. މިނިވަން ކަން ގެއްލި ދިއުމަށް ހަމަ އެކަކުކުވެސް ބޭނުމެއް ނުވާނެއެވެ . ގައުމުގެ މިނިވަންކަން ނެތަސް ފަރުދީ މިނިވަނކަން އޮތް ކަމަށް ވަނީ ނަމަ ބަޔަކު ހަމަޖެހިގެން ތިބެދާނެއެވެ. އެހެނަސް ގައުމީ މިނިވަންކަން އޮވެ ވެސް ފަރުދީ މިނިވަންކަން ނެތިއްޖެއްޔާ މީސްތަކުންގެ އިހްތިޖާގޖުގެ އަޑު ނީވި ނުވެ ނުދާނެއެވެ.މިހާރު މި އިވޭ ފަދައިންނެވެ.
ރާއްޖޭގެ ތާރީޚަށް ވެ ދިޔަ މުއްދަތެއް ވެ ދިއުމަށްފަހު މި އަދާއިހަމައށް އާދެވިފައިވާއިރު ތާރީޚްގެ ފަތްފުށްތަކުގައި ރަން އަކުރުން ފަވާލެވިފައިވާ މީހުން ފަސްދާނު ލެވިފައި ވާކަމަކީ އެންމެން ދަންނަކަމެކެވެ. ހަމަ އެހެންމެ އެ ތާރޚް ފޮތް ތަކުގައި ކަޅު އަކުރުން ލިޔެވިފައިވާ މީހުން ވެސް އެބަ ތިއްބެވެ. ބުއްދިވެރި ވެރިންނާއި ވިސްނުން ކޮށި ވެރިން އަޅުގަނޑުމެންގެ މި ގައުމު ދެކެފިއެވެ. މި ދެ ދެންނެވި ދެ ވައްތަރުގެ މީހުންގެ ފަރާތުން ދިވެހިންގެ ދިރިއުޅުމަށް ދެވައްތަރުގެ އަސަރު ވަނީ ފޯރާފައެވެ : އުފަލާއި ހިތާމައެވެ.
ފާއިތުވެ ދިޔަ ކަމެއް އަނބުރާ ބަދަލު ނުކުރެވޭނޭ ކަމުގައި ވިއަސް އިބްރަތް ތަކެއް އެކަންތަކުން ހާސިލް ކޮށް ގެން ހިނގަމުންދާ ވަގުތުގެ ކަންކަމާއި މުސްތަގުބަލުގައި ކަންކަން ކުރާނޭ ގޮތްތަކެއް އެކަށަ އެޅި ދާނއެވެ. އަޅުގަނޑުމެން މިވަގުތު ކަޑައްތުކުރަމުން މިދަނީ އެފަދަ ވަގުތު ތަކެކެވެ.އިބްރަތް ތަކެއް ފާއިތުވިތަނުން ހަސިލް ކޮށްގެން މި ގައުމަށް ހެޔޮ ގޮތްތަކެއް ހޯދައި ގަތުމަށް މިވަނީ ޖެހިފައެވެ.ޖިހާދެއް މިވަނީ ކުރަން ޖެހިފައެވެ
ބީރައްޓެހިކަމުގެ އިހްސާސް ، މިވަނީ އަމިއްލަ ގައުމުގައި ތިބެމެ އަޅުގަނޑުމެންނަށް ކުރަން ޖެހިފައެވެ. މިއަދު ، ދިވެހ ދައުލަތް ހިންގުމާ ހަވާލު ތިއްބެވި ބޭފުޅުންނާއި އިދިކޮޅަށް ޚިޔާލު ފާޅުކުރާ ކޮންމެ މީހަކީ މި ދެންނެވި ފަދައިން ބީރައްޓެހި ކަމުގެ އިހްސާސް ކުރަން ޖެހިފައވާ މީހެކެވެ. މުއްސަންޖަކަސް ފަގީރަކަސް ތަފާތެއް ނެތި އަޅުވެތިކަމުގެ އިހްސާ މިވަނީ ކުރަން ޖެހިފައެވެ. ހާލަތު ނިޔާކުރެއްވި ގޮތަކީ މިއީއެވެ. މިންވަރު ކުރެއްވީ މި އަދަށް މިގޮތެވެ. އެހެން ނަމަވެސް ސުބްހާނަހޫ ވަތައާލާ އެނގެވިފަދައިން އިންސާފަށް ވާގިދިނުމަށްޓަކައި ތެދުވުމަކީ ވާޖިބެއްކަން ދަނެތިބެ ފިސާރި ކެރިގެން ތެދުވާން މިއަދު މިވަނީ ޖެހިފައެވެ. ހެއްދެވި ފަރާތުން ވާގިއެދި އެ ފަރާތަށް ޝުކުރުކުރަމުން ކެތްތެރި ކަމާއި ވިސްނުންތެރިކަމާއިއެކީ ކުރިމަތިލައި އަޅުގަނޑުމެންގެ މިނިވަންކަން އަނބުރާ ހޯދުމަށް މިވަނީ ޖެހިފައެވެ.އެންމެހާ ދިވެހިންނަށް އެއް ހަމަޔަކުން ދިރިއުޅުމުގެ ޒަރޫރީ ކަންކަން ލިބޭނޭ މަގެއް ތަނަވަސް ކުރަން މިވަނީ ޖެހިފައެވެ. އެފަދަ ގާބިލު ބަޔަކު މިވަނީ ގައުމާއި ހަވާލު ވާން ޖެހިފައެވެ
