މިއީ ފެބްރުއަރީ- 10 - 2010 ގައި މި ބޮލްގް ގައި ޕަބްލިޝް ކުރި ލިއުމެކެވެ. ސުރުޚީ ބަދަލު ކޮށް ދެ ތިން ބަދަލު ވަނީ ގެނެވިފައެވެ
އަމިއްލަ ޖަމްއިއްޔާއަކުން ދީނީ ތަގްރީރު ދިނުމަށާއި ނަސޭހަތް ދިނުމަށްޓަކައި ރާއްޖެ ގެންނަން މަސައްކަތް ކުރަމުންދާ މަޝްހޫރު ދީނީ އިލްމުވެރިއެއްކަމަށްވާ ޑރ. އަބްދުލް ރަހްމާން ގްރީން އަށް މިވަގުތު ތަގްރީރު ކުރުމުގެ ހުއްދަ ދެވެން ނެތްކަމަށާއި ހުއްދަދޭނީ ބަދަލުތަކަކާއި އެކު އަލަށް ހެދޭ ގަވާއިދު އާންމު ކުރުމުން ކަމަށް ރާއްޖޭގައި ދީނީ ކަންކަން ކުރިއެރުވުމަށްޓަކައިއެންމެ އިސްވެ ހަރަކާތްތެރިވާން ހަވާލުވެ ހުންނެވި ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ ވިދާޅު ވެއްޖެއެވެ.
.ގަވާއިދު ނެތް ޒަމާނުގައި ހުއްދަ ދެއްވި ބަޔަކަށް ހުއްދަ ދެއްވީ ކިހިނެތްތޯ ސުވާލު ދެންނެމުން މަޖީދު ވިދާޅުވީ އެމަނިކުފާނުމިހާރު މިދައްކަވަނީ ގަވާއިދު ނެތް ޒަމާނުގެ ވާހަކަ ނޫން ކަމަށާއި ގަވާއިދު ”ހަދާ” އިރުގެ ވާހަކަ ކަމަށެވެ .ގަވާއިދު ވަނީ ހެދުމަށްޓަކައި ގަންޑަރ ނާއިބުގެ އޮފީހުގައެވެ. އެހެންކަމުން އެ މަނިކުފާނު ހުއްދަ ދެއްވުމަށް އިންކާރު ކުރައްވަނީ ވުޖޫދުގައި ނެތް އަމިއްލަ ގަވާއދަކަށް ކަމަށް ޚުދު އެމަނިކުފާނު ހެކިދެއްވައެވެ. ގަވާއިދެއް ވަނީ ބަންޑާރަ ނާއިބުގެ އަތްޕުޅުގައި ކަމަށާއި އެއަށް އަމަލް ކުރާނީ ބަންޑާރަ ނާއިބު އެ ގަވާއިދު އާންމު ކުރުމުން ކަމަށް އެ މަނިކުފާނު ވިދާޅު ވިއެވެ. ގަވާއިދެއް ނެތްކަމަށްވަންޏާ ބުއްދިވެރި ގޮތަކީ ގަވާއިދު ވުޖޫދަށް އަންނަންދެން ކުރީންވެސް އަމަލު ކުރަމުން އައި ގޮތައް އަމަލުކުރުން ނޫންތޯއެވެ؟ އަދި ސުލްހަވެރިކަމުގެ މަގު ބަޔަކު ހުރަސް ކުރަން މަސައްކަތް ނުކުރާނީ ވެސްއެގޮތް ޚިޔާރު ކުރުމުން ނޫންތޯއެވެ؟
ރާއްޖޭގެ ދީނީ އެއްބައިވަންތަ ކަމަކީ ސުލްހަވެރި ކަމާއި ގުޅިފައިވާ ކަމަކަށްވާތީ ސުލްހަވެރިކަން ދެމެހެއްޓުމަކީސަރުކާރުގެ މައްޗަށް ލާޒިމުކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ތަގުރީރު ކުރުމަށް އާ ގަވާއިދެއް މެދުވެރި ނުކޮށްދީނީ އެއްބައިވަންތަކަމާއި ސުލްހަވެރިކަން ގެއްލިދާނޭކަމަށް އެމަނިކުފާނަށް ފެނިލައްވާ ކަމަށްވެސް ވިދާޅުވިއެވެ.މި ވާހަކަފުޅުތައް އެމަނިކުފާނު ދެއްކެވީ އެއްކަލަ ޖަމްއިއްޔާއަށް ދެއްވި ރަސްމީ ޖަވާބުގައި ކަމަށް ވެއެވެ. އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ގޮތުން ގަވާއިދެއް ވުޖޫދުގައި ނެތަސް ގަވާއިދު ވަނީ އައުމުގެ މަގުމަތީގައި ކަމަށްބުނެ ބަޔަކުމީހުންނަށް ކުރީން ލިބިލިބިހުރި ހައްގެއް ނިގުޅައިގަތުމަކީ މައްސަލައެއްނޫނެވެ .
އެމަނިކުފާނު ދުނިޔަވީ ބިރެއްގެ ތެރޭގައި އުޅުއްވާކަމާއި ކޮންމެވެސް މީހެއްގެ ޚުދުމުޚްތާރު ކަން މީގައި އެކުލެވޭ ކަމަށްގަބޫލު ކުރެވޭއިރު ސުލްހަވެރިކަން ދަމަހަށްޓަން އެމަނިކުފާނުގެ ސިކުނޑިފުޅު ކަށަވަރުންވެސް މިކަމުގައިތަންނުދޭކަން ފާހަގަ ކުރެވެއެވެ
.ނުވަތަ ކޮންމެވެސް ކަމެއް އެމަނިކުފާނު ދިވެހީންނަށް ވަންހަނާ ކުރައްވަން ބޭނުންފުޅުވަނީއެވެ
އިސްލާމް ދީނުގެ އަގުވެއްޓޭ ގޮތަށް ތަކުރާރު ކޮށް ވާހަކަ ފުޅު ދައްކަވަމުން ގެންދަވާ މުހައްމަދު ނަޝީދުގެ ސަރުކާރުގެ ދީނީ ކަންތައްތަކާއި ބެހޭ “މިނިސްޓަރުގެ” ހާލަކީ މި އީއެވެ.
ހިތާމަ ހުއްޓެވެ!މ
