އާއިލާ އާއި އެކު ގޭގައި އުޅެނިކޮށް ، އެއްވެސް ކަހަލަ އިޝާރާތެއް ކުރިން ކުރުމަކާއި ނުލާ ގައުމެއްގެ ދިފާއީ ބާރުގެ ފައުޖެއް ފޮނުއްވައިގެން މީހަކު ހައްޔަރު ކުރަން އެންގި މީހަކު އެހެރީ ވަރަށް ސީރިއަސް ވެފައކަން ކަށަވަރެވެ. އެއްވެސް ހަތޔާރަކާއި ނުލާ ހުރިކަމަށް ބެލެވޭ އަބްދުއްލާ ގާޒީ ހައްޔަރު ކުރަން ރާއްޖޭގެ ރައީސުލުލް ޖުމްހޫރިއްޔާ ފޮނުއްވީ އޭނާ އޭނާގެ އާއިލާ އެކު އަރާމު ކޮށްލަން ގޭއިގަ ހުއްޓާ ރާއްޖޭގެ ސިފައިންނާ ފުލުންގެ ގުޅިފައިވާ ފައުޖެކެވެ
އެހެން ކަމުން ގާޒީ ދެކެ ރައީސް ނަޝީދު ވަރަށް ބޮޑަށް “ތެހި” ވަޑައިގެން ހުންނެވިކަން އެ ބަ ޔަގީން ވެއެވެ. ހަމަ އެއާއި އެއްކޮށް ގާޒީ ހައްޔަރު ކުރަން ފޮނުއްވި މަންޒަރު ފެނި އެކަން ހިނގާ ދިޔަ ގޮތުގެ ޚަބަރު ލިބުނު އިދިކޮޅު މީހުންގެ ހިތްތަކަށް ބިރުވެރިކަން ވެއްދުމަކީވެސް ރައީސް ނަޝިދުގެ އެއް ބޭނުންފުޅު ކަމުގައި ވާނޭކަމަށް ވެސް ބެލެވިދާނެއެވެ. އެހެން ނޫންނަމަ އެހާ ގިނަ ސިފައިން އެކަމަށް ފޮނުއްވުމުގެ ބޭނުންފުޅަކީ ކޮބާއި ބާވައެވ.
ކޮންމެއަކަސް ގާޒީ ހިފާ ހައްޔަރު ކުރުމަށް ފަހު 48 ގަޑި ހަމަވާން ކއިރި ވެފައި ވަނިކޮށް ގާޒީގެ އާއިލާގެ އަރިއަހަށް ތިން ޚަބަރަކާއިގެން ރައީސް ނަޝީދު ފުލުންގެ ބަޔަކު ފޮނުއްވިއެވެ- ގާޒީ ހުންނެވީ ރަނގަޅަށް ފަރިއްކުޅުއްވައިގެން ހެޔޮ ހާލުގައި ކަމާއި ، އަންނައުނު ގާޒީއަށް ބޭނުން ކަމާއި ބޭނުން ނަމަ ގާޒީއާއި ފޯނުން ގުޅާ ވާހަކަ ދެއްކުމުގެ ފުރުސަތު ދޭނެ ކަމުގެ ޚަބަރެވެ
ސިފައިން ،ގާޒީއަށް ގުޅައި ދިނުމުން ގާޒީގެ އެއްވެސް ބަހެއް އާއިލާ އަށް ވިދާޅުވުމަށް އިންކާރު ކުރި ކަމަށް ފުލުހުން ބުނެ އެ ހިސާބުން ފޯނުގެ ކަންތައް ނިމުނީއެވެ. ގާޒީ ކެއްސާލި ކަމަށް ވެސް ނުވެއެވެ. ފުލުހުން ގާޒީގެ އާއިލާ އާއި އެކު އެއް ގަޑިއިރުހޭދަކުރިކަމަށް ވެއެވެ.
ކަން މިހެން ހިނގުމުން އާންމުންގެ ތެރެއިން މި ޚަބަރު ލިބުނު މީހން މިހާރު ޔަގީންކޮށްގެން ތިބީ ގާޒީ ގަދަވެ ހެޔޮހާގައި ހުންނެވި ކަމަށެވެ. އަދި އާއިލާއިން ވެސް ހީކުރާނީ ހަމަ އެފަދައިން ކަމަށް ބެލެވެއެވެ. އެހެން ނަމަވެސް އުފެދޭ ސުވާލު ތަކެއް އެބަ ހުއްޓެވެ : އެހާ ރަހުމު ކުޑަ ގޮތަކަށް ހައްޔަރު ކޮށްގެން ގެންދިޔަ މީހަކަށް އެމީހެއްގެ އާއިލާއަށް ވެރިވެފައިވާނޭ ނުތަނަވަސްކަން އިހްސާސް ނުކުރެވި ހުންނާނާ ބާވައެވެ.ފުރުސަތު ލިބުމުން އާއިލާއަށް ހިތްވަރު ދިނުމުގެ ގޮތުން އެންމެ ކުޑަމިނުން ދިރި ދުނިޔޭގައި ހުރިކަން އަންގާލަން ބޭނުން ނުވާނޭ ބާވައެވެ. މީގެ އަނެއް ކޮޅަށް ވިސްނާލުމުން އުފެދޭ ސުވާލަކީ ގާޒީ ހަމަ ގަދަވެ ހެޔޮ ހާލުގައި ވާހަކަ ދެއް ކުމުގެ ގާބިލު ކަމާއކީ މިދުނިޔޭގައި އެބަ ހުރި ބާވަޢެވ. ގާޒީގެ އާއިލާ އަށް އޮޅުވާލަން ވެގެން ގާޒީ އާ ގުޅައި ދެނީ ކަމަށް ހަދަން ވެގެން ފޯނެއް ކޮށް ފާ އޭނާ ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށް ހަދާ ރައީސް ނަޝީދު ހިންގަވާލެއްވި ޖަރީމާއެއް ބާވައެވެ
!ކޮންމެއަކސް ދެ ތިން ދުވަސް ފަހުން ގާޒީ ގިރިފުށިން ފިއްލަވައިފ ކަމުގެ ޚަބަރު ފުލުހުން މެދުވެރިކޮށް ރައީސް ނަޝީދު ނުފަތުރުއްވަވައިފިއްޔާ ކިތަންމެހާވެސް ރަނގަޅެވެ

good one Badheeu
Thanks Sameer.