ރައީސް ޔާމީން އާއި ޑިމޮކްރަސީ

“ސަރުކާރުން ދޭ ކޮންމެވެސް އަދަދެއްގެ ފައިސާއަކުން، ނޫނީ ސިއްހީ ފަރުވާ ހިލޭ ލިބިވަޑައިގަތުމަކުން އަޅުގަނޑު ގަބޫލެއް ނުކުރަން ދާއިމީ އުފާވެރިކަމެއްގައި އަޅުގަނޑުމެންގެ އިސް ރަށްވެހިންނަށް އުޅެވިދާނޭ”
ހިނގަމުން މިދާ ފެބްރުއަރީ މަހު ހަ ވަނަ ތާރީޚް ގަ ރައީސް ޔާމީން ވިދާޅުވި ވާހަކަ އެކެވެ.

ހަމަ އެކަނި ދެވޭ މާއްދީ އެހީތަކަކުން އުފާވެރިކަމަކީ ހާސިލް ކުރެވޭނެ ކަމެއް ނޫންކަން ފަރުދީގޮތުން އަޅުގަނޑުމެންނަށް އެނގުނަސް ސަރުކާރަކުން އެކަން ދަނެގެން(ޕޮލިސީ ތެރޭގައި ޝާމިލް ކޮށްގެން) ހިންގަވަން ހުންނެވި އެންމެ އިސް ވެރިޔާ އެ
މޭރުމުން ވާހަކަފުޅު ދެއްކެވުމަކީ އުންމީދު ތަކެއް އާލާ ވެގެންދާ ކަމެކެވެ. އެމަނިކުފާނު ފާހަގަ ކުރެއްވި ގޮތުގައި ޒުވާނުން ކުށް ކުރުމާ ދުރުވެ މަސްތުވާތކެއްޗާ ދުރު ކުރެވޭނޭ ގޮތްތަކެއް
ހޯދިގެން މެނުވީ ދެމެހެއްޓެނިވި  އުފާވެރިކަމަކީ ގަައުމެއްގެ ގޮތުގައި ވާސިލް ވެވޭނެ މަންޒިލެއް ނޫނެވެ

ގައުމެއް ހިންގުމުގެ މައިގަނޑު ބޭނުމަކީ އެ ގައުމެއްގަި ދިރި އުޅޭ އެންމެނަށް ހާލަތާއި ވަސީލަތްތަކާއި ބުއްދި ނިޔާކުރާ އިންތިހާއަށް އުފާވެރިކަން ހޯދަިދިނުންކަން ގަބޫލުފުޅު ކުރައްވައި އެ ފަލްސަފާގެ މަތިން ދިވެހި ރައީސަކު ވާހަކަފުޅު ދެއްކެވުމަކީ ދިވެހިންނަށް ޑިމޮކްރަސީގެ އަސްލު ދަނެ ހުންނެވި ރައީސަކުލިބިފަިވާ ކަމުގެ ހެއްކެކެވެ

ބިރާނުލާ މަގު ހިނގައި ، ހުރަސް ކުރެވި، ގޯތި ގެދޮރުގެ ހުރުމަތް އަލުން އިއާދަ ވެވި އަޑުގަދަކޮށް ބިރުދައްކާ މިހުން މުޖުތަމައުގާ ބަލިކަށި ކުރެވި ފައިސާވެރިންގެ ކޮންޓްރޯލުގެ ދަށުން ކެރޭ ޒުވާނުން މިންޖު ކުރެވިގެން ދާން އުޅޭކަމުގެ ސިގްނަލްތަކަކަށް ރައީސްގެ މި ވާހަކަފުޅު ވަެގެން ދާނޭކަމާ ދޭތެރޭ ކުރެވޭ އުންމީދު ވަރަށް ބޮޑެވެ

އިސްތިހާރު

ދީނީ މިނިވަންކަން ނުދީ އިސްލާމް ދީން ކުރިއެއް ނާރާނެ

ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމުގައި ދިވެހިން ތިބީ އެއްބަސް ވެގެންނެވެ. އެހެން ނަމަމވެސް ގާނޫނު އަސާސީ އަކުން ވެސް ނުވަތަ އެ ނޫން އެއްބަސް ވުމަކުންވެސް، އެއްވެސް މުޖުތަމައެއްގެ އެންމެންނަކީ  މުސްލިމުންނޭ ބުނެ ކަނޑައެޅޭނޭ އެއްވެސް ހަމައެއް ނުވާނޭކަން އިސްލާމްދީން ފޮނުއްވި، ކާއިނާތުގެ ވެރި އިލާހް ވަނީ އަންގަވާފައެވެ.

