އިޚްލާސްތެރި ވެރިޔާއާއި ހަރުދަނާ ގާނޫނު

ތާރީޚްގެ އެންމެ މުސްކުޅިފޮތުންފެށިގެން މައުލޫމާތު ހޯދަމުން މިއަދާއިހިސާބަށް

އައިސް ވަކިއަތަކަށް ބުރަނުވެހުރެ، ފަސްއެނބުރި ބެލިމީހަކަށް އަނދިރި ކަމާއި

މާޔޫސްކަން ފިޔަވާ އިތުރު ކަމެއް ނުފެންނާނެއެވެ. މިއަދުން ފެށިގެން

ކުރިމަގަށް ބެއްޔަސް އިތުރު އެއްޗެއް ފެނުނު މީހަކީ ބޮޑު ވަޒީފާއެއްއޮތް ނުވަތަ

ބޮޑު ވިޔަފާފާރިވެރިއެއްއޮތް ނުވަތަ ބޮޑު ބޭފުޅަކާއި ދޭތެރޭ އަނދިރިކުރުވާފަދަ

ޖަޒްބާތެއް އޮތްމީހަކަށް ނޫނީ ނުވާނެއެވެ

.

އަޅުގަނޑުމެން(ރައްޔިތުން)ބޭނުމީ  އެވެނި މިވެނި ކަންކަމަކީ  އަޅުގަނޑު

މެންގެ ހައްގުކަން އެނގިތިބެ އެހައްގުތައް،ވެރިއަކަށް ހުންނެވި ބޭފުޅަކުބޭނުން

ފުޅު ވިޔަސް ނުވިޔަސްލިބޭނޭ ނިޒާމެއް ނޫންތޯއެވެ؟

ވެރިމީހާގެ ރުހުންނެތިމިފަދަ ހައްގުތައް އަޅުގަނޑުމެންނަށް  ލިބިފައިހުރީ

ތާރީޚްގެ ކޮންހިސާބެއްގައިތޯއެވެ؟

.

އެއްވެސް ޒަމާނެއްގައި އެއްވެސް ދައުރެއްގައި ދިވެހި އާންމު ރައްތޔިތުންނަށް

އެބައިމީހުންގެ ހައްގުތައް ގާނޫނުތަކުގެ ބާރުން އެކަނި ލިބިފައެއް ނެތެވެ

ހިތައް އެރި ބަޔަކަށް ހިތައް އެރި މިންވަރަކަށް ބިމާއި ރުއްގަހާއި

ރަށްރަށާއި ދިން ޒަމާން ފާއިތުވެ ގޮސް  މީސްމީހުން ދިރި އުޅޭ ރައްރަށަށް

ސަރުކާރުން މީހުން ފޮނުވައިގެން މީހުން މެރި ޒަމާން ވެސް ދިޔައީއެވެ

މިހެން ޒަމާންތައް ފާއިތުވަމުން ގޮސް މިހާރު އަޅުގަނޑުމެން މިތިބީ

ހުރިހާ ހައްގުތަކެއް ލިބޭނޭކަމަށް ބުނެވޭ ޑިމޮކްރަސީގެ ޒަމާނުގައެވެ

ގާނޫނު އަސާސީ އާކޮށް ދައުލަތުގެ ތިންބާރު ވަކިކޮށް ގެން

އެތަކެއް ބައިވަރު ހައްގުތަކެއްލިބޭނޭވާހަކަ ލިޔަމުންގޮސް ދިރިތިބުމުގެ

ހައްގުވެސް ގާނޫނު އަސާސީއިން ލިބޭނޭވާހަކަ މިތިބީ ލިޔެ ޗާޕް

ކޮށްގެންނެވެ .އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ހައްގު

ތައް އަދިއެއް ހަމަ ކަށަވަރުންވެސް ނުލިބެއެވެ

.

ވެރިކަން ކުރަން ބޭނުންވާބޭފުޅުން އެތިއްބެވީ ވެރިކަމަށް އައުމުގެ

މަރުހަލާ ގައި ލިބެންވާ ހައްގުތަކާއި ވެރިކަން ލިބުމަށްފަހު އެބޭފުޅު

ންނަށް ލިބެންވާ ހައްގުތަކާއި ވެރިކަން ނިމިމުން ލިބެންވާ ހައްގު

ތަކުގެވާހަކަވެސް ސާފު އިބާރާތުން އޮޅުމެއްނާރާނޭހެން ލިޔެވިފައި

އޮތީތީވެ ހިތްހަމޖެހިވަޑައިގެންފައެވެ. އެ ހައްގުތައް އެބޭފުޅުންނަށް

ލިބިވަޑައިގަނެއެވެ

.

