މުހައްމަދު ނަޝީދުގެ ގައުމީ ޝުއޫރުތަކެއްގެ އެތެރެ

މި ލިޔުމުގައި އަޅުގަނޑު އަލި އަޅުވާމިލަނީ ކުރީގެ އިންފޮމޭޝަން މިނިސްޓަރގެ ވެބްސައިޓުގައި “ގައުމީ ދުވަސް ބައްދުލު ކުރި ހިނދު” މި ސުރުޚީގެ ދަށުން ލޔުއްވާފައިވާ ލިޔުމުމުގެ ސަބަބުން އެމަނިކުފާނުގެ ވިސްނުންފުޅު ހުރި ގޮތްކަމަށް އަޅުގަނޑަށް ބެލެވޭ ގޮތާއި ބެހޭގޮތުންނެވެ. ކިޔުންތެރީންނަށް ފަސޭހަ ކުރުމަށްޓަކައި އެލިޔުމުގެ ބައިބައި ވަކީން އަޅުގަނޑު ލިޔެލާނަމެވެ.  އެ ލިޔުން އެއްކޮށް ވިދާޅުވުމަށް  ކްލިކް ކޮށްލައްވާ

މި ލިޔުމުގައި ރަތް ކުލައިން އެވަނީ އެމަނިކުފާނުގެ ލިޔުއްވުމުން ނަގާފައިވާ ބައިތަކެވެ

.

ވަކި މީހަކުދެކެ އިންތިހާއަށްވާ ލޯތްބެއްގެ މައްޗަށް އެކަނި ބަލައިގެން، ނުވަތަ ވަކި މީހަކުދެކެ އިންތިހާއަށް އަންނަ ރުޅިއެއްގެ މައްޗަށް އެކަނި ބަލައިގެން، ނުވަތަ ވަކި މީހަކުދެކެ އިންތިހާއަށް ގަންނަ ބިރެއްގެ މައްޗަށް އެކަނި ބަލައިގެން، ނުވަތަ ވަކި މީހަކުދެކެ އިންތިހާއަށްވާ ފޫއްސެއްގެ މައްޗަށް އެކަނި ބަލައިގެން، އަޅުގަނޑުމެންގެ ސިޔާސީ ވިސްނުން އަޅުގަނޑުމެން ބައްޓަންކުރަނީ ކީއްވެގެންބާވައެވެ.

.

މިސުވާލުން ނުވަތަ ނަޝީދުގެ ބަސްފުޅުންނަމަ ” ޝުއޫރުން” ، ނަޝީދު ގަބޫލުފުޅު ކުރައްވާގޮތުގައި ދިވެހި ދިރިއުޅުމުގެ މައިގަނޑު ބިނާވެފައި އޮތީ އެކަނި ފަރުދެއްގެ ވިސްނުމުގެ ނުފޫޒުގެ މައްޗަށް ކަން އެބަ އެނގެއެވެ. މި ޚުދުމުޚްތާރު ސިފަޔަކީ ހަގީގަތުގައިވެސް ދިވެހީންގެ ގައުމު ހިންގުމުގައި މިހާރުވެސް އޮތް ސިފައެއްކަން އަޅުގަނޑުވެސް ގަބޫލުކުރަމެވެ.  ކުރެވޭ ސުވާލަކީ ކީއްވެހޭ މިހެން މިކަން މިހެން އޮންނާންވީ. ދިގުވާހަކަތަކެއް ދެއްކުމުގެ މާނައެއް މިކަމުގައި މިހާރަކު ނެތެވެ. ސަބަބަކީ މިކަމަކީ އަޅުގަނޑުމެންގެ ގާނޫނުތަކާއި ގަވާއިދު ތަކުގެ ދޯދިޔާކަމުން ވަމުންދާ ކަމެއްކަން  ކެނޑިނޭޅި ފެންނަމުންދާތީއެވެ.  އަޅުގަނޑުމެންގެ ގައުމުގައި ވިއަސް އެމެރިކާ ގައިވިއަސް ބަންގާޅުގައިވިއަސް ކުންފުންޏެއްގައި ވިއަސް ، އެކަނި ފަރުދެއްގެ ނުފޫޒުން ކަންކަން ބައްޓަންވާގޮތައް އޮންނާނީ ޚުދުމުޚްތާރު ތަނަކަށް އެތަނެއް ވެގަންނެވެ.  ތަންތަން ޚުދުމުޚްތާރު ވަނީ ގަވާއިދުތަކުގެ ދެކޮޅު ނުޖެހި ގަވާއިދުތައް ދޯދިޔާ ވުމުންނެވެ

.