އަޅުގަނޑުމެންގެ ގާނޫނުއަސާސީގައި   މުސްލިމްކަށް މެނުވީ ދިވެއްސަކަށް ނުވެވޭނޭ ކަމަށް ބުނެ  ލިޔެފައިވާ ލިއެން ގާނޫނީގޮތުން  ކިތަންމެ ސައްހައެއް ވެ އެއަށް  އަމަލު ކުރަން ޖެހުނަސް، އިސްލާމް ދީނުގެ ހަމަތަކުގެ އަލީގައި ބަލާއިރު  ، މުޖުތަމައުގައި އިސްލާމް ދީނުގެ ހިކްމަތްތެރިކަން ކުރިއަށް ނެރެ ގެން ތިބި ކަމަށް ގާނޫނުއަސާސީ  ބުނާކަމަށް ދައުވާ ކުރާ ކުރުމަކީ ޖާހިލު ކަމުގެ ތެރެއިން ވާ ކަމެއް ކަމަށް ދަންނަވަން ޖެހެނީ ހިތާމަޔާ އެކީގައެވެ. މިހެން މިދަންނަވަން މި ޖެހެނީ  ބަޔަކު މީހުން ލައްވާ ދޮގު ހަދަން މަޖުބޫރު ކުރާ ބަޔަކަށް ވުރެން ވަކި ނުބައި ބަޔަކު ނުވާތީއެވެ.   ” ކަލޭ ކޮންމެ ދީނެއް ގަބޫލު ކުރި ކަމުގައި ވިއަސް އަހަރެމެން  އެހެން މީހުން ކައިރީގައި ބުނާނީ ކަލެއަކީ މުސްލިމެކޭ”  ގާނޫނު އަސާސީ މެދުވެރި ކޮށް އަޅުގަނޑުމެން ބުނެގެން ތިބި ވާހަކަ  ތަކުގެ ތެރެއިން އެއް ވާހަކައަކީ މިއެވެ. އަޅުގަނޑުމެންގެ ދީނަށް ފުރައްސާރ ކުރާ މީސް މީހުންގެ ތެރެއިން ހިއްލަތުފަދަ މީސް މީހުން ވެސް އަޅުގަނޑުމެން ހަމަ ، މުސްލިމުން ކަމުގއި ބަލައިގެން ތިބެން ގާނޫނުން މިތިބީ މަޖުބޫރު ކޮށްގެންނެވެ. ހަގީގީ ޒައިނިސްޓުން ގެ ހީލަތްތެރި ގޮތް ގާނޫނުއަސާސީ މެދުވެރިކޮށް ވެސް މިތިބީ  އަށަގަންނުވަން ފަށައިގެންނެވެ.

ގަދަކަމުން އެމީހެއްގެ ހިތުގައިވާގޮތާއި ޚިލާފަށް ޕާސްޕޯޓު ފަދަ ލިއުންތަކުގައްޔާއި އަދި އެނޫންވެސް ގޮތަކަށް އެމީހެއްގެ ދީނަކީ އިސްލާމްދީންކަން  ކަމުގައި އެއްބަސްވާން މަޖުބޫރުކޮށްގެން ތިބެ އަޅުގަނޑުމެން މިދަނީ ސަތޭކަ ޕަސެންޓޭ ކިޔާ ދެކޮޅުންވެސް ބޮޑެތި ދޮގު ހަދުމުންނެވެ.  އުޚްރަވީ ފައިދާއެއް މިކަމުން  ނެތް ހާލު ދުނިޔަވީގޮތުން ވެސް ގެއްލުން ފިޔަވާ ލިބޭ ހަމަ އެކައްޗެއް ވެސް ގައުމަށް ވިއަސް ފަރުދަކަށް ވެސް އޮތީއަކީ ނޫނެވެ. ހަމަ އެކަނި އޮތީ  ކަނޑާލެވޭ ފޮންޏެކެވެ.  މިއީ ސުބްހާނަހޫ ވަތައާލާ އެންގެވި ގޮތް ނޫން ކަން ނޭނގޭ ހުރީ ކޮން މުސްލިމެއްތޯއެވެ.  އެހެން ކަމުން ރާއްޖޭގައި އަޑު އުފުލާ  ޝެއިޚުން ނަށް ނޭނގުމެއްގެ ތެރޭގައި ނަމަވެސް އިސްލާމް ދީން ފޮހެލުމަށް ބަޔަކު މިގައުމުގައި ކުރާ މަސައްކަތަށް ވާގި ނުދެވެޔޭ ބުނެވޭނޭ އެއްވެސް ހަމައެއް ނެތެވެ.

މުޖުތަމައް އެއް ބިނާ ކުރުމުގައި އެންމެ އިސް އަސާސަކީ ހެޔޮ ގޮތުގައި އާއިލާތައް އުފެއްދުން ކަމަށް ވީ އިރު އިސްލާމް ދީނުގައި ވަނީ  އާއލިލާތައް  ހިންގަން ފަށައިގަންނާނޭ ހަމަތައްވެސް މިކިޔާ  ޑިމޮކްރަސީއާއި ޚިލާފަށް ، ފުރިހަމަށް އަންގަވާފައެވެ. ކައިވެނި ކުރެވޭނީ ކޮންކޮން ހާލަތުތަކެއްގައި ކޮންކޮން ބަޔަކާ ކިހިނެތްކަން ވެސް ވަނީ ބަޔާން ކުރައްވާފައެވެ.

