ރައީސްއަށް އާ ޕާޓީއެއް

ރޭޑިޔޯ ޚިތާބެއްގައި ރައީސް  ވިދާޅުވި އެއް ވާހަކަފުޅަކީ ވެރިކަމުގެ ތިންބާރު ވަކިވެ، މިނިވަންވެފައިވީ ނަމަވެސް ޢަދުލުއިންޞާފް ޤާއިމު ކުރުމުގެ ބާރު އަދިވެސް އޮތީ ވަކިގޮތަކަށް ސީދާ ރައްޔިތުންގެ ޙިއްޞާނުވާގޮތަށް، ކުރީގައި ވެސް “ބައްޓަން”  ކޮށްފައިވާ ގޮތަށް ކަމުގެ ވާހަކައެވެ. ހަ ކުޅި ކުރިއަށް  ކުޅުއްވުމަށް ތިން އަހަރު  ހޭދަކުރެއްވުމަށްފަހު ،އަދުލު އިންސާފު ގާއިމު ކުރުމަށްޓަކައި އެ މަނިކުފާނަށް ކުރެއްވުނު އެންމެ މޮޅު ބުއްދިއަކީ  އަދުލު އިންސާފު ގާއިމު ކުރުމުގެ ނިޒާމުގެ ބައްޓަމަށް ބަދަލު ގެނައައުމަށްޓަކައި   މީހަކު ހިފާ ހައްޔަރު ކޮށްގެން ގެންގޮސް ބަހައްޓަވައިގެން ،އެމީހާގެ  އަންބާއި  ކުޑަ ދަރީން ނާއި ވަކި ކޮށްގެން ގެންގުޅެލުމެވެ. އަދި އޭނާގެ ކުށަކީ ކޮބައިކަން ނައަންގައި  ހަނު ހުންނަވައިގެން  އެ މނިކުފާނު  ދިވެހީންނަށް ވަރަށް ކަމޭ ހިތްތަވާ ބޭފުޅެއްކަމަށް ތަކުރާރު ކޮށް އިއްލާން ކޮށްލެވުމުން ގައުމުގެ ޝަރުއީ ނިޒާމު ބަރާބަރަށް ހަމަ މަގަށް އެޅޭނޭ ކަމުގެ ފޮނި ހުވަފެންސީދާވަނޭ ކަމަށް ހީފުޅު ކުރައްވައިގެން އެ މަނިކުފާނު އެބަ ހުންނަވައެވެ.

ވެރިކަން ކުރުމުގެ ރޮނގުން ދުނިޔޭގެފެންވަރުގެ “ކަނޑުކޮހުންގެ” ލިސްޓުގައި އެ މަނިކުފާނުގެ ނަންފުޅު ލިއެވި ދިވެހި ތާރީޚް ފޮތްތަކުގައްޔާއި ދުނިޔޭގެ ތާރީޚްގައި ލިޔެވި މަދަރުސާތަކުގއި އެ މނިކުފާނުގެ ވާހަކަ ކިޔަވައިދީ  ހަދާނޭ ފަދަ ދުވަސް ދެކޭނޭ ބަޔަކު ދުނިޔެ ދެކޭނޭކަން ، ފަސް އެނބުރި ބަލާލުމުން އެނގެއެވެ.   އެ މނިކުފާނު ދިވެހި ރާއްޖޭގެ ވެރިކަމަށް ވަޑއިގަތުމަށްޓަކައި ވޭތުކުރެއްވި އަށާވީސް އަހަރުގެ ތެރޭގައި ވިސްނައި ވަޑާއިގެނެވިފައިވާ އެންމެމޮޅު ބުއްދިތަކުގެ ތެރެއިން ބުއްދިއަކަށް މިކަން އެ މަނިކުފާނުގެ ނަޒަރުގައި ނުވާނޭ ކަމަށް އުންމީދު ކުރަމެވެ.

  އިންސާނީ ހަޒާރަތަށް މިވީ އެތަކެއް ހާސް އަހަރު ތެރޭގއި  އިންސާނުގެ ތެރެއިން ދުނިޔެދުށް އެންމެ މޮޅު ފަލްސަފާ އިލްމުވެރީންނާއި ރަސޫލުންނާއި ދީން ތަކުން ވެސް ، ސަރުކާރުތައް ހިންގުމުގައި މީހުން ހިފާ ހައްޔަރު ކުރުމަގައި  ފަރުދުން ނާއި މެދު އަމަލު  ނުކުރަން  ބާރު އަޅާ ، އަދި ދުނިޔޭގެ  ތަހުޒީބު އެއްވެސް ވެރިއަކު އެއް  ކަންކުރަން އެއްބަސް ނުވާ ނޭ ފަދަ ގޮތަކަށް މީހަކު ހައްޔަރު ކުރުމަކީ  ރާއްޖޭގެ ރައީސްގެ ނަޒަރުގައި ވަރަށް މޮޅު ކަމަކަށް ވެފައިވާ މި ދަނޑިވަޅުގައި   އެ މަނިކުފާނުގެ ސަޕޯޓަރުންގެ ތެރެއިން ވަކި ބަޔަކު ބުނާ ގޮތުން މިއީ ކޮންމެހެންވެސް ހަމަ ކުރަން މަޖުބޫރު   ކުރަން މާ ލަސްވެސް ވެފައިވާ ކަމެކެވެ. ހަމަ އެހެންމެ އެ މަނިކުފާނަކީ އިލްމީ  ބޭފުޅަކަށް ވެހުންނަވައި މިފަދަ ޖާހިލު އަމަލުތައް ކުރައްވަނީ ކީއްވެގެން ކަމާއި ދޭތެރޭ ވިސްނާ މީހުން ވެސް އެ މަނިކުފާނުގެ ޕާޓީގައި މިހާރު ދަނީ ދުވަހުން ދުވަހަށް އިތުރު ވަމުންނެވެ

