ދެހާސް ތޭރައިގަ ހޮވާނޭ ރައީސެއްގެ ޚިދުމަތް ؟

ދިވެހި ގައުމަށް އެކި  ޒަމާންތަކުގައި ތަފާތު ޚިދުމަތްތައް އެކި އެކި ފިލާވަޅުތަކުގެ ގޮތުގައި ވެސް ވަނީ ލިބިފައެވެ. މިގޮތުން ގައުމު

ހިންގަވާން ހަވާލުވި ބޭބޭފުޅުންގެ ޚިދުމަތް ތަކުގެ ތެރެއިން ޚާއްސަކޮށް އެބޭފުޅެއްގެ ފަރާތުން ލިބުނު ފިޅަވަޅުތައް

ފާހަގަ ކޮށް އެބޭފުޅަކަށް ދޭންވާ ހައްގު ތައުރީފު ދިނުމަކީ ގައުމުގެ ކުރިއެރުމަށް ހުޅުވިގެންދާނޭ މަގެއްކަން ކަށަވަރެވެ

އެހެނީ ކުރިއެރުމަކީ ކޮންމެވެސް ގޮތަކަށް ގެނެވޭ އެއްބައިވަނތަކަމެއްގެ ނަތީޖާއެވެ. ޔަގީނެވެ

.

ތާރީޚުގެ އެންމެ އަނދިރި ހިސާބުންފެށިގެން މިހިސާބަށް އާދެވުނު އިރު ތަފާތު ރޮނގުރޮގުން ފާހަގަ ކުރެވޭ

ގިނަގުނަ ޚިދުމަތް ކުރެއްވި ބޭފުޅުން ތިއްބެވިކަމުގައި ވިޔަސް އަޅުގަނޑު  ފާހަގަ ކޮށްލާނީ އެބޭފުޅުން އެޅުއްވި ޚިދުމަތުގެ

އެ ރޮނގު ދުވަހަކުވެސް މެދު ކެނޑިގެން ނުދާނޭކަން އަޅުގަނޑަށް ޔަގީންވާ ބޭފުޅުން ކޮޅެއްގެ ވާހަކައެވެ. އަދި

އަޅުގަނޑަށް ގަބޫލުކުރެވޭގޮތުގައި އެ ޚިދުމަތްތަކުގެ ބިންގާ އެޅުއްވި ބޭފުޅުން ކަމަށް އަޅުގަނޑަށް

ގަބޫލު ކުރެވޭ ބޭފުޅުންގެ ވާހަކައެވެ. ކޮންމެއަކަސް ، ޚިޔާލަކީ ތަފާތު އެއްޗެކެވެ

.

ރައީސް އަލްމަރުހޫމް މުހައްމަދު އަމީން ދީދީ

ދިވެހިރާއްޖޭގައި އިޖްތިމާއީ ރޫހުގެ ބިންގާ އެޅުއްވައި ދެއްވި

.

ރައީސް އަލް މަރުހޫމް އިބްރާހީމް ނާސިރު

ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި ވިޔަފާރީގެ ބިންގާ އަޅުއްވައި ދެއްވި

.

ރައީސް އަލް އުސްތާޒު މައުމޫނު އަބްދުލް ގައްޔޫމު

ދިވެހިރާއްޖޭގެ ތައުލީމުގެ ބިންގާ އަޅުއްވައިދެއްވި

.

ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު

ދިވެހީންގެ ނަފްސު ތަކުން ބިރުވެރިކަން ފިލުވުމުގެ ބިންގާ އަޅުއްވައިދެއްވި

ރައީސް ނަޝީދުގެ ޚިދުމަތް އެމަނިކުފާނު ވެރިކަމާއި ހަވާލުވުމުގެ ކުރީން ދިވެހީންނަށް ވަނީ ލިބިފައެވެ

މިއީ ދެކޮޅުހެދެން ނެތްފަދައިން އިސްވެ ދެންނެވުނު ރައީސުންގެ ޚިދުމަތްތައް  ލިބިގަތުމުގައި ދިމާވާ ހުރަސްތައް

ނައްތާލުމަށް އޮތް  ހަމައެކަނި ހަތިޔާރުވެސް މެއެވެ. އަދިހަމަ އެއާއި އެއްކޮށް ކުރިއަށް އޮތް ތަނުގައި އިސްކުރެވޭ

ރައީސެއްގެ ޚިދުމަތާއި ދެމެދު އަޅާން އޮތް ފާލަން މެއެވެ.

މިފާލަން އަޅައި ހުރިހާ ރައީސުންގެ ޚިދުމަތް ލިބިގަތުމުގެ ބާރު އޮތީ ހަމައެކަނި އަޅުގަނޑުމެނގެ އަތުގައެވެ

އާދޭހެވެ! އެކަކު އަނެކަކަކުގެ ފަރާތުން ހިތްވަރު ލިބި ބިރުކެނޑުމެވެ؟

.

ކުރިއަށް އޮތް ތަނުގައި ހޮވޭ  ކޮންމެވެސް ރައީސެއް

އެ ކަމަނާއެއް ނުވަތަ އެމަނިކުފާނަކު ގައުމަށް ކޮށްދެއްވާން ޖެހޭ ވަރަށްބޮޑު ޚިދުމަތެއް އެބައޮތެވެ. އެ ޚިދުމަތަކާއި ނުވަތަ

އެ ބިންގަލަކާއި ނުލައި ދިވެހި ގައުމު ހަށިފޮޅާލައި ހިތް ހަމަޖެހުމުގެ ނޭވާއެއް ދުވަހަކުވެސް ލާނޭ ކަމަކަށް އަޅުގަނޑަކަށް

ގަބޫލެއްނުކުރެވެއެވެ. އުފާވެރި ކަމެއް ލިބޭނޭ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ.

.

ވީމާ މަދުވެގެން އުޅޭ ޚިދުމަތުގެ ވާހަކަ އަޅުގަނޑުމެންގެ ކައިރީގައި ދެއްކެވި ބޭފުޅަކުނޫނީ ކުރިއަށް އޮތް އިންތިޚާބުގައި

ނު ހޮވަމާތޯއެވެ.    އެވާހަކައަކީ ވިދާޅުވާއިރަށް ޝައްކަކާއި ނުލައި މިއީ އެވާހަކަ ކަން އަޅުގަނޑުމެންނަށް އެނގޭނޭ

ވާހަކައެކެވެ. މިއީ އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތެވެ. މުހައްމަދު އަމީންގެ ރޫހާއި އިބްރާޙިމް ނާސިރުގެ އިގްތިސާދާއި

މައުމޫން އަބްދުލް ގައްޔޫމުގެ ތައްލީމާއި މުހައްމަދު ނަޝީދު ބިރުކުޑަ ކަމުގެ ބޭނުން ބަރާބަރަށް ހިފައިގެން ތިބެ

ގައުމާއި އަނބިދަރީންނާއި ދޭތެރޭ ވިސްނަމާތޯއެވެ؟

އިސްތިހާރު

ޚިޔާލު ފާޅުކުރައްވާ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s