ކުރީގެ ރައީސަށްވެސް މިހާރުގެ ރައީސަށްވެސް އަދި ރައީސް

ކަން ހިތު އަޅުއްވައިގެން ތިއްބެވިހެން ހީވާ ބޭބޭފުޅުންނަށް ވެސް ގާނޫނު

އަސާސީ ވަރަށް ފުރިހަމައެވެ. އެހެނަސް ކިތަންމެ ބޮޑު ދޮގެއް ވެރިޔަކަށް

އަންނަން ބޭނުންވާ މީހުން ހެދިޔަސް އެއްވެސް އަދަބެއް ދެވޭނޭގޮތެއް

ނެތްކަންވެސް އެބޭފުޅުންނަށްވެސް ބަރާބަރަށް އެގިވަޑައިގަނެއެވެ

އަޅުގަނޑުމެންގެ ހައްގުތައް ކަށަވަރު ކަމާއިއެކީ ލިބޭނޭމަގު ގާނޫނު

އަސާސީއިން ފަހިކޮށްދީފައި ނުވާކަންވެސް އެބޭފުޅުންނަށް

އެނގިވަޑައިގަނެއެވެ. އަޅުގަނޑުމެންގެ ކަންތަކާއި ޖެހުމުން ގިނަ ބޭފުޅުން ދައްކަވަން ފަށާ ވާހަކައަކީ

އިޚްލާސްތެރިކަމުގެ ވާހަކައެވެ. އިޚްލާސްތެރި ވެރީން ތިބެގެން

މެނުވީ އަޅުގަނޑުމެންނަށް ލިބެންވާ ހައްގު ނުލިބޭނޭ ވާހަކައެވެ.

.

. ބޭރަށް ނިކުމެ އުޅެން މިޖެހެނީ

ފުރާނަ އަތަށްލައިގެނެވެ. ފޭރޭމީހުން ފޭރެނީ އެވެ. ހުއްޓުވޭނޭ މަގެއް

ދެނަހުރި މކީހަކު ގައުމުގައި ހުރިކަމަކަށް ނުވެއެވެ.އެކަމަކު މިފަދަ

ކަންކަން ހުއްޓުވުމަށްޓަކައި ބޮޑުމުސާރަ ދީފައި ތިބީ މީހުން ބައިވަރެވެ

ސަރުކާރުގެ އިސްވެރީންނަށް ފިޔަވައި މިގައުމުގެ ބަޔަކަށް ސަލާމަތެއް

ނެތެވެ.ސިޔާސީބޭފުޅުން އަބަދު ޒުވާބު ކުރަނީއެވެ.ހަޑިހުތުރު ބަހުން

އާންމުންއެއްކޮށްގެންތިބެ އަބަދު ހަޅޭއްލަވާ އެކަކު އަނެކަކުގެ އަބުރާ

ބެހުން ފިޔަވާ ކުރެވޭ ކަމެއް ނެތެވެ.

.

.މިހާރު ގައުމު ތަހައްމަލު ކުރަމުން މިދާ ފިތުނަވެރިކަމާއި ހަމަނުޖެހުންތަކާއި

ވެރީންގެ ނުލަފާކަމާއި ގާނޫނުގެ އަސްލު ބޭނުން ނުހިފި މިދާ ހަގީގީ

ސަބަބު އަޅުގަނޑުމެން  ދެނެގަންނަން

އެބަޖެހެވެ. އަރާފައިމިވާއޮޅުން ފިލުވާން އެބަޖެހެއެވެ.

މިއޮޅުން ފިލުވުމަކީ އެހާ ފަސޭހަ ކަމަކަށް ނުވާނެއެވެ. ސަބަބަކީ

މިއޮޅުމުގެ ތެރޭގައި ގައުމު ހޭދަކޮށްފައިވާ ދުވަސްތައް ގިނަވެ އޮޅުމުގެ

ތެރޭގައި އުޅެން އާދަވެފައިވުމެވެ.

.

އޮޅުން

ގައުމެއްގައި ދިރިއުޅޭ ބަޔަކަށް އެބައިމީހުންނަށް ލިބެންޖެހޭ

ހައްގުތައް  ލިބުމާއި ނުލިބުން ބިނާވެފައި އޮންނަނީ ވެރިކަމަށް

އިންތިޚާބުކުރާ މީހެއްގެ ހުރި އިޚްލާސްތެރި ކަމުގެ މައްޗަށް ކަމަށް

ހީވެފައިއޮތް އޮތުން

ހަގީގަތް

ގައުމެއްގައި ދިރިއުޅޭ ބަޔަކަށް ހައްގުތައް ލިބުމާއި ނުލިބުން ބިނާވެގެންވަނީ

އެބަޔަކު ހަދާ ގަވާއިދު ނުވަތަ ގާނޫތަކުގެ ހުރި ހަރުދަނާކަމެއްގެ މައްޗަށެވެ

އިސްތިހާރު

ޚިޔާލު ފާޅުކުރައްވާ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s