ރާއްޖޭގެ ރައްޔިތުން އެ މަނިކުފާނު ވެރިކަމަށް އިސްކުރީ ފޮނި އުންމީދި ތަކަކާއި އެކީގައެވެ. އެ އުންމީދު ތަކަކީ އަޅުގަނޑުމެން ރައްޔަތުން އަމިއްލަޔަށް  ދެއްކި ވާހަކަތަކެއްގެ  ސަބަބުން ކުރެވުން އުންމީދު ތަކެއް ނޫނެވެ. ޚުދު އެ މަނިކުފާނު ކަޅާއި ހުދުން ލިއުއްވައި  ޗާޕު ކުރައްވައިގެން ނެރުއްވުމުގެ އިތުރުން އެތަކެއް އެވުމެއްގައި ވަރަށް ހަރު އަޑުފުޅުން ވިދާޅުވި ބަސްފުޅުތަކެއްގެ ސަބަބުން ކުރެވުން އުންމީދުތަކެކެވެ.  އެ ހެން ކަމުން މިފަދަ އުންމީދު ތަކެއް ދެއްވައިގެން ވެރިކަމަށް ވަޑައިގަތް ރައީސްއަކު   މިހާރު ،ތިންމަނިކުފާނަކަށް   މިކަންތަށް ވާކަށެއް ނެތޭ ވިދާޅުވެ،  ވާން ނެތްކަމުގެ ސަބަބަކީ ހައެއްކަ  މީހުންގެ ހީލަތްތެރި ކަން ކަމަށް ވިދާޅުވެ ، އެ  ކަމުގެ ސަބަބުން ޑިމޮކްރަސީއާ ދުރައް މިސްރާބު ޖެހުމުގެ ވާހަކަ ދެއްކެވުމަކީ  އެ މނިކުފާނު ފޫގެޅުއްވީ ނުފޯރާ ފޮތިން ކަން ޔަގީންވާ ހެކިތަކުގެ ތެރެއިން ހެއްކެކެވެ.  މަދު ހައެކަ މީހުންގެ ދަށުގައި އެ މަނިކުފާނާއި  އެމަނިކުފާނުގެ ސަރުކާރު ވެފައިވާކަމަށް  އަމިއްލަފުޅަށް ވިދާޅުވާތީއެވެ.

ސަރުކާރު ހަމަމަގުން ހިންގުމަށް ހުރަސް އެޅޭ އެއްކަމެއްގެ ގޮތުގައި އިލްމީ ގޮތުން ގާބިލް އިދިކޮޅު ޕާޓީތަކެއް  ހަރަކާތެރިވާން ނެތްކަން އެ މަނިކުފާނު ފާހަގަކުރައްވައެވެ.  އެހެން ކަމުން އެ މަނިކުފާނަށް އެ މަނިކުފާނު ބޭނުންފުޅުވާފަދަ އިދިކޮޅު ޕާޓީއެއް  އެ މަނިކުފާނުގެ އަމިއްލަފުޅު ޕާޓި ދެބަޔަކަށް ބަހާލައިގެން ނަމަވެސް ވެސް ދިވެހީން  ހަދައިދޭން އެބަ ޖެހެއެވެ. އެއިރުން އިދިކޮޅު ޕާޓީ ހިންގުމަށް ވެސް އެ މަނިކުފާނުގެ އިރުޝާދާއި ހެޔޮލަފާ  ނަސޭހަތް ލިބޭނެތާއެވެ.

ފުރަތަމަ   އެ މަ ނިކުފާނު ވިދާޅުވީ ވެރިކަން ދެއްވުމުން ދިވެހިންނަށް ހެޔޮ ގޮތް ހޯއްދަވައި ދެއްވާނޭކަމަށެވެ، ވެރިކަން ލިބުމުން މަޖިލީހުގެ  މެޖޯރިޓީއަށް އެދި ވަޑައިގަތުމުން އެކަން ވެސް “ދިވެހީން” ކޮންމެ ސިފައެއްގައި ނަމަވެސް ކޮށްދީފިއެވެ.  މިހާރު ،ޝަރުއީ ނިޒާމު ހޯއްދެވުމަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތުގެ މެދުތެރެއިން  ، އިދިކޮޅު ސިޔާސީ ޕާޓީތައްވެސް އެ މަނިކުފާނުގެ ބެލެނިވެރި ކަމުގެ ދަށަށް ނުގެނެސް  ޚުދު މުޚުތާރު ފިޔަވާ އިތުރު ވައްތަރެއްގެ ވެރިކަމެއް އެ މަނިކުފާނަށް ކުރައްވަން އެނގިވަޑއިގެން ނެތްކަމުގެ އިޝާރާތް ތައް މިދަނީ އެކި ސިފަ ސިފައިގައި ކުރައްވަމުންނެވެ. ބަލިވާން އެއްމެ ދެތިން ކުޅިއަށްވުމުން   ކުޅިތައް ބޯޑުމަތީގައި ވިއްސި ވިހާލި ކޮށްލާފައި އަލުން   ކުޅިއަތުރައިގެން  ކުޅެންއެއް ބަސް ވިއަސް، ވާނީ މުސާރަ ދޭ މީހުންގެ ތެރެއިންވެސް ކަމުގެ ރޫހާއި ޚިލާފު މީހުން  ނޫންތޯއެވެ.

Leave a Comment

Filed under Uncategorized

Judge Abdulla taken by the Military.. Spoof

Reblogged from Haumaldives:

1 Comment

Filed under Uncategorized

އަޅުވެތިކަމުގެ ދަށުގައި ދިވެހިން

. މިނިވަން ކަން  ގެއްލި ދިއުމަށް  ހަމަ އެކަކުކުވެސް ބޭނުމެއް ނުވާނެއެވެ . ގައުމުގެ މިނިވަންކަން ނެތަސް ފަރުދީ މިނިވަނކަން އޮތް ކަމަށް  ވަނީ ނަމަ  ބަޔަކު ހަމަޖެހިގެން ތިބެދާނެއެވެ.  އެހެނަސް ގައުމީ މިނިވަންކަން އޮވެ ވެސް ފަރުދީ މިނިވަންކަން ނެތިއްޖެއްޔާ  މީސްތަކުންގެ އިހްތިޖާގޖުގެ އަޑު  ނީވި ނުވެ ނުދާނެއެވެ.މިހާރު މި އިވޭ ފަދައިންނެވެ.