ދެބަސްވެވެން ނެތް ހަގީގަތަކީ އަޅުގަނޑުމެންގެ ތެރޭގައި އިސްލާމް ދީން ގަބޫލު ނުކުރާ މީހުން  އުޅޭ ކަމެވެ.މި ގައުމުގެ ރައްޔަތުންގެ ތެރެއިން   އެއްވެސް ދީނެއް ގަބޫލު ނުކުރާ މީހުންނާއި ކްރިސްޓިއަނުންނާއި ބުޑިސްޓުން  މިގައުމުގައި  އެމީހުންގެ ދަރީންނަށް ވެސް އެގޮތް ކިޔައިދީ އަންގަމުން ދާ އިރު އަޅުގަނޑުމެންނަށް އެގަހު ކޭލެއް މިގަހު ކޭލެއް ނޭނގި ތިބެ  އަޅުގަނޑުމެންގެ ދަރީން ކައިވެނީގައި މިފަދަ މީސް މީހުންނާއި ހަވާލު ކުރެވޭ ތަން ގަސްދުގައި މެދުވެރި ކޮށްގެން ތިބުމުން އެއޮތީ ފިސާރި ރަނގަޅަށް ދީން ކުރި އަރާފައި ނޫންތޯއެވެ. މުސްތަގްބަލާ ދޭތެރޭ ވިސްނާ މިންވަރު މެކުހަށް ޖަހާފަ ނޫންތޯއެވެ.  ދީނުގައި ކައިވެނި ކުރެވޭ ގޮތްތައް ޝަރުއީ ގޮތުން ބަޔާން ކުރައްވާފައި ވާއިރު  އެގޮތްތައް ދެނެގަތުމަށްޓަކައި އަޅުގަނޑުމެން ކުރަންޖެހޭ  ޝަރުއީ މަސައްކަތް ތަކެއް ވެސް ހުންނާނޭ ކަން އެގެން ވާނެ ނޫންތޯއެވެ. މިހާރު  މިއޮތް ގޮތުން ކައިވެނީގައި އަންހެން ދަރި ހަވާލު ކުރެވެނީ އޭތީސްޓަކާއި ކަމަށް ވިއަސް  ޝަރުއީގޮތުން އެމީހަކީ މުސްލިމެއް ކަމަށް ގަދަކަމުން  ހަދައިގެން ތިބުމުން ޝަރުއީ ހަމަތަކުން ބަލާއިރު ކައިވެނީގެ ވަލީ ނުދީ ބެލެނިވެރިއާއަށް   ހުރެވޭނޭ ހައިސިއްޔަތެއްވެސް ނެތެވެ.  ރާއްޖޭގއި އަބޫޖަހުލު އާއ ހުރިހާ ފިރުއައުންތައް ތިބި  ކުމަގައި ވިއަސް އެމީހުން ވެސް އަޅުގަނޑުމެން ގުނާނީ ހަމަ  މުސްލިމުންގެ ގޮތުގައި  ނޫން ތޯއެވެ . ބަޔަކު މީހުންނަށް ދީން ހިމާޔަތް ކުރެވޭނީ މިހާކަންހާވަރަށެވެ. މިއީއަކީ އިސްލާމީ ހަމަތަކުން ހިނގާ މުޖުތަމައެއްގައި ކަންހިނގާނޭ ގޮތެއް ނޫންކަން ހެއްދެވި ފަރާތުން ވަނީ ސަރީހަ އިބާރާތުން އަންގަވާފައެވެ ވެ

އަޅުގަނޑު ދެކޭ ގޮތުގައި މީގައި އެންމެ ރަނގަޅު ގޮތަކީ އެމީހަކު އުޅެން ބޭނުންވާ ދީނެއްގައި ރަޖިސްޓްރީ ކުރެވޭނޭ  ދައުލަތުގެ  އޮފީހެއް އުފެއްދުމެވެ.  ދިވެހިންގެ ތެރެއިން ހިތުގެ އަޑިން އެހެން ދީނެއް ގަބޫލުކޮށްގެން ތިބެ ސުވަރުގެ ލިބިދާނޭކަމަށް ހީވެ  މަގު އޮޅިފައި ތިބި ބަޔަކު  ކެރެންޏާ އެ އޮފީހުގައި ރަޖިސްޓްތީ ވެގެން ތިބެދާނެ ނޫންތޯއެވެ. އެބަޔަކު ވަކިވަކިން ހޯދައިގެން ނަސޭހަތްވެސް ދެވޭނީ އޭރުން ނޫންތޯއެވެ. ރާއްޖޭއަށް އެތެރެކުރެވޭ ބިޑިސުއްޓާގެ އަދަދު އެނގޭ އިރު ، މަތިވެރި ދީނުގއި ތިބީ ކިހާ އަދަދެއްގެ މީހުންކަން ވެސް މިގައުމަކު ނޭނގެއެވެ. މި ފަދަ ނޭނގުމެއްގެ ތެރޭގައި ތ ބުމަކީ މާ ގަދަ އުފާވެ ސުވަރުގެ ދެވޭނޭ މަގު ހުޅުވޭ ކަމަކީތޯއެވެ. ޔަގާނެގީފަދަ އައިރު މުސްލިމުން  ވިހާ މަރުވަމުން  މިފަސްގަނޑަށް ދާއިރު ހަމަ އެއްވެސް މަސްސަލައެއް ނެތެވެ. އެކަމަކު މަގު އޮޅުނު އަޅުގަނޑުމެންގެ އަޚާއަށް މި ގައުމުގައި ހުންނާކަށް ސިކުންތެއްގެ ފުރުސަތުވެސް ނެތެވެ. ހާދަހާވާ  ވަރުގަދަ ދީނީ ލޯތްބެއް އޮތް ގައުމެއްތާއެވެ.

ފައްޅި އެޅުންފަދަ އެހެން ދީންތައް ޕްރޮމޯޓުކުރެވޭފަދަ އެއްވެސް ކަމެއް ކުރުމަކީ ހުއްދަ ކުރުމަކީ ވެގެންވާނޭ ކަމެއްކަމަށް އަޅުގަނޑު ނުދެކެމެވެ.  މީހަކު އެހެން ދީނަކަށް ރަޖިސްޓްރީ ކުރި ކަމުގައި ވިއަސް އެމީހަކަށް ރާބުއިމުގެ ލައިސަންސް ލިބި  އޮރިޔާން ހާލުގައި މަގު ހިނގައި އުޅުމާއި ރޯދަމަހު މަގުމަތީ ކެއްން ފަދަ ކަންމަކީ  ކުރެވިގެން ވާނޭ ކަން ކަމެއް ނޫނެނެވެ. އަދި ހައްދު ޖެހުމާއި އެނޫންވެސް ގާނޫނީ، ޝަރުއީ އެއްވެސް ކަމަކުން އެ މީހަކަށް ބަރީއ ވެގެންނެއް ނުހުރެވޭނެއެވެ.

