އާންމު މައުލޫމާތާއި ޚިޔާލު ،އާންމު ނުކޮށް ހިފެހެއްޓުން : މިކަން ފެށެނީ މައުލޫމާތު ހިފެހެއްޓުމުންނެވެ. އެއާއި ގުޅިގެން މީހުންނަށް ނުބައި މަގުން ދަތުރު ކުރެވޭނޭ ފަދަ ދޮގު މައުލޫމާތު އާންމު ކުރާނެއެވެ. މި ޚުދުމުޚްތާރު ސަރުކާރުގެ އަމަލު ތަކުގެ ތެރެއިން މި ގޮޅިއަށް ފެތޭ ކަމެއްގެ މިސާލަކީ ޖީއެމްއާރްގެ ހައިޖާނެވެ.
ކަންކަން ރަނގަޅު މަގުން ހިންގޭނޭ ފަދަ ގާބިލު ފަރުދުންނަށް ވަޒީފާ ދިނުމަށް ހުރަސް އަޅައި ، މަޖުބޫރު ހާލަތުގައި ނޫނީ ” ފަޕެޓުން ” ފިޔަވާ އިތުރު ބަޔަކަށް ވަޒީފާ ނު ދިނުން: މި ޚުދު މުޚްތާރު ސަރުކާރުން މިކަން ވަރަށް ސާފުކޮށް ފެންނާން އެބައޮތެވެ
ޝަރުއީ ކޯޓު ތަކުގެ މަސައްކަތަށް ހުރަސް އަޅަން މަސައްކަތް ކުރުން: ސުޕްރީމް ކޯޓުގައި ތަޅު އެޅުވުމާއި ވެލެޒިނީ ލައްވާ ކުޅުވި ކުޅިގަނޑާއި ކޯޓު ކުރިމަތީ ކުރި މުޒާހަރަ ފަދަ ކަންކަމަކީ މީގެ މިސާލުތަކެވެ.
ނަހަމަގޮތުގައި ބާރުގެ ބޭނުންކުރުން: މީގެ ބޭނުން އާންމުކޮށް ޚުދު މުޚުތާރު ސަރުކާރުތަކުން ބެނުންކުރަނީ އާންމު ސަޕޯޓަރުންގެ ރުހުމާއިއެކު ސަޕޯޓަރުންގެ ކޮޅަށް ބުރަވާ ގޮތަށް ޕްރްޖެކްޓް ދިނުމާއި އެހެނިހެން ފައިދާ ދީގެން ފައިސާގެ މުއްސަނދިކަން ސަރުކާރުގެ ކޮޅަށް އިތުރު ކުރުމަށްޓަކައެވެ. 21 މިލިއަން ޑޮލަރުގެ ޖަރީމާ މީގެ މިސާލަކަށް ފުދެއެވެ
ސަރުކާރުން މޮނޮޕޮލީތައް އުފައްދަން މަސައްކަތް ކުރުމާއި ސިފައިންގެ ބާރު އަމިއްލަކޮށް ނުސީދާ ބިރުވެރިކަން ރައްޔަތުންގެ ތެރެއަށް ފަތުރަން އުޅުން: އާންމުންނަށާއި އިދިކޮޅު ފަރާތްތަކަށް އެބައި މީހުންގެ ލޮއީފްކަން އިހްސާސް ކުރުވައި ބިރުވެރި ކަން މަތީ ބޭތިއްބުމަށް މި އުކުޅު ބޭނުންކުރެއެވެ.
މިލިޓަރީ ގޮތްގަނޑު ދެއްކުން: އެއަށް ފަހު ކޮންމެވެސް ގޮތަކަށް އިދިކޮޅު ފަރާތް ތަކާއި ކޮންމެވެސް ގޮތަކަށް ހަނގުރާމަ އިއްލާން ކުރުން. ޒުހޭރު ޗަމްޕާ އާއިލާއަށް ދިން އިންޒާރަކީ މީގެ މިސާލެކެވެ.
ރިފޯމަށް މަސައްކަތްކުރާ ފަރާތްތައް ރޫޅައި ބައިބައި ކޮށްލުން: އެފަދަ ބައިތަކުގެ ތެރެއިން ސިއްރު ނެގުމުން ފެށޭ މި ކަންތައގަނޑު ނިންމާލަނީ އެފަދަ ގްރޫޕްތަކުގެ ލީޑަރުން ހައްޔަރު ކުރުމަކުންނެވެ.