ރާއްޖޭގެ ތާރީޚަށް ވެ ދިޔަ މުއްދަތެއް ވެ ދިއުމަށްފަހު މި އަދާއިހަމައށް އާދެވިފައިވާއިރު ތާރީޚްގެ ފަތްފުށްތަކުގައި ރަން އަކުރުން ފަވާލެވިފައިވާ  މީހުން ފަސްދާނު ލެވިފައި  ވާކަމަކީ އެންމެން ދަންނަކަމެކެވެ. ހަމަ އެހެންމެ އެ ތާރޚް ފޮތް ތަކުގައި ކަޅު އަކުރުން ލިޔެވިފައިވާ މީހުން ވެސް އެބަ ތިއްބެވެ. ބުއްދިވެރި ވެރިންނާއި ވިސްނުން ކޮށި ވެރިން އަޅުގަނޑުމެންގެ މި ގައުމު  ދެކެފިއެވެ.  މި ދެ ދެންނެވި ދެ ވައްތަރުގެ މީހުންގެ ފަރާތުން  ދިވެހިންގެ ދިރިއުޅުމަށް  ދެވައްތަރުގެ އަސަރު ވަނީ ފޯރާފައެވެ : އުފަލާއި ހިތާމައެވެ.

ފާއިތުވެ  ދިޔަ  ކަމެއް އަނބުރާ ބަދަލު ނުކުރެވޭނޭ ކަމުގައި ވިއަސް އިބްރަތް ތަކެއް  އެކަންތަކުން ހާސިލް ކޮށް ގެން ހިނގަމުންދާ ވަގުތުގެ ކަންކަމާއި މުސްތަގުބަލުގައި ކަންކަން ކުރާނޭ ގޮތްތަކެއް   އެކަށަ އެޅި ދާނއެވެ. އަޅުގަނޑުމެން  މިވަގުތު ކަޑައްތުކުރަމުން މިދަނީ  އެފަދަ ވަގުތު ތަކެކެވެ.އިބްރަތް ތަކެއް ފާއިތުވިތަނުން ހަސިލް ކޮށްގެން މި ގައުމަށް  ހެޔޮ ގޮތްތަކެއް ހޯދައި ގަތުމަށް މިވަނީ ޖެހިފައެވެ.ޖިހާދެއް މިވަނީ ކުރަން ޖެހިފައެވެ

ބީރައްޓެހިކަމުގެ އިހްސާސް ، މިވަނީ އަމިއްލަ ގައުމުގައި ތިބެމެ އަޅުގަނޑުމެންނަށް  ކުރަން ޖެހިފައެވެ. މިއަދު ، ދިވެހ ދައުލަތް ހިންގުމާ ހަވާލު ތިއްބެވި ބޭފުޅުންނާއި  އިދިކޮޅަށް ޚިޔާލު ފާޅުކުރާ ކޮންމެ މީހަކީ މި ދެންނެވި ފަދައިން ބީރައްޓެހި ކަމުގެ އިހްސާސް ކުރަން ޖެހިފައވާ މީހެކެވެ.  މުއްސަންޖަކަސް ފަގީރަކަސް ތަފާތެއް ނެތި އަޅުވެތިކަމުގެ އިހްސާ މިވަނީ ކުރަން ޖެހިފައެވެ. ހާލަތު ނިޔާކުރެއްވި ގޮތަކީ މިއީއެވެ. މިންވަރު ކުރެއްވީ މި އަދަށް މިގޮތެވެ. އެހެން ނަމަވެސް ސުބްހާނަހޫ ވަތައާލާ އެނގެވިފަދައިން  އިންސާފަށް ވާގިދިނުމަށްޓަކައި ތެދުވުމަކީ ވާޖިބެއްކަން ދަނެތިބެ ފިސާރި ކެރިގެން ތެދުވާން މިއަދު މިވަނީ ޖެހިފައެވެ. ހެއްދެވި ފަރާތުން ވާގިއެދި އެ ފަރާތަށް ޝުކުރުކުރަމުން ކެތްތެރި ކަމާއި  ވިސްނުންތެރިކަމާއިއެކީ ކުރިމަތިލައި އަޅުގަނޑުމެންގެ މިނިވަންކަން އަނބުރާ ހޯދުމަށް މިވަނީ ޖެހިފައެވެ.އެންމެހާ ދިވެހިންނަށް އެއް ހަމަޔަކުން  ދިރިއުޅުމުގެ ޒަރޫރީ ކަންކަން ލިބޭނޭ މަގެއް ތަނަވަސް ކުރަން މިވަނީ ޖެހިފައެވެ. އެފަދަ ގާބިލު ބަޔަކު މިވަނީ ގައުމާއި ހަވާލު ވާން ޖެހިފައެވެ

  ކެއިން ބުއިމާއި އުނުއަނުމަށްފަހު ދެން އިންސާނާ އަށް އެންމެ ބޭނުންވާ ކަމަކީ ބޯހިޔާވަހިކަމެވެ. އެކަންވެސް  ސަރުކާރު ހިންގަވާ ބޭފުޅުންނާއި އިދިކޮޅު ފަރާތްތަކަށް ފޯރު ކޮށް ދޭނީ ސަރުކާރަށް ބައިއަތު ހިފައިގެން ތިބި މީހުންނަށް ލިބި  ބާކީ ވުމުން ކަމަށް ސަރުކާރުގެ އިސް ފަރާތްތަކުން ވަނީ އާންމުކޮށް އިއްލަން ކޮށްފައެވެ. ޕޯޗުގީޒުންވެސް މިފަދަ އިންޒާރުދިން ކަމެއް އެނގިފައެއް ނުވެއެވެ.  މި އީ އަޅުވެތި ކުރުން ފިޔަވާ އިތުރު އެއްވެސް ކަމަކަށް ވެދާނެތޯއެވެ. ވަޒީފާގެ ފުރުސަތު ވެސް އޮތީ ހަމަ މިހެންނެވެ. އެކި އެކި ވިޔަފާރި ތަކާއި މަސައްކަތް ތައް ހަވާލު ކުރުން ވެސް ހަމަ މި ފަދައެވެ. މި ކަން މިވަނީ  މިހާރު އދ. އިން ނުވަދެ ހައްލު ނުކުރެވޭ ހިސާބަށް ގޮސްފައިވާ ބައިނަލް އަގްވާމީ  މައްސަލައަކަށް  ވެފައެވެ.  އިދިކޮޅު ފަރާތްތަކުގެ ކިތަންމެ ބޮޑު ފިއްތުމެއް  ހުރި ކަމުގައިވިއަސް މިއީ  ހަމަޖެހޭ ބުއްދި އަކާއިގެން ސަރުކާރު ހިންގަން ބަޔަކު ތިބިނަމަ ގައުމަކަށް ވާނޭ ގޮތެއް ނޫނެވެ.

