ގައުމީ ވަގުތު

. ދިރިއުޅުމުގެ ބޭނުމަކީ ހަމަޖެހޭ އުފާވެރި ވަގުތުތަކެއް ދުނިޔެމަތީގައި

ހެޔޮގޮތުގައި ހޭދަކުރުން ކަމަށްވީއިރު ގައުމެއް ނުވަތަ މުޖްތަމައެއް

ހިންގާބަޔަކު  މުޖްތަމައުގެ އަފްރާދުންނަށް ތައުލީމު ލިބޭނޭގޮތާއި

ރައްކާތެރިކަމާއި މަގުހިނގާމީހުންނަށް ފަސޭހައިން އެއްތަނުން

އަނެއްތަނަށް ދެވޭނޭގޮތް ހަމަޖައްސައި އާއިލާތަކަށް ހުސްވަގުތު ލިބޭނޭ

ގޮތްބުއްދި ތަންދިން އެންމެފުޅާމިނެއްގައި ފޯރުކޮށްދެންޖެހޭނެއެވެ

އެހެން ނަމަވެސް މިފަދަ ކަންކަމަކީ ގައުމު ހިންގަން ތިއްބެވި

ބޭފުޅުން ވިސްނަވާ ކަންކަން ނޫންކަން ޔަގީން ކަމާއި އެކީ

ފެންނާންހުރި ކަންކަމެވެ

.

އަޅުގަނޑުމެން ކުރާކޮންމެ ކަމެއްވެސް މިހުންނަނީ ކޮންމެވެސް

މިންވަރަކަށް ފައިސާއާއި ވިޔަފާރިވެރީންނާއި ގުޅިފައިކަމަށް

ވީއިރު ވިޔަފާރީގެ ވާހަކަ މިކަމުއިވެސް ދައަކަން އެބަޖެހެއެވެ

އާންމު ފިހާރަތައް ހެނދުނު ނުވަޔަކުން ހުޅުވުމަށްފަހު ބަންދު

މިކުރަނީ ރޭގަނޑު އެގާރައިންނެވެ

ހުކުރު ހޮނިހިރަކީ ބަލާއެއްޗެއްނޫނެވެ ގައުމީ

ބަންދަކަސް ދީނީބަންދަކަސް ވިޔަފާރިކުރާ ތަން

ތަނުގައި މަސައްކަތްކުރާ ބަޔަކަށް

ބަނދުވާނީ ވެރިމީހާގެ ހެޔޮފުޅުކަމުންނެވެ

ދެމަފިރީން ގެ ތެރެއިން އެކަކު ވެސް ޕްރައިވެޓް

ވަޒީފާއެއް އަދާ ކުރަންޏާ އެމީހަކަށް އާއިލާގެ

ދެންތިބި ބަޔަކާއި ބާއްވަން ޖެހޭ ގުޅުން

ހެޔޮގޮތުގައި ބޭއްވޭކަށް ނޯވެއެވެ. ދަރީންނަށް ދޭންވާ

ސަމާލުކަން ނުދެވުމުގެ ސަބަބުން ދަރީން

ނުލަފާވެ އިޖްތިމާއީ މައްސަލަތަކަށް ވަނީއެވެ

.

.މިހެން މިކަން އޮތުމުގެ ސަބަބަކީ ގަވާއިދު ހެއްދެވި

ބޭފުޅުންނާއި މިހާރު ހަޢްދަވަން ތިއްބެވި

ބޭފުޅުންގެ ވިސްނުންފުޅުގެ ކޮށިކަމުން ނުވަތަ ގައުމެއް ހަދައި ގަވާއިދުތަކެއް

ހެދުމުގެ ބޭނުން ނުވިސްނޭތީ ނުވަތަ ބަޔަކު މީހުންދެކެ ބިރުން ނުވަތަ ދަހިވެތިކަމުންނެވެ. ވިޔަފާރިވެރީން

.ފައިސާއަށް ދެއްވާންޖެހޭ ސަމާލު

ކަން އާދަޔާއި ޚިލާފަށް ބޮޑުވެ އާންމު އެހެނިހެން ގާނޫނުތަކާއި ގަވާއިދު ތަކުގެ ދޯދިޔާކަމުން

އާންމު މަސައްކަތްކުރާ މީހުން ސަރުކާރާއި ވިޔަފާރިވެރިންގެ ދަށުވެ ބިރުގެންފައި ތިބެންޖެހިފައިވާތީއެވެ

.

ކޮންމެ މައްސަލައަކަށްވެސް ހައްލެއްނުވަތަ ހައްލުތަކެއް ވާނެއެވެ .އެކި މީސްމީހުން ނަށް ވިސްނޭނީ

އެކިގޮތަށެވެ. މިގޮތުން އަޅުގަނޑު މިދަންނަވަނީ އިސްވެ ދިޔަ ކަންތައަތަކުގެ ތެރެއިން ތައުލީމު

ފުޅާކޮށް އާއިލާތަކަށް ހުސްވަގުތު ހޯދައިދެވިދާނޭ ގޮތެއްގެ ވާހަކައެވެ

.

ރޭގަނޑުގެ ވަގުތުތަކަކީ އަރާމުކުރުމުގެ ވަގުތު ތަކެވެ އަމިއްލަ ކަންކަމުގައި ހޭދަ ކުރާން އޮންނަ ވަގުތެވެ

ގުދުރަތީގޮތުން މިކަން އޮތީ މިހެންނެވެ . ކުރާ ކަންކަމުގެ ނަތީޖާ ރަނގަޅުވަނީ

އެކަމެއް ކުރާން ހަމަޖެހިފައިވާޖެހިފައިވާ  ވަގުތަކުކުގާ ކޮއްގެންނެވެ.މިސާލަކަށް ނިދުމުގެ އަރާމު ފުރިހަމަވަނީ  ،

ރޭގަނޑުގެ ވަގުތުތަކުގައެވެ

.

ވިޔަފާރިތައް ހަވީރު ހަޔަކުން ބަންދު ކުރާން ގަވާއިދު ހަދަންވީއެވެ. މިހެން

މިކަން ކުރުމުންމުޅި ގައުމަށް  ހައެއްކަގަޑިއިރު ހުސްކޮށް ލިބިގެންދާނެއެވެ. ދެން އަޅުގަނޑުމެންނަށް

އެކި ފެންވަރުގެ ތައުލީމު ހާސިލް ކުރާން ބޭނުންފުޅު ފަރާތްތަކަށް އެފަދަ ދޮރުތައް ހުޅުވާލެވިދާނެއެވެ

މަދު އަހަރު ތަކެއްގެތެރޭގައި އެތައް ބަޔަކަށް ޑިގްރީ ތަކާއި ޑިޕޮލޮމާތައް ލިބޭން ފަށާނެއެވެ

އެކި އެކި ކުޅިވަރުތައް ރޭގަނޑު ބޭއްވިދާނެއެވެ. އާއިލާތަކުގެ ގުޅުން ވަރުގަދަވެ ދުޅަހެޔޮ މުޖްތަމައެއް

ބިނާވާން ފަށާނެއެވެ

.

ސުވާލަކީ ވިޔަފާރިވެރީނަނަށް ގެއްލުން ވާނެތޯއެވެ. ޖަވާބަކީ” ނޫނެކޭ ނުވާނޭ” މިއެވެ.

Advertisements

ޚިޔާލު ފާޅުކުރައްވާ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s