މިނިވަން މުއައްސަސާތަކުގެ ބާރު ކަނޑުވާލުން: މިނިވަމން މުއައްސަސާ ތަކާއި އާންމު ފަރުދުން ، ސަރުކާރުން ކުރާ ގާނޫނާއި ގަވާއިދާއި ޚިލާފު ކަންކަން ފެންމަތިކުރަން ފެށުމުން އެފަދަ ފަރާތްތަކަށް އިނަޒާރު ދީ ހަދާނެއެވެ. މިހިސާބަށް ކަންތައް ދިއުމުން އެ ސަރުކާރެއް ހަމަ އެކަނި ޚުދުމުޚްތާރުވެ ކޮރަޕްޓް އެކަނި ވީއަކީ ނޫނެވެ. ހައްދުފަހަނަޅާ ދިޔައީއެވެ. މީގެ މިސާލުތައްވެސް ޚުދު މުޚްތާރު މި ސަރުކާރުގެ އަމަލްތަކުގެ ތެރޭގައި ހިމެނޭކަމަށް މީހުން ބުނެ އުޅެއެވެ.
އާންމުން ދުވަސްތަކަކަށް ހާލުގައި ޖައްސައިގެން ސަރުކާރުގެ ބޮޑުންގެ ގާތު ސަލާންޖަހަން މަޖުބޫރު ކުރުވުން: މިއީ ކްލެސިކް އެކެވެ. ފުރަތަމަ ،ފަރުދުންގެ އާމްދަނީ ކޮންމެވެސް ގޮތަކަށް ހިފަހަޓާ ހެދުމަށްފަހު، އާންމުންނާއި ނޫސްތަކުން އެކަމަށް އިހްތިޖާޖު ކުރަން . ފެށުމުން ދަނިޑިވަޅު ބަލާ އަނބުރާ ނެގި ނުވަތަ ހިފެހެއްޓި އެއްޗެއް ނުވަތަ މިނިވަންކަމެއް ދެނީއެވެ. ލަފާކުރެވޭ ގޮތުގައި މިކަން ބޮޑަށް ފެންނާނީ 2013 ވަނަ އަހަރު ފެށުމުންނެވެ.ސިވިލް ސާރވިސްގެ މުސާރަ މިސާލަކަށް ބައްލަވާށެވެ.
އާންމުން ސަރުކާރު ހިންގުމާއި، ހިންގުމުގެ ތެރޭގައި އެކުލެވޭ ކަންތައްތަކަށް ހޭލުންތެރިވިއަ ނުދިނުން: ފާއިތުވި ކައުންސިލްގެ އާންމު އިންތިޚާބުގައި އދ. ގެ ގޮތްޕެއްގެ އެހީގައި ލާމަރުކަޒީ ގޮތުން ހިންގުމާއި ވޯޓު ލާންވީ މީހުން ފާހަގަ ކުރާނޭ ގޮތްތައް ފާހަގަކޮށްދެނެގަންނާނޭ ގޮތުގެ މައުލޫމާތު އާންމުންނަށް ދިނުމަށް ބޮޑު އަގުގައި ޗާޕްކުރި އެތައް ހާސް ލިއުން އާންމުންނަށް ފޯރުކޮށްދިނުމުގައި ވީ އިހްމާލަކީ މީގެ މިސާލެކެވެ.
ހަފްލާތަކާއި އެއްވުންތައް ހަދައިގެން އިދިކޮޅު މީހުންގެ ބޮލުގައި ޓެރަރިޒަމްގެ ތުހުމަތު އެޅުވުން: މިކަންތައް މިވަގުތު ހިންގަމުން އެބަދެއެވެ
ރައްޔަތުންގެ ހައްގުތަކަކީ ވެރި މީހާގެ ފަރާތުން ދޭ އިނާޔަތްތައް ކަމަށް ހަދައިގެން ކަންކަންކޮށްދީ ގޮތް ދެއްކުން: މުސްކުޅި ރައްޔަތުންނަށް ދޭ ދެހާސް ރުފިޔާގެ ވާހަކަ ދެއްކުމުގައި މިކަން ފެންނާނެއެވެ.
ގާނޫނަށްވުރެ މަތީގައި ތިބޭ އޮފިޝަލުންތަކެއް ތިބުން: ޒުހޭރު ފަދަ ބޭފުޅުން