އަޅުވެތި ކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ފެށުން އިފްތިތާހް ކޮށްދެއްވީ ސީދާ ރައީސުލް ޖުމްހޫރިއްޔާއެވެ. ނުލަފާކަން ދައްކާލަނަމޭ  ވިދޅުވުމުންނެވެ. އެއަށްފަހު އެމަނިކުފާނުގެ އަވާއިގައި ޖެހި ފައި ތިބި ތަންދޮރު ނުފިލާ ދަހިވެތި ދިވެހީންގެ  ބަޔަކަށް މަގާމު ދެއްވައިގެން އެފަދަ މީސްމީހުންގެ މޮޔަ އަދި ދަހިވެތިކަމުގެ ކަމުގެ ނާޖާއިޒު ފައދާ ނަންގަވައިގެން އެމަނިކުފާނު މިވަނީ ދިވެހިން އަޅުވެތި ކުރައްވާފައި ކަމާއިމެދަކު އަޅުގަނޑު ޝައްކެއް ނުކުރަމެވެ

ނޫސް ވެރިން ނާއި ވިޔަފާރިވެރިންނަށް ބިރު ދައްކަވައި  މާތްވެގެންވާ އިސްލާމް ދީނަށް ފުރައްސާރަ ކުރަމުން ދިވެހިން އަޅުވެތިކޮށްފައިވާ  މި ސަރުކާރުގެ ވަކިތަކުން ދިވެހިން ސަލާމަތް  ކޮށް ދެއްވުމަށާއި ، މިފަދަ ވެރިކަމެއް މުސްތަގްބަލުގައި އަޅުގަނޑިމެންނަށް މިންވަރު  ނުކުރެއްވުމަށް ގަދައަޅައި މަސައްކަތް ކުރުމުގެ ހިތްވަރު އަޅަމަން އެންމެންނަށް މިންވަރު ކުރައްވާންދޭވެ .

Leave a Comment

Filed under Uncategorized

ޑިކްޓޭޓަރުންގެ އަތްމަތީފޮތުގެ ސޮފްހާއެއް

މި ލިއުމުން ޑިކްޓޭޓަރު ކަން  ދަސް ކުރާ މީހުންނަށާއި ޑކްޓޭޓަރުން ފާހަގަ ކުރަން ބޭނުން މީހުންނަށް ކުރި އެރުމެއް ލިބޭނެ ކަމަށް އުންމީދު ކުރަމެވެ

ލައުނަތް ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.ވެރިކަމުން  ވަކިވި ފަރާތަކީ ޑިކްޓޭޓަރަކަށް ވިއަސް ނުވަތަ ނުވިއަސް އެ މީހަކަށް ބަރާބަރަށް ލައުނަތް ދިނުމުގައި ގާއިމުވެ ހުންނަންވާނެއެވެ

ބައިވެރިންގެ ބޮޑު ޖަމާއްތެއް އުފައްދަން ވާނެއެވެ.  ހައްދުފަހަނައަޅާ ގޮސްފައިވާ ބޮޑެތި  ގިނަގުނަ ވައުދު ތައް ކުރުން މަތީ ދެމިހުންނަންވާނެއެވެ.

ޑިމޮކްރަޓިކް، ގައުމީ ،  ރައްޔިތުންގެ  ފަދަ  ނަމެއް ލައިގެން ނޫނީ ޕާޓީއަށް ން ދީގެން ނުވާނެއެވެ.

ވީހާ ވެސް ކުރު މުއްދަތެއްގެ ތެރޭގައި ވީހަވެސް ގިނަ ބަޔަކު ހިފާ ހައްޔަރު ކުރަން ވާނއެވެ. އޭގެ ތެރޭގައި އިދިކޮޅު  ލީޑަރުން ކޮންމެހެން ވެސް ހިމަނަން ވާނެއެވެ.

އިދި ކޮޅު ހަދާ އެންމެނގެ އާއިލާ ތަކަށް ކެނޑި ނޭޅި އިންޒާރު ދޭން ވާނެއެވެ

ސިފައިންނާއި މަހުޖަނުންނާއި  ވަކަރުގޭ ކުދިން” ވަޅައި” ކުރަން ވާނެއެވެ

އާއިލާގައި ތިބި ބުއްދި ހަމަޖެހޭ އެންމެނަށާއި ގާތް އެންމެންނަށް  ކޮންމެހެން ވެސް ބޮޑެތި މަގާމު ތައް ދޭން ވާނެއެވެ.

މަތީގައި ދެންނެވުނު މީހުން އުފާ ކުރުމަށްޓަކައި ، ފުޅާ ދާއިރާއެއްގައި ކޮރަޕްޝަން ފަތުރަން ވާނެއެވެ

ޕްރައިވެޓައިޒް ކުރުމުގެ ނަމުގައި ގައުމުގެ   އެސެޓްސް ދޫކޮށް އޭގެ ފައިދާ ބަރާ ބަރަށް ނަގަން ވާނެއެވެ

ގައުމުގެ ސައިޒާއި ނުބައްދަލު ވިއަސް  ވީހާ ގިނަޔަކަށް ވަޒީފާ ދީ ސަރުކަރު ބޮޑުކުރަން ވާނެއެވެ

މުސްލިމުން ގައުމުގައި ތިބި ނަމަ އެބައި މީހުން  ނަކީ ޓެރަޜިސްޓުންނަށް ހަދާ ދުނިޔޭގައި އެ ޚަބަރު ފަތުރަން ވާނެއެވެ.