ވީމާ ނަޝީދުވެސް ވާހަކަފުޅު މާ ދިގު ނުކުރައްވާ ބިރުން ބަރީއަވެ ހުންނަވައިގެން ، އެވެނި މިވެނި ކަންކަން ގަވާއިދު ބަދަލުކޮށްގެން ހާސިލު ކުރެވިދާނޭކަމަށް ފެނިލައްވާކަމަށްވަންޏާ އެވާހަކަ ނަޝީދު ލޯބިވާ ދިވެހ ރައްޔިތުންގެ ކައިރީގައި ވިދާލުވާންވީ ވަގުތު މިއޮތީ ކުރިމަތިވެފައެވެ.

.

ޤައުމަށް އެންމެރަނގަޅު ވިސްނުމެއް އަޅުގަނޑުމެންނަށް ނުއުފެއްދިގެން މިއުޅެނީ ކީއްވެގެންބާވައެވެ. އެކި ބިއްބިތަށް ކެހިގެންގޮސް ސިޔާސީ ފޭލިގެތަކަށް ޖަމާވެފައިވާ މީސްމީހުން އެކުލަވާނެކަހަލަ، އެއްތަންކުރެވޭނެކަހަލަ، ވިސްނުމެއް ނުއުފެއްދިގެން މިއުޅެނީ ކީއްވެގެންބާވައެވެ. ޤައުމުގައި މިއޮތް ސިޔާސީ ބައިބައިވުމާއި ސިޔާސީ އަރާރުން، އެގޮތުގައި ހަމަ ދަމަހައްޓަންވީތޯއެވެ. ޤައުމު ސުންނާފަތިވެދިޔަނަމަވެސް ހަމައެންމެ ރަނގަޅީހެއްޔެވެ.

.

ގައުމަށް އެންމެ ރަނގަޅު ވިސްނުމެއް ނުއުފެއްދިގެން މިއުޅެނީ ވިސްނުމުގެ ނަމުގައި ވަޒީފާތަކާއި ހަވާލުވެ ތިއްބެވި ބޭފުޅުން ވިސްނަވާފއި ހައްލު ކިޔާދެއްވުމުގެ ބަދަލުގައި އަނބުރާ  ސުވާލު ކުރައްވާތީ އެވެ. ޖަވާބު ދެއްވާށެވެ. ސުވާލު ކުރަނީ އޅުގަނޑުމެން ރައްޔިތުން ނީމުއެވެ. އެއިރުން  ވިސްނުންތައް ދާނީ އުފެދެމުންނެވެ. އެންމެން އެއްތަން ނުކުރެވިގެން އުޅެނީ ގިނަ ސިޔާސީ ބޭފުޅުންގެ އަމިއްލަ އެދުމުގެ ބޮޑުކަމުން ހަގީގީ ސިޔާސީ ވިސްނުންފުޅުތައް ކޮށި ވާތީއެވެ. ނަޝީދުއެވެ. ސިޔާސީ އަރާރުން އެކަނި ހުއްޓުވައިގެން ވާން އެބައޮތްތޯއެވެ. ސިޔާސީ އަރާރުންތަކަކީ އެހެނިހެން އަރާރުންތަކުގެ ނަތީޖާ ނޫންތޯއެވެ. ގައުމުގައި ހިނގާ ހުރިހާ އަރާރުމަކާއި ދެކޮޅުވެރިކަމެއް ނައްތާލެވެން އޮތް އެންމެ ބޮޑު މިންވަރަކަށް ނައްތާލުމަށް ކެނޑިނޭޅި ވިސްންނާންޖެހޭނޫންތޯއެވެ.

.