އިސްލާމްދީން ކުރި އެރުވުމަށްޓަކައި އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ގާނޫނު އަސާސީ ދެކޮޅު ޖެއްސުމެވެ.  ދީނަށް ލޯބި ވާ ވަރު ރައްޔަތުންނަށް ދެއްކުމަށްޓަކައި ހެއްދެވި ފަރާތުންވެސް އަންގަވާފައިނުވާ ކަންކަން ދީނުގެ ނަމުގައި  ކުރާ މީހުން އެ ކަންކަން އެ ކުރަނީ ހަގީގަތުގައި އަޅުގަނޑުމެން އޮޅުވާލުމަށްޓަކައެވެ.  . އިޖްތިމާޢި ތަރުތީބާއި އިސްލާމްދީނާއި ވަކި ކުރަން މަސައްކަތް ކުރާ މީހުންނަކީ ދީން ރަނގަޅަށް ނޭނގޭ ނުވަތަ ގަބޫލު ނުކުރާ މީހުންނެވެ.

ދިވެހި ގައުމުގެ އިސް ވެރީންނޭވެ

ރައީސުލް ޖުމްހޫރިއްޔާ އަށާއި ތަސްމީނު އަލީ އަށާއި އަބްދުލޯ ޔާމީނަށާއި ގާސިމް އިބްރާހީމް އަށާއި  ޑރ. ހަސަން ސައީދު އަށާއި އިބްރާހީމް އިސްމާއީލް އަށާއި ރައްޔިތުންގެ މަޖިލީހުގެ އެންމެހާ މެމްބަރުންނަށް ދަންނަވަމެވެ.

ދިވެހިރާއްޖޭގެ ވެރިކަން ކުރާ ރަށުގައި މިއަދުވެސް މީހަކު ގަތުލް ކޮށްފިއެވެ. ތިޔަ ބޭފުޅުންނަށް މިފަދަ ކަންކަމަކީ މާކަ ބޮޑު ކަމަކަށް ވާހެން ހިޔެއް ނުވެއެވެ. އެހެނަސް މަރުވާ މީހުންގެ އާއިލާތަކަށާއި ގިނަ ދިވެހީންނަށް އެއީ ވަރަށް ބޮޑު ކަމެކެވެ.

.

އަޅުގަނޑު ތިޔަ  ބޭފުޅުންނަށް މި ލިޔަނީ  އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ތިޔަ ބޭފުޅުންނަށް މިފަދަ ކަންކަން މަދު ކުރުމަށްޓަކައި ބައިވަރު ފިޔަވަޅުތައް އެޅެން ހުރެ އެފަދަ ފިޔަވަޅުތައް ތިޔަ ބޭފުޅުން ނައަޅުއްވައި ތިއްބާތީއެވެ.

ސިޔާސީ އެކި ކަންކަމުގައި އެއްބޭފުޅަކު އަނެއް ބޭފުޅަކަށްވުރެން ގަދަ ވުމަށްޓަކައި ތިޔަ ބޭރު ކުރައްވާ ހަކަތަ ދިވެހި އާންމުންނަށް ރައްކާތެރިކަން ދިނުމުގެ ނިޔަތުގައި ހޭދަ ކުރައްވާން ފައްޓަވާތާ މާގިން ދުވަހެއް ނުވަނީސް މިފަދަ ކަންކަން

ހުއްޓުމަކާއި ގާތައް އަންނާނޭކަން ކަށަވަރެވެ.

.

މިއަދު ދުނިޔެ ދޫކްށް  ދާން އެ ޖެހުނު ކުއަޖާގެ ކުރިމަތީފަރާތަށް ހެރި ހަތިޔާރު މައްޗަށް ދަމާލި ގޮތަށް ފޫޓެއްހާތަން ކަފާލައިފާ ވެއްވެ. ތިޔަ ބޭފުޅުން މި ޚަބަރު ދެނެ ލެއްވީމުތޯއެވެ. އެ ކުއްޖާ މަރުވީ ގައިން ލޭ ހުސްވެގެންނެވެ. އެ ކުއްޖާ އަކީ ތިޔަ

ބޭފުޅުންގެ ވެސް ދަރިއެއް ކަމަށް ބައްލަވައިގެން ވިސްނާ ވަޑައިގެން ބައްލަވާށެވެ.

ދީނީ އިލްމުވރީންނަށް ނަސޭހަތެއް

ﷲ ސުބްހާނަހޫ ވަތައާލާ އަކީ މުޅި ކައުނުގައި ވާ ކުރިހާ މާއްދާ ތަކެއް ހެއްދެވި ފަރާތް ކަމަށާއި ފުރާނަ ލެއްވޭނޭ ހަމަ އެކަނި ފަރާތް ކަމަށް ގަބޫލުކޮށް، މުހައްމަދުގެފާނު މެދުވެރި ކުރައްވައި އެ ކަލާނގެ ފޮނުއްވި ފޮތުގައިވާ އާޔަތްތައް ގަބޫލުކޮށް އެއަށް އަމަލު ކުރާ މީހުންނަކީ މުސްލިމުންނެވެ. އަޅުގަޑު މި ލިޔުން މި ލިޔަނީ ހެކިވެ ވޮޑީގެންވެސްވާ ކަލާނގެ ހަޒުރަތުން ވާގި އެދި ހުރެ މި ގައުމުގައި ތިއްބެވި މުސްލިމް ދީނީ އިލްމުވެރީންނަށެވެ. އަޅުގަނޑަކީ މުސްލިމު ދިވެއްސަކީމެވެ.