ކޮންމެވެސް ވައްތްރެއްގެ ސްޓޭޓް އޮފް އިމާޖެންސީ އެއް  ގާއިމްކޮށް  ކުޑަ ކުޑަ ސަބުތަކަށާއި އަދި އެއްވެސް ސަބަބެއް ނެތިވެސް މީހުން ހިފާ ހައްޔަރު ކުރަންވާނެއވެ. ދެން އެއަށަފަހު އެކަމުގެ ސަބަބަކަށް މިނިވަން ކަމާއި ގައުމީ ސަލާމަތް ފަދަ ކަންކަން ކަން އަންގައި   އާންމު ކޮށް އިއުލާން ކުރަން ވާނެއެވެ.

ކޮންމެ ކަމަކަށްވެސް ހުއްދައެއް ހޯދަން މަޖުބޫރު ކުރަން ވާނެއެވެ. ޚާއަސަކޮށް އެއްވެ އުޅުމަށް ހުއްދަ ދިނަސް ވަރަށް  ބޮޑަށް ހުރަސް އަޅަންވަނެއެވެ.

ކޮންމެ ރަނގަޅު ކަމެއްގެ  ފޯނި ބޯލަން ވާނެއެވެ. ކޮންމެ ގޯހެއް އިދިކޮޅު ފަރާތްތަކުގެ ބޮލަށް ޖަހަން އަވަސްވެގަންނަން ވާނެއެވެ.

ކޮންމެވެސް ބާރުގަދަ ގައުމެއްގެ ސަޕޯރޓް ހޯދަން ވާނެއެވެ. މިކަން ކުރަންވަނީ ގައުމުގެ ކޮންމެވެސް ހަރު މުދަލަކުން ލިބޭ ފައިދާ  އެ ބަޔަކަށް ދީގެނެވެ.

ފޯރސޮކްރެޓިސް އަށް ޝުކުރުވެރިވަމެވެ

Leave a Comment

Filed under Uncategorized

ޑރ.އަބްދުލްމަޖީދުގެ ހާލު

މިއީ  ފެބްރުއަރީ- 10  - 2010 ގައި މި ބޮލްގް ގައި ޕަބްލިޝް ކުރި ލިއުމެކެވެ. ސުރުޚީ ބަދަލު ކޮށް ދެ ތިން  ބަދަލު ވަނީ ގެނެވިފައެވެ

އަމިއްލަ ޖަމްއިއްޔާއަކުން ދީނީ ތަގްރީރު ދިނުމަށާއި ނަސޭހަތް ދިނުމަށްޓަކައި ރާއްޖެ ގެންނަން މަސައްކަތް  ކުރަމުންދާ މަޝްހޫރު ދީނީ އިލްމުވެރިއެއްކަމަށްވާ  ޑރ. އަބްދުލް ރަހްމާން ގްރީން އަށް މިވަގުތު ތަގްރީރު ކުރުމުގެ ހުއްދަ ދެވެން ނެތްކަމަށާއި ހުއްދަދޭނީ ބަދަލުތަކަކާއި އެކު އަލަށް ހެދޭ ގަވާއިދު އާންމު ކުރުމުން ކަމަށް ރާއްޖޭގައި ދީނީ ކަންކަން ކުރިއެރުވުމަށްޓަކައިއެންމެ އިސްވެ ހަރަކާތްތެރިވާން ހަވާލުވެ ހުންނެވި ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ ވިދާޅު ވެއްޖެއެވެ.

.ގަވާއިދު ނެތް ޒަމާނުގައި ހުއްދަ ދެއްވި ބަޔަކަށް ހުއްދަ ދެއްވީ ކިހިނެތްތޯ ސުވާލު ދެންނެމުން މަޖީދު ވިދާޅުވީ އެމަނިކުފާނުމިހާރު މިދައްކަވަނީ ގަވާއިދު ނެތް ޒަމާނުގެ ވާހަކަ ނޫން ކަމަށާއި ގަވާއިދު  ”ހަދާ” އިރުގެ ވާހަކަ ކަމަށެވެ .ގަވާއިދު ވަނީ ހެދުމަށްޓަކައި ގަންޑަރ ނާއިބުގެ އޮފީހުގައެވެ. އެހެންކަމުން އެ މަނިކުފާނު ހުއްދަ ދެއްވުމަށް އިންކާރު ކުރައްވަނީ    ވުޖޫދުގައި  ނެތް  އަމިއްލަ ގަވާއދަކަށް ކަމަށް  ޚުދު އެމަނިކުފާނު ހެކިދެއްވައެވެ.  ގަވާއިދެއް ވަނީ ބަންޑާރަ ނާއިބުގެ އަތްޕުޅުގައި ކަމަށާއި އެއަށް އަމަލް ކުރާނީ ބަންޑާރަ ނާއިބު އެ ގަވާއިދު އާންމު  ކުރުމުން ކަމަށް އެ މަނިކުފާނު ވިދާޅު ވިއެވެ. ގަވާއިދެއް ނެތްކަމަށްވަންޏާ ބުއްދިވެރި ގޮތަކީ ގަވާއިދު ވުޖޫދަށް އަންނަންދެން ކުރީންވެސް އަމަލު ކުރަމުން އައި ގޮތައް އަމަލުކުރުން ނޫންތޯއެވެ؟ އަދި ސުލްހަވެރިކަމުގެ މަގު ބަޔަކު ހުރަސް ކުރަން މަސައްކަތް ނުކުރާނީ ވެސްއެގޮތް ޚިޔާރު ކުރުމުން ނޫންތޯއެވެ؟

