ރައީސްއަށް އާ ޕާޓީއެއް

ރޭޑިޔޯ ޚިތާބެއްގައި ރައީސް  ވިދާޅުވި އެއް ވާހަކަފުޅަކީ ވެރިކަމުގެ ތިންބާރު ވަކިވެ، މިނިވަންވެފައިވީ ނަމަވެސް ޢަދުލުއިންޞާފް ޤާއިމު ކުރުމުގެ ބާރު އަދިވެސް އޮތީ ވަކިގޮތަކަށް ސީދާ ރައްޔިތުންގެ ޙިއްޞާނުވާގޮތަށް، ކުރީގައި ވެސް “ބައްޓަން”  ކޮށްފައިވާ ގޮތަށް ކަމުގެ ވާހަކައެވެ. ހަ ކުޅި ކުރިއަށް  ކުޅުއްވުމަށް ތިން އަހަރު  ހޭދަކުރެއްވުމަށްފަހު ،އަދުލު އިންސާފު ގާއިމު ކުރުމަށްޓަކައި އެ މަނިކުފާނަށް ކުރެއްވުނު އެންމެ މޮޅު ބުއްދިއަކީ  އަދުލު އިންސާފު ގާއިމު ކުރުމުގެ ނިޒާމުގެ ބައްޓަމަށް ބަދަލު ގެނައައުމަށްޓަކައި   މީހަކު ހިފާ ހައްޔަރު ކޮށްގެން ގެންގޮސް ބަހައްޓަވައިގެން ،އެމީހާގެ  އަންބާއި  ކުޑަ ދަރީން ނާއި ވަކި ކޮށްގެން ގެންގުޅެލުމެވެ. އަދި އޭނާގެ ކުށަކީ ކޮބައިކަން ނައަންގައި  ހަނު ހުންނަވައިގެން  އެ މނިކުފާނު  ދިވެހީންނަށް ވަރަށް ކަމޭ ހިތްތަވާ ބޭފުޅެއްކަމަށް ތަކުރާރު ކޮށް އިއްލާން ކޮށްލެވުމުން ގައުމުގެ ޝަރުއީ ނިޒާމު ބަރާބަރަށް ހަމަ މަގަށް އެޅޭނޭ ކަމުގެ ފޮނި ހުވަފެންސީދާވަނޭ ކަމަށް ހީފުޅު ކުރައްވައިގެން އެ މަނިކުފާނު އެބަ ހުންނަވައެވެ.

ވެރިކަން ކުރުމުގެ ރޮނގުން ދުނިޔޭގެފެންވަރުގެ “ކަނޑުކޮހުންގެ” ލިސްޓުގައި އެ މަނިކުފާނުގެ ނަންފުޅު ލިއެވި ދިވެހި ތާރީޚް ފޮތްތަކުގައްޔާއި ދުނިޔޭގެ ތާރީޚްގައި ލިޔެވި މަދަރުސާތަކުގއި އެ މނިކުފާނުގެ ވާހަކަ ކިޔަވައިދީ  ހަދާނޭ ފަދަ ދުވަސް ދެކޭނޭ ބަޔަކު ދުނިޔެ ދެކޭނޭކަން ، ފަސް އެނބުރި ބަލާލުމުން އެނގެއެވެ.   އެ މނިކުފާނު ދިވެހި ރާއްޖޭގެ ވެރިކަމަށް ވަޑއިގަތުމަށްޓަކައި ވޭތުކުރެއްވި އަށާވީސް އަހަރުގެ ތެރޭގައި ވިސްނައި ވަޑާއިގެނެވިފައިވާ އެންމެމޮޅު ބުއްދިތަކުގެ ތެރެއިން ބުއްދިއަކަށް މިކަން އެ މަނިކުފާނުގެ ނަޒަރުގައި ނުވާނޭ ކަމަށް އުންމީދު ކުރަމެވެ.

  އިންސާނީ ހަޒާރަތަށް މިވީ އެތަކެއް ހާސް އަހަރު ތެރޭގއި  އިންސާނުގެ ތެރެއިން ދުނިޔެދުށް އެންމެ މޮޅު ފަލްސަފާ އިލްމުވެރީންނާއި ރަސޫލުންނާއި ދީން ތަކުން ވެސް ، ސަރުކާރުތައް ހިންގުމުގައި މީހުން ހިފާ ހައްޔަރު ކުރުމަގައި  ފަރުދުން ނާއި މެދު އަމަލު  ނުކުރަން  ބާރު އަޅާ ، އަދި ދުނިޔޭގެ  ތަހުޒީބު އެއްވެސް ވެރިއަކު އެއް  ކަންކުރަން އެއްބަސް ނުވާ ނޭ ފަދަ ގޮތަކަށް މީހަކު ހައްޔަރު ކުރުމަކީ  ރާއްޖޭގެ ރައީސްގެ ނަޒަރުގައި ވަރަށް މޮޅު ކަމަކަށް ވެފައިވާ މި ދަނޑިވަޅުގައި   އެ މަނިކުފާނުގެ ސަޕޯޓަރުންގެ ތެރެއިން ވަކި ބަޔަކު ބުނާ ގޮތުން މިއީ ކޮންމެހެންވެސް ހަމަ ކުރަން މަޖުބޫރު   ކުރަން މާ ލަސްވެސް ވެފައިވާ ކަމެކެވެ. ހަމަ އެހެންމެ އެ މަނިކުފާނަކީ އިލްމީ  ބޭފުޅަކަށް ވެހުންނަވައި މިފަދަ ޖާހިލު އަމަލުތައް ކުރައްވަނީ ކީއްވެގެން ކަމާއި ދޭތެރޭ ވިސްނާ މީހުން ވެސް އެ މަނިކުފާނުގެ ޕާޓީގައި މިހާރު ދަނީ ދުވަހުން ދުވަހަށް އިތުރު ވަމުންނެވެ