ކެއިން ބުއިމާއި އުނުއަނުމަށްފަހު ދެން އިންސާނާ އަށް އެންމެ ބޭނުންވާ ކަމަކީ ބޯހިޔާވަހިކަމެވެ. އެކަންވެސް ސަރުކާރު ހިންގަވާ ބޭފުޅުންނާއި އިދިކޮޅު ފަރާތްތަކަށް ފޯރު ކޮށް ދޭނީ ސަރުކާރަށް ބައިއަތު ހިފައިގެން ތިބި މީހުންނަށް ލިބި ބާކީ ވުމުން ކަމަށް ސަރުކާރުގެ އިސް ފަރާތްތަކުން ވަނީ އާންމުކޮށް އިއްލަން ކޮށްފައެވެ. ޕޯޗުގީޒުންވެސް މިފަދަ އިންޒާރުދިން ކަމެއް އެނގިފައެއް ނުވެއެވެ. މި އީ އަޅުވެތި ކުރުން ފިޔަވާ އިތުރު އެއްވެސް ކަމަކަށް ވެދާނެތޯއެވެ. ވަޒީފާގެ ފުރުސަތު ވެސް އޮތީ ހަމަ މިހެންނެވެ. އެކި އެކި ވިޔަފާރި ތަކާއި މަސައްކަތް ތައް ހަވާލު ކުރުން ވެސް ހަމަ މި ފަދައެވެ. މި ކަން މިވަނީ މިހާރު އދ. އިން ނުވަދެ ހައްލު ނުކުރެވޭ ހިސާބަށް ގޮސްފައިވާ ބައިނަލް އަގްވާމީ މައްސަލައަކަށް ވެފައެވެ. އިދިކޮޅު ފަރާތްތަކުގެ ކިތަންމެ ބޮޑު ފިއްތުމެއް ހުރި ކަމުގައިވިއަސް މިއީ ހަމަޖެހޭ ބުއްދި އަކާއިގެން ސަރުކާރު ހިންގަން ބަޔަކު ތިބިނަމަ ގައުމަކަށް ވާނޭ ގޮތެއް ނޫނެވެ.
އަޅުވެތި ކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ފެށުން އިފްތިތާހް ކޮށްދެއްވީ ސީދާ ރައީސުލް ޖުމްހޫރިއްޔާއެވެ. ނުލަފާކަން ދައްކާލަނަމޭ ވިދޅުވުމުންނެވެ. އެއަށްފަހު އެމަނިކުފާނުގެ އަވާއިގައި ޖެހި ފައި ތިބި ތަންދޮރު ނުފިލާ ދަހިވެތި ދިވެހީންގެ ބަޔަކަށް މަގާމު ދެއްވައިގެން އެފަދަ މީސްމީހުންގެ މޮޔަ އަދި ދަހިވެތިކަމުގެ ކަމުގެ ނާޖާއިޒު ފައދާ ނަންގަވައިގެން އެމަނިކުފާނު މިވަނީ ދިވެހިން އަޅުވެތި ކުރައްވާފައި ކަމާއިމެދަކު އަޅުގަނޑު ޝައްކެއް ނުކުރަމެވެ
ނޫސް ވެރިން ނާއި ވިޔަފާރިވެރިންނަށް ބިރު ދައްކަވައި މާތްވެގެންވާ އިސްލާމް ދީނަށް ފުރައްސާރަ ކުރަމުން ދިވެހިން އަޅުވެތިކޮށްފައިވާ މި ސަރުކާރުގެ ވަކިތަކުން ދިވެހިން ސަލާމަތް ކޮށް ދެއްވުމަށާއި ، މިފަދަ ވެރިކަމެއް މުސްތަގްބަލުގައި އަޅުގަނޑިމެންނަށް މިންވަރު ނުކުރެއްވުމަށް ގަދައަޅައި މަސައްކަތް ކުރުމުގެ ހިތްވަރު އަޅަމަން އެންމެންނަށް މިންވަރު ކުރައްވާންދޭވެ .