ރާއްޖޭގެ ދީނީ އެއްބައިވަންތަ ކަމަކީ ސުލްހަވެރި ކަމާއި ގުޅިފައިވާ ކަމަކަށްވާތީ ސުލްހަވެރިކަން ދެމެހެއްޓުމަކީސަރުކާރުގެ މައްޗަށް ލާޒިމުކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ތަގުރީރު ކުރުމަށް އާ ގަވާއިދެއް މެދުވެރި ނުކޮށްދީނީ އެއްބައިވަންތަކަމާއި ސުލްހަވެރިކަން ގެއްލިދާނޭކަމަށް އެމަނިކުފާނަށް ފެނިލައްވާ ކަމަށްވެސް ވިދާޅުވިއެވެ.މި ވާހަކަފުޅުތައް އެމަނިކުފާނު ދެއްކެވީ އެއްކަލަ ޖަމްއިއްޔާއަށް ދެއްވި ރަސްމީ ޖަވާބުގައި ކަމަށް ވެއެވެ. އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ގޮތުން ގަވާއިދެއް ވުޖޫދުގައި ނެތަސް ގަވާއިދު ވަނީ އައުމުގެ މަގުމަތީގައި ކަމަށްބުނެ ބަޔަކުމީހުންނަށް ކުރީން ލިބިލިބިހުރި ހައްގެއް ނިގުޅައިގަތުމަކީ މައްސަލައެއްނޫނެވެ .

އެމަނިކުފާނު ދުނިޔަވީ ބިރެއްގެ ތެރޭގައި  އުޅުއްވާކަމާއި ކޮންމެވެސް މީހެއްގެ ޚުދުމުޚްތާރު ކަން މީގައި އެކުލެވޭ ކަމަށްގަބޫލު ކުރެވޭއިރު ސުލްހަވެރިކަން ދަމަހަށްޓަން އެމަނިކުފާނުގެ ސިކުނޑިފުޅު ކަށަވަރުންވެސް މިކަމުގައިތަންނުދޭކަން ފާހަގަ ކުރެވެއެވެ

.ނުވަތަ ކޮންމެވެސް ކަމެއް އެމަނިކުފާނު ދިވެހީންނަށް ވަންހަނާ ކުރައްވަން ބޭނުންފުޅުވަނީއެވެ

އިސްލާމް ދީނުގެ އަގުވެއްޓޭ ގޮތަށް ތަކުރާރު ކޮށް ވާހަކަ ފުޅު ދައްކަވަމުން ގެންދަވާ މުހައްމަދު ނަޝީދުގެ  ސަރުކާރުގެ ދީނީ ކަންތައްތަކާއި ބެހޭ “މިނިސްޓަރުގެ” ހާލަކީ މި އީއެވެ.

ހިތާމަ ހުއްޓެވެ!މ

Leave a Comment

Filed under Uncategorized

ސިއްރުން ފުރިގެންވާ ” ފޯނު ކޯލެއް” ގާޒީގެ އާއިލާ އަށް

 އާއިލާ އާއި އެކު  ގޭގައި  އުޅެނިކޮށް ، އެއްވެސް ކަހަލަ އިޝާރާތެއް ކުރިން ކުރުމަކާއި ނުލާ ގައުމެއްގެ ދިފާއީ ބާރުގެ  ފައުޖެއް ފޮނުއްވައިގެން  މީހަކު ހައްޔަރު ކުރަން އެންގި މީހަކު އެހެރީ ވަރަށް ސީރިއަސް ވެފައކަން ކަށަވަރެވެ. އެއްވެސް ހަތޔާރަކާއި ނުލާ ހުރިކަމަށް ބެލެވޭ  އަބްދުއްލާ ގާޒީ ހައްޔަރު ކުރަން ރާއްޖޭގެ  ރައީސުލުލް ޖުމްހޫރިއްޔާ   ފޮނުއްވީ އޭނާ އޭނާގެ އާއިލާ އެކު އަރާމު ކޮށްލަން ގޭއިގަ ހުއްޓާ ރާއްޖޭގެ  ސިފައިންނާ ފުލުންގެ ގުޅިފައިވާ ފައުޖެކެވެ

އެހެން ކަމުން   ގާޒީ   ދެކެ ރައީސް ނަޝީދު ވަރަށް ބޮޑަށް “ތެހި” ވަޑައިގެން ހުންނެވިކަން އެ ބަ ޔަގީން ވެއެވެ. ހަމަ އެއާއި އެއްކޮށް ގާޒީ ހައްޔަރު ކުރަން  ފޮނުއްވި    މަންޒަރު ފެނި އެކަން ހިނގާ ދިޔަ ގޮތުގެ  ޚަބަރު ލިބުނު އިދިކޮޅު މީހުންގެ ހިތްތަކަށް ބިރުވެރިކަން ވެއްދުމަކީވެސް ރައީސް ނަޝިދުގެ އެއް ބޭނުންފުޅު ކަމުގައި ވާނޭކަމަށް ވެސް ބެލެވިދާނެއެވެ. އެހެން ނޫންނަމަ އެހާ ގިނަ  ސިފައިން އެކަމަށް  ފޮނުއްވުމުގެ ބޭނުންފުޅަކީ ކޮބާއި ބާވައެވ.

ކޮންމެއަކަސް ގާޒީ ހިފާ ހައްޔަރު ކުރުމަށް ފަހު 48 ގަޑި ހަމަވާން ކއިރި ވެފައި ވަނިކޮށް ގާޒީގެ އާއިލާގެ އަރިއަހަށް  ތިން ޚަބަރަކާއިގެން ރައީސް ނަޝީދު ފުލުންގެ ބަޔަކު ފޮނުއްވިއެވެ- ގާޒީ ހުންނެވީ ރަނގަޅަށް ފަރިއްކުޅުއްވައިގެން ހެޔޮ ހާލުގައި ކަމާއި ، އަންނައުނު  ގާޒީއަށް ބޭނުން ކަމާއި  ބޭނުން ނަމަ ގާޒީއާއި ފޯނުން ގުޅާ ވާހަކަ ދެއްކުމުގެ ފުރުސަތު ދޭނެ  ކަމުގެ ޚަބަރެވެ

ސިފައިން ،ގާޒީއަށް ގުޅައި ދިނުމުން  ގާޒީގެ އެއްވެސް ބަހެއް އާއިލާ އަށް ވިދާޅުވުމަށް އިންކާރު ކުރި ކަމަށް ފުލުހުން ބުނެ އެ ހިސާބުން ފޯނުގެ ކަންތައް ނިމުނީއެވެ. ގާޒީ ކެއްސާލި ކަމަށް ވެސް ނުވެއެވެ. ފުލުހުން ގާޒީގެ އާއިލާ އާއި އެކު އެއް ގަޑިއިރުހޭދަކުރިކަމަށް ވެއެވެ.