ޤައުމުގެ އިޤްތިޞާދު މަޑުޖެހެމުންދާތާ ދުވަސްތަކެއްވެއްޖެއެވެ. ވިޔަފާރިތައް ދަށްވެ، ފިހާރަތައް ބަންދުވެ، ވަޒީފާތައް ގެއްލި، ކުންފުނިތައް ދަރަނިވަމުންދާތާ ދުވަސްތަކެއްވެއްޖެއެވެ. ޚަރަދުކުރަން ލިބޭ ފައިސާ މަދުވެ، ގަންނަން ބޭނުންވާ އެއްޗެހި ނުގަނެވި، އަތްމަތިދަތިވާން ފަށާފައިވާތާ ދުވަސްތަކެއްވެއްޖެއެވެ. އިޤްތިޞާދުގެ ދުވެލި ކަންނެތްވެ، އިޤްތިޞާދީ ދަތިކަމުގެ ބުރަ ޤައުމަށް ކޮށް، މުޅި ޤައުމުވެސް މަޑުޖެހެން ފަށައިފިތާ ދުވަސްތަކެއްވެއްޖެއެވެ. އަޅުގަނޑުމެންގެ ދިވެހި އިޤްތިޞާދު އަލުން ހަލުވިކޮށް، އިޤްތިޞާދީ އިންޖީނުތައް އަލުން ހިނގައިގަންނާނެ މޮޅު ތަދުބީރެއް، އަޅުގަނޑުމެންނަށް ނުރޭވިގެން މިއުޅެނީ ކީއްވެގެންބާވައެވެ.

.

އިގްތިސޯދީ މޮޅު ތަދުބީރެއް  ނުކުރެވިގެން މިއުޅެނީ ކުރިން ކުޅަ ތަދުބީރުން އެންމެހާ ރައްޔިތުންނަށް ކުރާންޖެހޭ ހަމަ ފާއިދާ ކުރާނޭ ގަވާއިދުތަކެއް ނެތުމުގެ ސަބަބުން އާންމުން މާޔޫސް ވެފައި ތިބި ތިބުމުގެ ސަބަބުންނެވެ. މިހާރު އޮތްގޮތަށް  ގަވާއިދުތައް އޮވެ، ހިތުގެ އަޑީން ކުރާމޮޅު ތަދުބީރަކުން ހަމަ ފާއިދާ ނުލިބޭނޭ ކަމުގެ ޔަގީންކަން އޮވެ އެފަދަ ތަދުބީރަކާއި ދިމާލަށް  ފިކުރު ގެންދާން އިންސާނާގެ ސިކުނޑީގެ އެންމެ އެތެރެ ތާއިދުކުރާނޭތޯއެވެ

.

އަޅުގަނޑުމެންގެ ޤައުމުގައި، ތަފާތު ވިސްނުންތަކަށް ފުރުޞަތުދެވިގެން، ޚިޔާލާއި ވިސްނުމުގެ ތަފާތުހުރުމަކީ ޠަބީޢީކަމެއްކަމުގައި ބަލައިގެން، އެކަކުއަނެކަކާ ތަފާތުވުމަކީ މައްސަލައެއް ނޫންކަމުގައި ދެކިގެން، ޤަދަރުވެރިކަމާއި ޝަރަފުވެރިކަމުގައި، އެކުލަވާ ބައެއްގެގޮތުގައި، އެކުއުޅެވޭ ބައެއްގެގޮތުގައި އަޅުގަނޑުމެންނަށް ނޫޅެވިގެން މިއުޅެނީ ކީއްވެގެންބާވައެވެ.

.

އާދޭހެވެ. ދީނީ ވިސްނުމާއި ފިކުރުގެ އެކިކޮޅުކޮޅުގައި ތިބެގެންވެސް ގައުމެއްގެ ގޮތުގައި ޝަރަފާއި އިއްޒަތުގައި ތިބެވޭންޖެހޭނެއެވެ . ނަޝީދުމެންފަދަ ބޭފުޅުން އިސްކޮށް ތިއްބަވައި ހެއްދެވި ގާނޫނު އަސާސީގެ ފުރަތަމަ ބާބު ބައްލަވާލައްވާށެވެ. ރަސްމީކޮށް އެއްޗެކޭ ވިދާޅުނުވީ ކީއްވެގެންތޯއެވެ. ކާކު ދެކެ ބިރުފުޅުންތޯއެވެ

.

އަޅުގަނޑުމެންގެ ވިޔަފާރިއާއި އަޅުގަނޑުމެންގެ ޞިއްޙަތާއި އަޅުގަނޑުމެންގެ އިޤްތިޞާދާއި އަޅުގަނޑުމެންގެ ފައިސާއާއި އަޅުގަނޑުމެންގެ ހަރުމުދާ ވަކި ޤައުމެއްގެ ނުފޫޒާއި ބާރުގެ ދަށަށްދާން ދޫކޮށްލައިގެން، އެއީ އެންމެ ރަނގަޅު ކަމެއްކަމަށް ބަލައިގެން އަޅުގަނޑުމެން މިތިބެނީ ކީއްވެގެންބާވައެވެ. މިކަން މިގޮތަށް ދެމިއޮވެއްޖެނަމަ، މީގެ ވިހި ތިރީސް އަހަރުފަހުން، އަޅުގަނޑުމެންގެ ޤައުމު އޮންނާނެގޮތް އަޅުގަނޑުމެންނަށް ނުވިސްނިގެން މިއުޅެނީ ކީއްވެގެންބާވައެވެ.