ރާއްޖޭގެ ރައްޔިތުން އެ މަނިކުފާނު ވެރިކަމަށް އިސްކުރީ ފޮނި އުންމީދި ތަކަކާއި އެކީގައެވެ. އެ އުންމީދު ތަކަކީ އަޅުގަނޑުމެން ރައްޔަތުން އަމިއްލަޔަށް  ދެއްކި ވާހަކަތަކެއްގެ  ސަބަބުން ކުރެވުން އުންމީދު ތަކެއް ނޫނެވެ. ޚުދު އެ މަނިކުފާނު ކަޅާއި ހުދުން ލިއުއްވައި  ޗާޕު ކުރައްވައިގެން ނެރުއްވުމުގެ އިތުރުން އެތަކެއް އެވުމެއްގައި ވަރަށް ހަރު އަޑުފުޅުން ވިދާޅުވި ބަސްފުޅުތަކެއްގެ ސަބަބުން ކުރެވުން އުންމީދުތަކެކެވެ.  އެ ހެން ކަމުން މިފަދަ އުންމީދު ތަކެއް ދެއްވައިގެން ވެރިކަމަށް ވަޑައިގަތް ރައީސްއަކު   މިހާރު ،ތިންމަނިކުފާނަކަށް   މިކަންތަށް ވާކަށެއް ނެތޭ ވިދާޅުވެ،  ވާން ނެތްކަމުގެ ސަބަބަކީ ހައެއްކަ  މީހުންގެ ހީލަތްތެރި ކަން ކަމަށް ވިދާޅުވެ ، އެ  ކަމުގެ ސަބަބުން ޑިމޮކްރަސީއާ ދުރައް މިސްރާބު ޖެހުމުގެ ވާހަކަ ދެއްކެވުމަކީ  އެ މނިކުފާނު ފޫގެޅުއްވީ ނުފޯރާ ފޮތިން ކަން ޔަގީންވާ ހެކިތަކުގެ ތެރެއިން ހެއްކެކެވެ.  މަދު ހައެކަ މީހުންގެ ދަށުގައި އެ މަނިކުފާނާއި  އެމަނިކުފާނުގެ ސަރުކާރު ވެފައިވާކަމަށް  އަމިއްލަފުޅަށް ވިދާޅުވާތީއެވެ.

ސަރުކާރު ހަމަމަގުން ހިންގުމަށް ހުރަސް އެޅޭ އެއްކަމެއްގެ ގޮތުގައި އިލްމީ ގޮތުން ގާބިލް އިދިކޮޅު ޕާޓީތަކެއް  ހަރަކާތެރިވާން ނެތްކަން އެ މަނިކުފާނު ފާހަގަކުރައްވައެވެ.  އެހެން ކަމުން އެ މަނިކުފާނަށް އެ މަނިކުފާނު ބޭނުންފުޅުވާފަދަ އިދިކޮޅު ޕާޓީއެއް  އެ މަނިކުފާނުގެ އަމިއްލަފުޅު ޕާޓި ދެބަޔަކަށް ބަހާލައިގެން ނަމަވެސް ވެސް ދިވެހީން  ހަދައިދޭން އެބަ ޖެހެއެވެ. އެއިރުން އިދިކޮޅު ޕާޓީ ހިންގުމަށް ވެސް އެ މަނިކުފާނުގެ އިރުޝާދާއި ހެޔޮލަފާ  ނަސޭހަތް ލިބޭނެތާއެވެ.

ފުރަތަމަ   އެ މަ ނިކުފާނު ވިދާޅުވީ ވެރިކަން ދެއްވުމުން ދިވެހިންނަށް ހެޔޮ ގޮތް ހޯއްދަވައި ދެއްވާނޭކަމަށެވެ، ވެރިކަން ލިބުމުން މަޖިލީހުގެ  މެޖޯރިޓީއަށް އެދި ވަޑައިގަތުމުން އެކަން ވެސް “ދިވެހީން” ކޮންމެ ސިފައެއްގައި ނަމަވެސް ކޮށްދީފިއެވެ.  މިހާރު ،ޝަރުއީ ނިޒާމު ހޯއްދެވުމަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތުގެ މެދުތެރެއިން  ، އިދިކޮޅު ސިޔާސީ ޕާޓީތައްވެސް އެ މަނިކުފާނުގެ ބެލެނިވެރި ކަމުގެ ދަށަށް ނުގެނެސް  ޚުދު މުޚުތާރު ފިޔަވާ އިތުރު ވައްތަރެއްގެ ވެރިކަމެއް އެ މަނިކުފާނަށް ކުރައްވަން އެނގިވަޑއިގެން ނެތްކަމުގެ އިޝާރާތް ތައް މިދަނީ އެކި ސިފަ ސިފައިގައި ކުރައްވަމުންނެވެ. ބަލިވާން އެއްމެ ދެތިން ކުޅިއަށްވުމުން   ކުޅިތައް ބޯޑުމަތީގައި ވިއްސި ވިހާލި ކޮށްލާފައި އަލުން   ކުޅިއަތުރައިގެން  ކުޅެންއެއް ބަސް ވިއަސް، ވާނީ މުސާރަ ދޭ މީހުންގެ ތެރެއިންވެސް ކަމުގެ ރޫހާއި ޚިލާފު މީހުން  ނޫންތޯއެވެ.

Leave a Comment

Filed under Uncategorized

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Connecting to %s