އަޅުގަޑު މެން މުސްލިމުން ގަބުލު ކުރާ ގޮތުން އަޅުގަނޑުމެން ދެދުނިޔޭގެ ބާއޖަވެރިކަން ހޯދުމަށް މަސަތްކަތް ކުރުމަށް ﷲ އަން ގަވާފައިވެއެވެ. މިފަދައިން އެކަލާނގެ އަންގަވައިފާވާކަން ގަބޫލު ކުރާކަށް ހަދީސެއް ނުވަތަ އާޔަތަކުން ހުއްޖަތެއް ނުދެއްކިއަސް ފުދެއެވެ. ދެދުނިޔޭގެ ބާއްއްޖަވެރިކަން ހޯދުމަށް މާތް ﷲ އަންގަވާފައިވާ އެންގެވުމުން ޔަގީންވާ ގޮތުގައި އެކަލާނގެ ބާއްވައި ލެއްވި ފޮތް މައިގަނޑު ދެ ބަޔަކަށް ބެހެވިފައި ވާނެއެވެ. މިދުނިޔޭގައި މުޖުތަމައެއްގެ ގޮތުގައި ހިތް ހަމަޖެހުމާއި އުފާވެރިކަން ހޯދާނޭ ގޮތެއް އެ ފޮތުގައި ވާނޭކަން ކަށަވަރު ވެއެވެ . އަދި ހަމަ އެއާއި އެއްކޮށް އެކަލާނގެ ފޮނުއްވި ރަސޫލާ ވެސް ހަމަ އެފަދައިން މީގެ މިސާލުތަކެއް އަމަލު ފުޅުންނާޢި ބަސް ފުޅުން ދައްކަވާފައިވާނޭ ކަން ވެސް ޔަގިނެވެ . އާޚިރަތުގެ ބާއްޖަވެރިކަމަކީ އެމީހަކު އަމިއްލައަށް ކުޅަ މަސަތްކަތަކުން މެނެވީ ލިބޭނޭ ކަމެއް ނޫނެވެ. މިދުނިޔޭގެ ބާއްޖަވެރިކަމަކީ ބަޔަކު އެކުވެގެން ނޫނީ ހާސިލު ކުރެވޭނޭ ކަމެއް ނޫނެވެ.

ވީމާ މިއިން ސާބިތުވާ ކަމަކީ މިދުނިޔޭގައި އެކުވެރިކަމާއި އުފާވެރިކަން ހޯދުމަށްޓަކައި މުޖުތަމައެއްގެ ގޮތުގައި އުޅެގަންނާންވީ ގޮތްތަކެއް އެކަލާނގެ ފޮނުއްވި ފޮތުގައި ވާނޭކަމެވެ. އަޅުގަނޑުމެން ދުނިޔޭގައިލެއްވުމަށްފަހު އަޅުގަނޑުމެންގެ ތޮބީއަތުގައި އެކަކު އަނެކެއްގެ އެހީތެރިކަމާއި އެކީ ނޫނީ ނުއުޅެވޭނޭގޮތަށް ލެއެވި ފަރާތުން އަޅުގަނޑުމެން ނަށް މިދުނިޔޭގައި އުޅެވޭ ކުރު މުއްދަތުގައި އުފާވެރިކަން މަތީ ތިބެ އަންނާން އޮތް ޖީލު ތަކަށް އެ އުފާވެރިކަން ލިބޭނޭ މަގު ފަހި ކޮށްގެން ތިބެ އާޚިރަތުގެ ބާއްޖަވެރިކަން ހޯދާން ކަން ކުރާންވީ ގޮތްތަކެއް އެކަލަނގެ އަންގވާފައިވާނޭ ކަމީ ހާދީސެއް އާޔަތެއް ނުކިއަސް ކަށަވަރުކަމެކެވެ.

އަޅުގަނޑުމެން އާންމު ރައްޔިރުންނަށް ވާޖިބު ތަކެއް ވާފަދައިން ތިޔަ ބޭފުޅުންނަށްވެސް ވާޖިބުތަކެއް ވާނޭކަން ވެސް ކަށަވަރެވެ. އަޅުގަނޑުމެންގެ ވާޖިބުތައް ދެބަޔަކަށް ބެހިފައިވާ ފަދައިން ތިޔަބޭފޫލުންގެ ވާޖިބުތައް ވެސް ދެބަޔަކަށް ބެހެވިފައިވާނޭކަން ކަށަވަރު ނޫންތޯއެވެ؟ ތިޔަބޭފުޅުން ހެޔޮ ހިތުންން މިގައުމު އާރާސްތު ކުރުމަށް އަޅުއްވާ ކޮންމެ ފިޔަވަޅަކާއި އެކީ އަޅުގަނޑުމެނގެ ތެރެއިން ވަރަށް ގިނަ ބަޔަކު ތިބޭނޭ ކަން ކަށަވަރެވެ.

މިގައުމުގެ ވެރި ކަމަށް ކޮންމެ ބަޔަކު ނުވަތަ ކޮންމެ މީހަކު އަޔަސް ހެދިފައި ، އެއްބަސް ވެވިފައިވާ، އެނަމެންނަށް ގަބޫޅުކުރެވޭ ގަވާއިދު ތަކެއް މި ގައުމުގެ ބައި ބޯ މީހުން (މެޖޯރިޓީ) ރުހި ގަބޫލު ވާ ގޮތަކަށް ހެދުމަށްޓަކައި އަޅާ ކޮންމެ ފިޔަވަޅެއް އަޅާއިރު އެ ބަޔަކާއި އެކީ ޔަގީންކަމާއިގެން ކުރިއަށް ދާން ފަށައިގަންނަން މިހާރު ވެއްޖެއެވެ ދިވެހ ގައުމު އުފެދިގެން އައިސް ގައުމު ގެ މީސްތކުން އިސްލާމްދީން ގަބޫލު ކުރި ހިސާބުން މިހިސާބަށް އާދެވުނު އިރު އަދި، އަދާއި ހަމައަށް ، ދީނީ އިލްމު ވެރީންގެ އިޚްލާސްތެރި އެހީ އަށް މި ގައުމު ވަކީން ބޮޑަށް ޖެހުނު ޒަމާނެއް އައި ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވެއެވެ.