ކަން މިހެން ހިނގުމުން އާންމުންގެ ތެރެއިން މި ޚަބަރު ލިބުނު މީހން މިހާރު ޔަގީންކޮށްގެން ތިބީ ގާޒީ  ގަދަވެ ހެޔޮހާގައި ހުންނެވި ކަމަށެވެ. އަދި އާއިލާއިން ވެސް ހީކުރާނީ ހަމަ އެފަދައިން ކަމަށް ބެލެވެއެވެ. އެހެން ނަމަވެސް އުފެދޭ ސުވާލު ތަކެއް އެބަ ހުއްޓެވެ : އެހާ ރަހުމު ކުޑަ ގޮތަކަށް   ހައްޔަރު ކޮށްގެން ގެންދިޔަ މީހަކަށް އެމީހެއްގެ އާއިލާއަށް ވެރިވެފައިވާނޭ ނުތަނަވަސްކަން އިހްސާސް  ނުކުރެވި  ހުންނާނާ ބާވައެވެ.ފުރުސަތު ލިބުމުން އާއިލާއަށް ހިތްވަރު ދިނުމުގެ ގޮތުން އެންމެ ކުޑަމިނުން  ދިރި ދުނިޔޭގައި ހުރިކަން  އަންގާލަން ބޭނުން ނުވާނޭ ބާވައެވެ.    މީގެ އަނެއް ކޮޅަށް ވިސްނާލުމުން އުފެދޭ ސުވާލަކީ  ގާޒީ ހަމަ ގަދަވެ ހެޔޮ ހާލުގައި  ވާހަކަ ދެއް ކުމުގެ ގާބިލު ކަމާއކީ މިދުނިޔޭގައި އެބަ ހުރި ބާވަޢެވ.  ގާޒީގެ އާއިލާ އަށް  އޮޅުވާލަން ވެގެން ގާޒީ އާ ގުޅައި ދެނީ ކަމަށް ހަދަން ވެގެން ފޯނެއް ކޮށް ފާ އޭނާ ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށް  ހަދާ ރައީސް ނަޝީދު  ހިންގަވާލެއްވި ޖަރީމާއެއް ބާވައެވެ

!ކޮންމެއަކސް ދެ ތިން ދުވަސް ފަހުން ގާޒީ ގިރިފުށިން ފިއްލަވައިފ ކަމުގެ ޚަބަރު ފުލުހުން މެދުވެރިކޮށް ރައީސް ނަޝީދު ނުފަތުރުއްވަވައިފިއްޔާ ކިތަންމެހާވެސް ރަނގަޅެވެ

2 Comments

Filed under Uncategorized

ޚުދުމުޚްތާރު ވެރިކަމެއްގެ 13 އަލާމާތް

The Maldivian

އާންމު މައުލޫމާތާއި ޚިޔާލު ،އާންމު ނުކޮށް ހިފެހެއްޓުން : މިކަން ފެށެނީ މައުލޫމާތު ހިފެހެއްޓުމުންނެވެ. އެއާއި  ގުޅިގެން    މީހުންނަށް ނުބައި މަގުން ދަތުރު ކުރެވޭނޭ ފަދަ ދޮގު މައުލޫމާތު އާންމު ކުރާނެއެވެ. މި ޚުދުމުޚްތާރު ސަރުކާރުގެ އަމަލު ތަކުގެ ތެރެއިން މި ގޮޅިއަށް ފެތޭ ކަމެއްގެ މިސާލަކީ ޖީއެމްއާރްގެ ހައިޖާނެވެ.

ކަންކަން ރަނގަޅު މަގުން ހިންގޭނޭ ފަދަ ގާބިލު ފަރުދުންނަށް ވަޒީފާ  ދިނުމަށް ހުރަސް އަޅައި ، މަޖުބޫރު ހާލަތުގައި ނޫނީ ” ފަޕެޓުން ” ފިޔަވާ އިތުރު ބަޔަކަށް ވަޒީފާ ނު ދިނުން:  މި ޚުދު މުޚްތާރު ސަރުކާރުން މިކަން ވަރަށް ސާފުކޮށް ފެންނާން އެބައޮތެވެ

ޝަރުއީ ކޯޓު ތަކުގެ މަސައްކަތަށް ހުރަސް އަޅަން މަސައްކަތް ކުރުން: ސުޕްރީމް ކޯޓުގައި ތަޅު އެޅުވުމާއި ވެލެޒިނީ ލައްވާ ކުޅުވި ކުޅިގަނޑާއި ކޯޓު ކުރިމަތީ ކުރި މުޒާހަރަ ފަދަ ކަންކަމަކީ މީގެ މިސާލުތަކެވެ.

ނަހަމަގޮތުގައި ބާރުގެ ބޭނުންކުރުން: މީގެ ބޭނުން އާންމުކޮށް ޚުދު މުޚުތާރު ސަރުކާރުތަކުން ބެނުންކުރަނީ އާންމު ސަޕޯޓަރުންގެ ރުހުމާއިއެކު ސަޕޯޓަރުންގެ ކޮޅަށް ބުރަވާ ގޮތަށް ޕްރްޖެކްޓް ދިނުމާއި އެހެނިހެން ފައިދާ ދީގެން ފައިސާގެ މުއްސަނދިކަން  ސަރުކާރުގެ ކޮޅަށް އިތުރު ކުރުމަށްޓަކައެވެ. 21 މިލިއަން ޑޮލަރުގެ ޖަރީމާ މީގެ މިސާލަކަށް ފުދެއެވެ

ސަރުކާރުން މޮނޮޕޮލީތައް އުފައްދަން މަސައްކަތް ކުރުމާއި  ސިފައިންގެ ބާރު އަމިއްލަކޮށް ނުސީދާ ބިރުވެރިކަން ރައްޔަތުންގެ ތެރެއަށް ފަތުރަން  އުޅުން: އާންމުންނަށާއި އިދިކޮޅު ފަރާތްތަކަށް އެބައި މީހުންގެ ލޮއީފްކަން އިހްސާސް ކުރުވައި ބިރުވެރި ކަން މަތީ ބޭތިއްބުމަށް މި  އުކުޅު ބޭނުންކުރެއެވެ.

