ރައީސަކު ވާންޖެހޭނީ ބުއްދިވެރިއެވެ

އިޚްލާސތެރިކަން ދެ ބަޔަކަށް ބެހެވިގެންވެއެވެ. އެއީ ހިތުގެ އަޑީގެ އިޚްލާސްތެރިކަމާއި ބޭރުފުށުގެ އިޚްލާސްތެރިކަމެވެ

އާންމުކޮށް ހިތުގެ އިޚްލާސތެރިކަމަކީ ހެއްދެވި ފަރާތަށް، އާއިލާއަށް ، ރައްޓެހީންނަށް އޮނޮނަ ކަމެކެވެ މި އިޚްލާސްތެރި

ކަމަކީ އުޖޫރަދީގެން، މަޖުބޫރުން ލިބޭނޭ އެއްޗެއް ނޫނެވެ. ބޭރުފުށުގެ އިޚްލާސތެރިކަމަކީ އުޖޫރައަށްވެސް މަޖްބޫރު

ވެގެން ވެސް ލިބޭއެއްޗެކެވެ.

.

މިސާލަކަށް ޒަކާތް ދޭން ދިޔަމީހާނ ޒަކާތް ދޭންޖެހުނީތިވެ ހެއްދެވިފަރާތަށް ކުދިކިޔަމުން ގޮސް ޒަކާތް ދީފައި

އައުމަކުން ސަވާބެއް އެ ޒަކާތަކުން ނުލިބޭނެއެވެ. އެހެނަސް ޖޫރިމައިނާވެގެން ފައިސާދައްކަން ދާމީހާ ކިތަންމެ

ވަރަކަށް ކުދިކިޔަމުން ގޮސް ފައިސާދެއްކިއަސް ، އެމީހަކު ވާނީ އިޚްލާސްތެރިކަމާއިއެކީ ޖޫރިމައިނާ ދެއްކި މީހަކަށެވެ

ގަސްއިންދާން ވަޒީފާ ހަވާލުވެހުރި މީހަކު ކިތަންމެ ކުދިކިޔަމުންވެސް އިންދަންވާ އަދަދަށް ހަމަޖެހިފައިވާ ހަމަތަކުން

ގަސްއިންދާކަމަށް ވަންޏާ އެހެރީ އިޚްލާސްތެރިކަން މަތީވަޒީފާ އަދާކުރާމީހެއްގެ ގޮތުގައެވެ.

އަޅުގަނޑުމެން ހަމަޖައްސާ ގަވާއިދުތަކެއްގެ ސަބަބުން ޖޫރިމައިނާ ނުދައްކައި މިގައުމުގައި ބަޔަކަށް މިނިވަން

ކަންމަތީ ނުއުޅެވޭގޮތަށް ހަމަޖެއްސިދާނެއެވެ. މިހެން ވެއްޖެ ކަމަށް ވަންޏާ އެއޮތީ އިޚްލާސްތެރި ގަވާއިދަކާއި ގާނޫނެއް

އެކަމަށް ހެދިފައެވެ. އެއިރުން އެންމެންތިބޭކަމަށްވާނީ ވަރަށް އިޚްލާސތެރިކަމާއިއެކީ ޖޫރިމާނާދައްކައިގެންތިބޭ ބައެއްގެ

ގޮތުގައެވެ.

.

ވީމާ ކުޑަވެގެންބޭރުފުށުގެ އިޚްލާސތެރިކަން ވަޒީފާ އަދާކުރާމީހާގެ ކިބައިން އެމީހަކު ވަޒީފާގައި ހުރިހާ ހިނދަކު ލިބޭނޭ

ގަވާއިދުތަކެއް ހެދިފައި އޮތުމަކީ މުހިއްމުކަމެކެވެ. ކިތަންމެހިތުނިޔަތް ރަނގޅު މީހަކަށްވިޔަސް ކިތަންމެ ތެދުވރިކަމާއިއެކީ

ކުރިމަތިލިޔަސް ހަށީގައި ބާރު ނެތްމީހަކަށް މަޖޫރީކަމެއް ނުކުރެވޭނެ ނޫންތޯއެވެ. ވީމާ ގާބިލުކަމަކީ ވަޒީފާދޭއިރު

އެންމެ ބަލަން ޖެހޭ ކަމެވެ.

.