އަޅުގަނޑުމެންގެ ގައުމުގައި ރަސްމީ ދިދަ ހުރެ، ގާނޫނު އަސާސީ އޮވެ ، ބޭރުގެ ގައުމު ތަކުން ގައުމު ބަލައިގަތަސް މި ގައުމު އަދި ގައުމަކަށް ނުވެއެވެ. ގައުމެއް އުފެއްދުމެގެ ބޭނުން ހަމަ ޔަގީނުންވެސް މި ގައުމުން ފުރިހަމަ ނުވެއެވެ. އަދި ކީއްތޯއެވެ. އެ ދިމާލަށް މިސްރާބުވެސް އަދި ނުޖަހައެވެ. މިކަން ތިޔަ އިލްމު ވެރީންނަށް އެނގިވަޑިނުގެން ނޯންނާނޭކަން ޔަގީ ނެވެ ދިވެހ ދީނީ އިލްމު ވެރީންނަށް އަޅުގަނޑުގެ ނަސޭހަތަކީ މި ގައުމަށް މިހާރު ކުރިމަތިވެފައި މިވާ މުސީބާތުން މިގައުމު ސަލާމަތް ކޮށް އުފެދިފައިވާ މިވާ ފިތުނައިގެ އަލިފާނުގެ ހޫނު ކަން އިތުރުވެ މީސްތަކުންނަށް ބޮޑެތި ގެއްލުން ވާންފެށުމުގެ ކުރީން މިގައުމު ސަލާމަތް ކުރުމށް މަސައްކަތް ފެށުމަށެވެ. ދީނީ އިލްމު ވެރީން ކޮންމެހެން ވެރިކަން ހޯދަން އުޅޭން ގޮވާލަނީ ނޫންކަން މި ނޭވާގައި ދަންނަވެމެވެ.

އަޅުގަޑަށް ގަބޫލު ކުރެވޭ ގޮތުގައި، މި ގައުމުގައި ތިބި އެކި އެކި ގަބޫލު ކުރުންމަތީ ތިއްބެވި ބޭފުޅުންނަށާއި ގައުމުގައި ތިއްބެވިބި އެކި ފަންތީގޭ އެކި ފެންވަރުގެ އެކި ބޭބޭފުޅުންނަށް ސުލް ހަވެރިކަމާއި އެކު އުޅެވޭނޭ މަގެއް ހޯދާނޭގޮތެއް މާތް ﷲ ސުބްހާނަހޫ ވަތާލާ ވާނީ އަންގަވާފައެވެ. އަދި ހަމަ އެހެންމެ އަޅުގަނޑު މެންގެ ގައުމުގެ ބައި ބޯ ކޮޅުގެ ގަބޫލު ކުރުމަކީ ވެސް ” އަދި “ މިއީ ކަމަށް އަޅުގަނޑު ގަބޫލު ކުރަމެވެ. ވީމާ ތިޔަ ބޭފުޅުންގެ ޒިންމާގެ އިމުގެ ތެރޭގައި ސުލްހަވެރިކަން ހޯދުމަށް އަމަލު ކުރުން ލާޒިމު ކުރައްވާ ވާޖިބު ކުރެއްވި ފަރާތުގެ އެންގެވުމަށް އިޖާބަ ދެއްވައި މަސައްކަތް ފެއްޓެވުމަށް ނަސޭހަތްތެރިވަމވެ . އެންމެން އެކައްޗެއް ކިއުމަށް ޓަކައި ކިޔާނޭ އެއްޗެއް އާންމުންނަށް ފޯރު ކޮށްދިނުމަކީ މިވަގުތު ތިޔަ ބޭފުޅުންގެ އެންމެ ފުރަތަމަ ފިޔަވަޅުކަމަށް އަޅުގަނޑު ގަބޫލު ކުރަމެވެ. މިކަމާއިގެން އުޅެގަންނަން އަޅާންވީ ފުރަތަމަ ފިޔަވަޅަކީ ކޮބައިކަން ތިޔަ އިއްޒަތްތެރި އިލްމުވެރީންނަށް ވެސް އެނގި ވަޑައިގަންނާނޭ ކަމަށް . އަޅުގަނޑު ގަބޫލު ކުރަމެވެ. އަދި މަޝްވަރާ އަކީ ކުރުމަށް އަބަދު ދޮރު ހުޅުވިފައިވާ އެއްޗެކެވެ.

ﷲސުބްހާނަހޫ ވަތައާލާގެ ހަޒްރަތުން ތިޔަ ފަރާތްތަކަށާއި އަޅުގަނޑުމެން އެންމެންނަށް ވާގިދެއްވުން އެދި ދުއާކުރަމުން ތަފާތު ގަބޫލުކުރުން މަތީ މި ގައުމުގައި ތިއްބެވި އެންމެހާ ބޭފުޅުންނަށް ކެތްތެރިކަން ދެއްވުމަށް އެދި ދުއާ ކުރަމުން ޝުކުރާއި އެކީ ނިންމާލަމެވެ

މުއްތަލިބުއާއި ރަލުގެ ބިލް

މި   ބިލަށް ތާއީދު ކުރުމާއި ނުކުރުމަކީ އެމީހެއްގެ މުސްލިމު ކަމުގެ ތިލަފަތުގެ ކޮޅަކަށް ބަރުވީތޯ ނުވަތަ ނޫންތޯ ކަނޑަ އެޅޭނޭ ކަމެއް ނޫނެވެ. އެހެނަސް ބުއްދީގެ ހުރި

.ކޮށިކަމުގެ ތިލަފަތުގެ ކޮޅަށް ބަރުވާތަން ރީއްޗަށް ފެންނާން އެބައޮތެވެ

ރަލާއި އޫރުމަހަކީ ހަރާމް ކުރެއްވި ތަކެއްޗެވެ. އެއް ޖިންސުން ގުޅުން ހިންގުމާއި ކައިވެނި ނުކުށް  ރޭކުރުމަކީވެސް ހަމަ ހަރާމް ކަންތައް ނޫންތޯއެވެ.