މިލިޓަރީ ގޮތްގަނޑު ދެއްކުން: އެއަށް ފަހު ކޮންމެވެސް ގޮތަކަށް އިދިކޮޅު ފަރާތް ތަކާއި  ކޮންމެވެސް ގޮތަކަށް ހަނގުރާމަ އިއްލާން ކުރުން. ޒުހޭރު ޗަމްޕާ އާއިލާއަށް ދިން އިންޒާރަކީ މީގެ މިސާލެކެވެ.

ރިފޯމަށް މަސައްކަތްކުރާ ފަރާތްތައް ރޫޅައި ބައިބައި ކޮށްލުން: އެފަދަ ބައިތަކުގެ ތެރެއިން ސިއްރު ނެގުމުން ފެށޭ މި ކަންތައގަނޑު ނިންމާލަނީ އެފަދަ ގްރޫޕްތަކުގެ ލީޑަރުން ހައްޔަރު ކުރުމަކުންނެވެ.

މިނިވަން މުއައްސަސާތަކުގެ ބާރު ކަނޑުވާލުން: މިނިވަމން މުއައްސަސާ ތަކާއި އާންމު ފަރުދުން ، ސަރުކާރުން ކުރާ ގާނޫނާއި ގަވާއިދާއި ޚިލާފު ކަންކަން ފެންމަތިކުރަން ފެށުމުން އެފަދަ ފަރާތްތަކަށް އިނަޒާރު ދީ ހަދާނެއެވެ. މިހިސާބަށް ކަންތައް ދިއުމުން އެ ސަރުކާރެއް ހަމަ އެކަނި ޚުދުމުޚްތާރުވެ ކޮރަޕްޓް އެކަނި ވީއަކީ ނޫނެވެ. ހައްދުފަހަނަޅާ ދިޔައީއެވެ. މީގެ މިސާލުތައްވެސް ޚުދު މުޚްތާރު މި ސަރުކާރުގެ އަމަލްތަކުގެ ތެރޭގައި ހިމެނޭކަމަށް މީހުން ބުނެ އުޅެއެވެ.

އާންމުން ދުވަސްތަކަކަށް ހާލުގައި ޖައްސައިގެން ސަރުކާރުގެ ބޮޑުންގެ ގާތު ސަލާންޖަހަން މަޖުބޫރު ކުރުވުން: މިއީ  ކްލެސިކް އެކެވެ. ފުރަތަމަ ،ފަރުދުންގެ އާމްދަނީ ކޮންމެވެސް ގޮތަކަށް ހިފަހަޓާ  ހެދުމަށްފަހު، އާންމުންނާއި ނޫސްތަކުން އެކަމަށް އިހްތިޖާޖު ކުރަން . ފެށުމުން ދަނިޑިވަޅު ބަލާ އަނބުރާ ނެގި ނުވަތަ ހިފެހެއްޓި އެއްޗެއް ނުވަތަ މިނިވަންކަމެއް ދެނީއެވެ. ލަފާކުރެވޭ ގޮތުގައި މިކަން ބޮޑަށް ފެންނާނީ 2013 ވަނަ އަހަރު ފެށުމުންނެވެ.ސިވިލް ސާރވިސްގެ މުސާރަ މިސާލަކަށް ބައްލަވާށެވެ.

އާންމުން ސަރުކާރު ހިންގުމާއި، ހިންގުމުގެ ތެރޭގައި އެކުލެވޭ ކަންތައްތަކަށް ހޭލުންތެރިވިއަ ނުދިނުން:  ފާއިތުވި ކައުންސިލްގެ އާންމު އިންތިޚާބުގައި  އދ. ގެ ގޮތްޕެއްގެ އެހީގައި ލާމަރުކަޒީ  ގޮތުން  ހިންގުމާއި ވޯޓު ލާންވީ މީހުން ފާހަގަ ކުރާނޭ ގޮތްތައް ފާހަގަކޮށްދެނެގަންނާނޭ ގޮތުގެ  މައުލޫމާތު  އާންމުންނަށް ދިނުމަށް ބޮޑު އަގުގައި ޗާޕްކުރި އެތައް ހާސް ލިއުން އާންމުންނަށް  ފޯރުކޮށްދިނުމުގައި  ވީ އިހްމާލަކީ މީގެ މިސާލެކެވެ.

ހަފްލާތަކާއި އެއްވުންތައް ހަދައިގެން އިދިކޮޅު މީހުންގެ ބޮލުގައި ޓެރަރިޒަމްގެ ތުހުމަތު އެޅުވުން:  މިކަންތައް މިވަގުތު ހިންގަމުން އެބަދެއެވެ

ރައްޔަތުންގެ ހައްގުތަކަކީ ވެރި މީހާގެ ފަރާތުން ދޭ އިނާޔަތްތައް ކަމަށް ހަދައިގެން ކަންކަންކޮށްދީ  ގޮތް ދެއްކުން:   މުސްކުޅި ރައްޔަތުންނަށް ދޭ ދެހާސް ރުފިޔާގެ ވާހަކަ ދެއްކުމުގައި މިކަން ފެންނާނެއެވެ.

ގާނޫނަށްވުރެ މަތީގައި ތިބޭ އޮފިޝަލުންތަކެއް ތިބުން: ޒުހޭރު ފަދަ ބޭފުޅުން

Leave a Comment

Filed under Uncategorized