.

ޕްރައިވެޓައިޒޭޝަން އާއި ބެހޭ ގޮތުން ތިޔަވިދާޅުވާ ވާހަކަފުޅުން ނިކުމެދާނޭ ނަތީޖާ  ވެސް ހަގީގަތުގައި ބިރުވެރި ހިސާބަކަށް ހިނގައިދާނޭ ކަމުގެ ވިސްނުން ގެނުވަނީ ދޯދިޔާ ގަވާއިދުތަކެވެ.

.

މިއީ، އަޅުގަނޑުމެންގެ ޤައުމެވެ. ދިވެހިންގެ ޤައުމުވެ. އަޅުގަނޑުމެންނީ ދިވެހީންނެވެ. މި ދިވެހި ޤައުމުގެ ދަރީންނެވެ. އަޅުގަނޑުމެން އެންމެންނަކީ އެއް މާޒީއެއް ހިއްސާކުރާ އެއްތަނަކުން އައި ބައެކެވެ. އަޅުގަނޑުމެންނަކީ އެއް މުސްތަޤްބަލަކަށް ދަތުރުކުރަމުންދާ، އެއް ތަޤްދީރެއް ހިއްސާކުރާނެ ބައެކެވެ. ވީއިރު، ޤައުމުގެ ނަމުގައި، އަޅުގަނޑުމެންނަށް އެއްބަސްވެވޭނެ ކަމެއް ނެތިގެން މިއުޅެނީ ކީއްވެގެންބާވައެވެ.

.

ނަޝީދުއެވެ. މިހުރިހާ ސުވާލުތައް ކުރެއްވުމަށްފަހު އަޅުގަނޑުމެން ދިވެހީންނަކީ އެއް މުސްތަގުބަލަކަށް ދަތުރުކުރާ ބައެކޭ ވިދާޅުވުމުން ނަޝިދުގެ ވިސްނުންފުޅުގެ ކޮށިކަން މިކަމުގައި ހަމަ ކަށަވަރުންވެސް އަޅުގަނޑްށް އެބަ އިހުސާސް ކުރެވެއެވެ. އަޅުގަނޑުމެންއެންމެންނަށް  ، ހެއްދެވި ފަރާތުން  ދެއްވި ވަސީލަތްތަކުން ލިބޭ ފައިދާގެ ބޭނުން ކޮށްގެން ނުވަބުރި އިމާރާތްތަކުގެ މަތީބުރީގައި ފަތާ ފެންގަނޑުހަދާ އެއަށް ހާހުން ލީޓަރުން ސާފު ފެން ލައިގެން ތިބެ ފޭތޭ އިރު ގައުމުގެ ބާކީ ތިބި މީހުން ނަށް ސާފު ބޯފެން އެންމެ ލީޓަރެއ ނުގަނެވި ތިބޭ އިރު، މިތިބީ އެއް މުސްތަގުބަލަކަށް ދަތުރު ކޮށް ކޮށޭ ވިދާޅުވަންޏާ އެ މުސްތަގުބަލަކީ ހަމައެކަނި މަރެވެ

Advertisements

One thought on “މުހައްމަދު ނަޝީދުގެ ގައުމީ ޝުއޫރުތަކެއްގެ އެތެރެ

  1. Hill says:

    މި ރައީސްމީހާ އެއްވެސް އިރެއްގަ މާ ދެކޮޅު ޖެހޭ ވާހަކަ އެއް ދެއްކިބާ. ޖާދޫ ޝޯ އަކަށް ވެސް ގިނައިން ދާންފެށީމަ އެނގެން ފަށަނީ، ތާކުން ތާކު ޖެހޭ ކަމެއް ނޫންކަން އެކުރަނީ. މިވެސް ހަމަ އެކަހަލަ މީހެއް. މީނަ ހެދި ޖާދޫ ބާވެ މިހާރު ދެން ފޫހިވޭ އަޑު އަހަންވެސް.

ޚިޔާލު ފާޅުކުރައްވާ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s