އެއް ޖިންސުން ގުޅުން ހިންގާ މީހުން ޓުއަރިސްޓުންގެ ގޮތުގައި އައުމުން ވިސާ ދީ އެމީހުންގެ ދަބަސް ކޮނޑު އަޅައިގެން ކޮޓަރިއަށް ލާ ދިނުމާއި އެމީހިނުން އެއްދާން ކޮށް ނިމުމުން އެނދު ތަންމަތި އަޅާދީ ހަދަން ދިވެހީން އެބަތިއްބެވެ. އެފަދަ މީހުން ނިދާ ކޮޓަރީގައި ފަން ލާން  ފަންކަނޑާ މީހުން އިން ފެށިގެން ފަން ލާ މިހުންނާއި ދޭރެރޭ ތިބީ ދިވެހީންނެވެ. ޖެހިގެން އޮތް ލަނކާއަށް ގޮސް ރާ ބޮއެހަދާ ޑޮކްޓަރުންނަށް ހާހުން ޑޮލަރު ދިނުމަކީރާ ގަންނަން ފައިސާ ދިނުންތޯއެވެ . މަދަރުސާ ތަކުގައި ރާއްޖޭގައި ތިބި ބިދޭސީ ރާބޯ ޓިޗަރުންނަށް ރާ ގަންނަން މުސާރަ ދީ ހަދަނީވެސް ދިވެހީންނެވެ. މިހެން މިކަން އޮތުމުން އަޅުގަނޑުމެން ބަޔަކަށް ރާ ގަންނަން އެހީތެރިވެ ދެނީއޭ  ބުނާ މީހަކީ ކޮންފަދަ ބުއްދިއެގެ ވެރިއެއްތޯއެވެ.

މާލޭ އެއާޕޯޓުގައި ޖައްސާ މަތިންދާ ބޯޓުތަކުގައި ތިބޭ ޓްރާންސިޓު މީހުއަން ބޯރަލަކީ  ފެނަށް ވާނެތޯއެވެ. ރާއްޖޭގައި ކްރޫޒްކޮއްލާ  އޮޑިފަހަރުގައި ބޯރަލަކީ ރާއްޖެ އެތެރެ ނުވެ ހުރި އެއްޗެކޭ ބުނެވޭނެތޯއެވެ .

މުސްލިމު ގައުމަކަށް ރާ އެތެރެ ކުރުން މަނާ ވާ  ކަން ގުރުއާނުގެ އަލީގައި ސާފުބަހުން ސާބިތުވާން އެބައޮތްތޯއެވެ.އިސްލާމުން ރާ ބުއިމުގެ ރިސްކު ބޮޑުކަމުން ބޭރުގައުމުތަކަށް ދާން ގާނޫނީ ހުއްދަ އޮތުމަކީ މަނާ ކަމަކަށް ހައްދަވައި ކުދީން ކިޔަވަން ވެސް ،ދިއުން ހުއްޓުވުމަށް ބިލު ނުހަށަހަޅުއްވާ އަދި ތި ހުންނެވީ މީހަކުގެ އިޝާރާތެއް ވަންދެންތޯއެވެ . ބިލެއް ހުށަހަޅުއްވަންޏާ ޓުއަރިޒަމުން ލިބޭ ފައިދާ ސަރުކާރަށާއި މުއައްޒަފުންނަށް އިތުރު ކުރެވޭނޭ  ބިލެއް ހުށަހަޅުއްވާށެވެ .ރިސޯޓުތަކުން ރާ ބޭރު ނުވާނޭ ބިލެއް ހުށަހަޅުއްވާށެވެ

ހައްދު ފަހަނަޅާފައިވާ އަޅުގަނޑުމެންނަށް

ގައުމުގެ ހިންގަވާ ން ރަސްމީކޮށާއިނުރަސްމީކޮށް  ތިބއްބެވި ބޭފުޅުން  އެއްބަޔަކުގެ މައްޗަށް އަނެއް ބަޔަކު ގަދަ ވެގަތުމަށްޓަކައި  ކުރާކަށް، ވަކި މިވެނި ކަމެއް މިހާރަކު ނެތެވެ. ބުނާކަށް ނުބުނާކަށް  ވަކި މިވެނި އެއްޗެއް ނުބައްލަވައެވެ. މިހެން މިވަނީ ސިޔާސީގޮތުން ހައްދު ފަހަނަޅާ  ދިއުމުންނެވެ. ގައުމު  ހިންގަވަން ތިއްބެވި ބޭފުޅުން ހައްދު ފަހަނަޅާ ދިއުމުން ގައުމުގައި ދިރިއުޅޭ މިޙޫން ހައްދު ފަހަނަޅާ ނުގޮސް ނުތިބޭނެއެވެ

