމަވެސް ހަވީރުގެ ވެރިން ނާއި އެއް ވަރަކަށް މައުލޫމާތު އެ ކުދިންގެ ކިބައިގައި ނު ހުންނާނެކަންވެސް ގަބޫލު ކުރަން ޖެހެއެވެ.ޚުދު އަޅުގަނޑަށް ވެސް ހެވީ މެޓަލް މިއުޒިކް ކުޅުނު ޒަމާނު ސްޓޭޖް މަތީ މި އިޝާރާތް ވަނީ ބޭނުން ކުރެވިފައެވެ. އެހެން ނަމަވެސް އޭރަކު މި މައުލޫމާތެއް އަޅުގަނޑުގެ ކިބަޔަކު ނެތެވެ. އެކަމަށް ހިތާމަވެސް ކުރަމެވެ.ހަވީރު ނޫހުން ޒިންމާދަރު ކަމާއިއެކީ މިކަމާއި ގުޅޭ ގޮތުން އަމަލު ކުރާނޭ ކަމަށް ހީކުރަމެވެ.







