މި ލިއުމުން ޑިކްޓޭޓަރު ކަން ދަސް ކުރާ މީހުންނަށާއި ޑކްޓޭޓަރުން ފާހަގަ ކުރަން ބޭނުން މީހުންނަށް ކުރި އެރުމެއް ލިބޭނެ ކަމަށް އުންމީދު ކުރަމެވެ
ލައުނަތް ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.ވެރިކަމުން ވަކިވި ފަރާތަކީ ޑިކްޓޭޓަރަކަށް ވިއަސް ނުވަތަ ނުވިއަސް އެ މީހަކަށް ބަރާބަރަށް ލައުނަތް ދިނުމުގައި ގާއިމުވެ ހުންނަންވާނެއެވެ
ބައިވެރިންގެ ބޮޑު ޖަމާއްތެއް އުފައްދަން ވާނެއެވެ. ހައްދުފަހަނައަޅާ ގޮސްފައިވާ ބޮޑެތި ގިނަގުނަ ވައުދު ތައް ކުރުން މަތީ ދެމިހުންނަންވާނެއެވެ.
ޑިމޮކްރަޓިކް، ގައުމީ ، ރައްޔިތުންގެ ފަދަ ނަމެއް ލައިގެން ނޫނީ ޕާޓީއަށް ން ދީގެން ނުވާނެއެވެ.
ވީހާ ވެސް ކުރު މުއްދަތެއްގެ ތެރޭގައި ވީހަވެސް ގިނަ ބަޔަކު ހިފާ ހައްޔަރު ކުރަން ވާނއެވެ. އޭގެ ތެރޭގައި އިދިކޮޅު ލީޑަރުން ކޮންމެހެން ވެސް ހިމަނަން ވާނެއެވެ.
އިދި ކޮޅު ހަދާ އެންމެނގެ އާއިލާ ތަކަށް ކެނޑި ނޭޅި އިންޒާރު ދޭން ވާނެއެވެ
ސިފައިންނާއި މަހުޖަނުންނާއި ވަކަރުގޭ ކުދިން” ވަޅައި” ކުރަން ވާނެއެވެ
އާއިލާގައި ތިބި ބުއްދި ހަމަޖެހޭ އެންމެނަށާއި ގާތް އެންމެންނަށް ކޮންމެހެން ވެސް ބޮޑެތި މަގާމު ތައް ދޭން ވާނެއެވެ.
މަތީގައި ދެންނެވުނު މީހުން އުފާ ކުރުމަށްޓަކައި ، ފުޅާ ދާއިރާއެއްގައި ކޮރަޕްޝަން ފަތުރަން ވާނެއެވެ
ޕްރައިވެޓައިޒް ކުރުމުގެ ނަމުގައި ގައުމުގެ އެސެޓްސް ދޫކޮށް އޭގެ ފައިދާ ބަރާ ބަރަށް ނަގަން ވާނެއެވެ
ގައުމުގެ ސައިޒާއި ނުބައްދަލު ވިއަސް ވީހާ ގިނަޔަކަށް ވަޒީފާ ދީ ސަރުކަރު ބޮޑުކުރަން ވާނެއެވެ
މުސްލިމުން ގައުމުގައި ތިބި ނަމަ އެބައި މީހުން ނަކީ ޓެރަޜިސްޓުންނަށް ހަދާ ދުނިޔޭގައި އެ ޚަބަރު ފަތުރަން ވާނެއެވެ.
ކޮންމެވެސް ވައްތްރެއްގެ ސްޓޭޓް އޮފް އިމާޖެންސީ އެއް ގާއިމްކޮށް ކުޑަ ކުޑަ ސަބުތަކަށާއި އަދި އެއްވެސް ސަބަބެއް ނެތިވެސް މީހުން ހިފާ ހައްޔަރު ކުރަންވާނެއވެ. ދެން އެއަށަފަހު އެކަމުގެ ސަބަބަކަށް މިނިވަން ކަމާއި ގައުމީ ސަލާމަތް ފަދަ ކަންކަން ކަން އަންގައި އާންމު ކޮށް އިއުލާން ކުރަން ވާނެއެވެ.
ކޮންމެ ކަމަކަށްވެސް ހުއްދައެއް ހޯދަން މަޖުބޫރު ކުރަން ވާނެއެވެ. ޚާއަސަކޮށް އެއްވެ އުޅުމަށް ހުއްދަ ދިނަސް ވަރަށް ބޮޑަށް ހުރަސް އަޅަންވަނެއެވެ.
ކޮންމެ ރަނގަޅު ކަމެއްގެ ފޯނި ބޯލަން ވާނެއެވެ. ކޮންމެ ގޯހެއް އިދިކޮޅު ފަރާތްތަކުގެ ބޮލަށް ޖަހަން އަވަސްވެގަންނަން ވާނެއެވެ.
ކޮންމެވެސް ބާރުގަދަ ގައުމެއްގެ ސަޕޯރޓް ހޯދަން ވާނެއެވެ. މިކަން ކުރަންވަނީ ގައުމުގެ ކޮންމެވެސް ހަރު މުދަލަކުން ލިބޭ ފައިދާ އެ ބަޔަކަށް ދީގެނެވެ.