ވީމާ މިއިން އެނގެނީ ވަޒީފާ ދޭއިރު ދެނެގަންނާންޖެހެނީ ގާބިލުކަމުގެ މިންވަރު ކަމެވެ. ހިތު ނިޔަތް ނޫންކަމެވެ.

.

ގާބިލު ކަމަކީ އެވަޒީފާ އަކާއި ގުޅިފައިވާ އެވަޒީފާގެ ސަތަހަޔާއި އެއްކޮށް ބޮޑުވެ ކުޑަވެ ބަދަލުވާ ކަމެކެވެ. މަޖޫރީއަކު

ވަޒީފާ އަށް ގާބިލުތޯބަލާ މިންގަނޑާއި ކުރަހާމީހާ ވަޒީފާ އަށް ގާބިލުތޯ ބެލުމުގައި ތަފާތުތަކެއް ވާނެއެވެ .

.

ރައީސުލްޖުމްހޫރިއްޔާގެ ވެސް އޮންނަނީ ވަޒީފާއެކެވެ. އެވަޒީފާ އަދާކުރާމީހަކުހޮވުމުގައި އަމުދުން

އިޚްލާސްތެރިކަމަށް ދޫކޮށްގެން ތިބުމަށް ވަކާލާތުކުރާ މީހަކު ވާނީ ކޮހުންގެތެރޭގައިކަން ކަށަވަރެވެ

.

ރައީސެއްގެ މަގާމަށް މީހަކު ހޮވުމުގައި ބަލަން ޖެހެނީ އެމީހެއްގެ ހުރި ޚިޔާލުތަކެއްގެ ހުރި ބުއްދި ގަބޫލުވޭ

އުފެއްދުންތެރިކަމުގެ މިންވަރަށެވެ. އެ އުފެއްދުންތެރިވިސްނުންތަކުގެ  ސަބަބުން ގައުމަށް ކަށަވަރުންވެސް

ފައިދާލިބި ކުރިއަރައި މީސްތަކުންނަށް އުފާވެރިކަން ލިބޭނޭކަން އެމީހެއްގެ ވާހަކައިން ގަބޫލު ކުރެވެންޏް

ކޮން ހުރަހެއްތޯ އޮންނާންވީ . އަޅުގަނޑުމެންގެ އެއްބަސްވެވިފައިވާ ހައްގުތައް  އެއްވެސް

މިންވަރަކަށް ހިފަހަށްޓައި ނުވަތަ ދިނުމުގައި ރައީސްގެ މަގާމު އަދާކުރާ މިހެއްގެ އިޚްލާސްތެރިކަން އެއްވެސް ރޯލެއް

އަދާކުރާންޖެހޭނީ ގަވާއިދުތައް ދެކޮޅުނުޖެހުމުން އެކަންޏެވެ . އެހެނަސް ހިތާމައަކީ

ރައީސެއްގެ މުހިއްމީ އިޚްލާސްތެރިކަން ކަމަށް ގަބޫލުކުރައްވާ ބޭފުޅުން ގިނަކަމެވެ އެންމެ އިސް މަގާމު

ތަކުންފެށިގެން ތިރިއަށްވެސް ވިސްނުން ހުރީ މިގޮތަށެވެ

.

ދެ ތިން އާއިލާއެއްގެ ދެކޮޅުވެރިކަމުގެ އަވާގައި ޖެހިގެން ނުތިބެ އަޅުގަނޑުމެންގެ އަނބިދަރީންނަށާއި

ނަފްސަށް ވަފާތެރިވެ  ބުއްދިވެރި ކަމާއި އެކީ ހެޔޮ ގަވާއިދުތަކެއް ހެދުމާއިދޭތެރޭ ވިސްނަމާތޯއެވެ

އިސްތިހާރު

One thought on “ރައީސަކު ވާންޖެހޭނީ ބުއްދިވެރިއެވެ

  1. galolhu says:

    ފެންނަ މަންޒަރުތަކަށް ބަލާއިރު ރައީސު މާބުއްދިވެރިވާކަށެއް ނުޖެހެއެވެ. ވިސްނާނުލައި ގޮވުނުހާ ކޮހެއްގޮވާފައި ފަހުން ތަރުޖަމާނު ލައްވާ އޮޅުވާލީމާ އެނިމުނީއެވެ

ޚިޔާލު ފާޅުކުރައްވާ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s