ގޭގެ އިމުން ބޭރުވެ މަގުމައްޗަށް އަޅާ ފުރަތަމ ފިޔަވަޅާއި އެކު ހައްދު ފަހަނެޅުމުގެ ކުލަވަރު ކޮންމެ ދިމާލަކުން ފެނި އިހްސާސްނުވެ ނުދެއެވެ.  މަގު ހުރަސް ކުރާން ދިމާކުރުމުން ހައްދު ފަހަނަޅާފައިވާ  ދުއްވާ މީހުންނާއި ދިމާވާނެއެވެ.  ދުއްވާ މީހުންނަށް ހައްދު ފަހަނަޅާފައިވާ ހިނގާ މީހުންގެ އުނދަގުލާއި ކުރިމަތިލާން ޖެހެއެވެ. ޚިދުމަތެއް ލިބިގަތުމަށްޓަކައި ތަނަކަށް ދިއުމުން  ހައުދު ފަހަނަޅާފައިވާ ވިޔަފާރިވެރީންނާއި ކުރިމަތިވާނެއެވެ.   ވިޔަފާރި ވެރީންނަށް ހައްދުފަހނެޅި ކަސްޓމަރުންނާއި ކުރިމަތިލާންޖެހެއެވެ. ހެދިފައިވާ ގަވާއިދެއްގެ ދަށުން ލިބެންވާ ހައްގެ ހޯދުމަށްޓަކައި އުޅެގަންނަ މީހާއަށް ހައދު ފަހަނެޅުމާއި ކުރިމަތިނުވެ ކަމެއް ނިމުމަކީ ނާދިރު ކަމެކޭ ދެންނެވިއަސް ދޮގު ނުވާނެއެވެ. އެކަކު އަނެކަކުގެ މައްޗަށް ކުރިހޯދުމަށް މަސަތްކަތް ކުރާން އުޅެގަންނަ އިރު  ހައްދު ފަހަނަޅައިގޮސް ކަމާއި ނުބެހި ތިބި ،  އަނބި ދަރީންވެސް  އެކަމުގެ ތެރެއަށް ލައިގެންވިޔަސް ކުރިޙޯދަން މަސަތްކަތް ކުރާނެއެވެ.  ދީނީ ނަސޭހަތެއް ދިނަސް ހައްދު ފަހަނެޅުމުގެ ކުލަވަރު  ނުޖެހި ދެއްކޭ ވާހަކަ މަދެވެ. މުޅި ގައުމު މިވަނީ  ހަތަރު ފަރާތުން ހައްދު ފަހަނަޅާފައެވެ.

މިހާ މަތީ ދަރަޖައަކަށް މި ގައުމު ހައދު ފަހަނަޅާ ގޮސްގެން މިއުޅޭ ސަބަބަކީ  ކޮބައިތޯއެވެ. ދިވޭހީންގެ ނުލަފާކަމުންތޯއެވެ.  ދެކޮޅުޖެހޭ ސާފު ގާނޫނު ތަކެއް ނެތުމުގެ ސަބަބުންތޯއެވެ. ސިޔާސީ ޕާޓީތަކާއި ރައްޔިތުންގެ މަޖިލީހުގެ މެމްބރުންގެ އަދަދު މަދުކަމުންތޯއެވެ. މިނިސްޓްރީތައް މަދުވެގެންތޯއެވެ. މުޅި ގައުމު އެއްފަސް ނުވުމުންތޯއެވެ . އާންމު އެންމެހާ ފަރުދުންގެ އިޚްލާސްތެރިކަން ނެތުމުންތޯއެވެ. ލިބޭ ފައިސާއިން ދެކޮޅު ނުޖެހޭތީތޯއެވެ. ނުވަތަ ދިވެހީންގެ ނުބައި ނުލަފާ ކަމުންތޯއެވެ

ޖަވާބަކަށް ކޮންމެ އެއްޗެއް އަޔަސް ހަގީގަތަކީ މި ފަހަނަޅާފއިވާ ހައްދުގެތެރެއަށް ދިވެހީން އަލުން އަނބުރާ ވަންނަންޖެހިއްޖެ ކަމެވެ. މިހެން ހައްދު ފަހަނަޅާދިއުމުގެ   އަސްލަކީ ކޮބައިކަމާމެދު ހިތާހިތުން ސުވާލު ކޮށްލައްވާށެވެ. އެކަތިގަނޑަކަށް ވަމުން މިދާ ދުނިޔޭގައި އަޅުގަނޑުމެން ދިވެހީން އެކަކު އަނެކަކަށް ގުދޯ ގުދޯ ގޮވަގޮވާ   ތިބެގެން އަޅުގަނޑުމެންގެ މި ގައުމުގެ އިމުގެ ތެރެއިން ލިބެންހުރި މަންފާގެ ބޭނުން އަޅުގަނޑުމެންނަށް ވުރެބޮޑަށް ކުރާނީ   މިގައުމުން ބޭރު މީހުންނަށްކަން އެންމެންވެސް ގަބޫލު ކުރަން ޖެހިއްޖެއެވެ .

ވީމާ އަޅުގަނޑުމެން މިހާރު އަޅަންޖެހޭ ފުރަތަމ ފިޔަވަޅަކީ   އަޅުގަނޑުމެން ދިވެހީންނަކީ ސިޔާސީގޮތުން ޚިޔާލު ތަފާތުވިޔަސް ކިޔަން އެކައްޗެއް އޮތް ބައެއްކަން އެކަކު އަނެކަކަށާއި ބޭރުގެ ފަރާތްތަކަށްވެސް ދެއްކުމެވެ. އެ ކިޔާ އެއްޗަކީ އަޅުގަނޑުމެންގެ ހިތްވަރު ގަދަކޮށްދީ  އޭގައި ފިސާރި ވަރުހުރި ހަރުދަނާ އެއްޗަކަށް ވާން ޖެހޭނެއެވެ . އެއީ އަޅުގަނޑުމެންގެ މައިގަނޑު އުސޫލުކަން އަމަލީ ގޮތުން   އެންމެން އެކަކު އަނެކަކަށް ދައްކައި  ބިރު ކެނޑެމާތޯއެވެ. އަޅުގަނޑުމެންނަށް ބިރުދައްކާ ބަޔަކު ތިބިއްޔާ އެބަޔަކު ހުއްޓުވާ ހަށިފޮޅާލާ ހިންދަމާލަމާތޯއެވެ.