މައިންބަފައިންގެ ގޮތުގައި ފެއިލްވަމުންދާ ދިވެހީން_ ސުރުޚީ ބަދަލުކޮށްފައި

ގައުމުގެ  މުސްތަގުބަލަކީ މިއަދުގެ ކުޑަކުދީން ކަމަށާއި އެކުދީންނަށް ރަނގަޅު އާދަކާދަތައް ދަސްކޮށްދީ އެކުދީންނަށް ކަމޭހިތައި ރައްކާތެރިކަން ގޭތެރޭގައްޔާއި ގެއިން ބޭރުގައިވެސް ބުއްދި އާއި ވަސީލަތްތައް ތަންދިން އެންމެ ފުޅާ ދާއިރާއެއްގައި ދޭންޖެހޭނޭ ކަމުގެ ވާހަކަތަކަކަކީ ކުދި ބޮޑު ޖަލްސާތަކުގައި ދައްކައި ލިއުންތައް ލިޔެ އަޅުގަނޑުމެންގެ ދަރީންގެ ކަންފަތްތަކަށް ވެސް އަޑު އިވޭ ވާހަކަތަކެކެވެ.

އަޅުގަނޑުމެންނޭ މިދަންނަވަނީ  ދިވެހި ގައުމުގައި ތިބި މައިންނާއި ބަފައިންނާއި މައިންބަފައިންނަށް ވުމުގެ ފޮނި އުންމީދުކުރަމުންދާ ބޭފުޅުންނަށް ނިސްބަތްކޮށެވެ. “އަޅުގަނޑުމެން”ނަކީ ފެށުނީއްސުރެން ވެސް ގައުމުގެ މެޖޯރިޓިއެވެ. ގައުމުގެ ގަދަކޮޅެވެ ގައުމުގެ ނިންމުންތައް ނިންމުމުގެ ބާރުވެރި ފަރާތެވެ. ގައުމުގެ އެންމެ އިސް ވަޒީފާތަކަށް މީހުން ލައި ކެނޑުމުގެ ބާރު އޮތް މީހުންނެވެ، އާދޭހެވެ! އަޅުގަނޑުމެންނަކީ ގައުމުގެ ވެރީންނީމުއެވެ.

ސަރުކާރަކީ ގައުމުގެ މެޖޯރިޓިގެ އެދުންތައް ފުއްދައިދިނުމަށްޓަކައި ހަވާލުކުރެވިފައިތިބޭ  “އަޅުގަނޑުމެންގެ” ތެރެއިން މަދު އަދަދެއްގެ  ބައެކެވެ . ސަރުކާރަކާރުގެވެސް ވާޖިބުތަކެއްވާ ފަދައިން އަޅުގަނޑުމެންގެ ވެސް ފަރުދީ ގޮތުން ހަވާލު ވެވިފައިވާ  ވާޖިބުތަކެއް ވެއެވެ. އަޅުގަނޑުމެންގެ ވާޖިބުތަކު ތެރެއިން އެންމެ މުހިންމު އެއް ވާޖިބަކީ އަޅުގަނޑުމެންގެ އަނބީން/ފިރީން ންނާއި ދަރީންނަށް އަޅުގަނޑުމެންގެ މުޖްތަމައުން ލިބޭނޭކަމަށް ގަބޫލުކުރެވޭ  އެހެނަސް ނުލިބި ހުރި ކަންކަމުގެ ވާހަކައާއި އިތުރަށް ލުޔެއް ނުވަތަ ފަސޭހައެއް ލިބިދާނެ ކަމަށް އަމިއްލަ ބުއްދިއަށް ގަބޫލު ކުރެވޭ ވާހަކަތައް ބިރެއްނެތި ދެއްކުމެވެ. އެހާ ކުޑަކުޑަ ކަމެކެވެ. އެއަށްފަހުމޖިލީހަށް މެމްބަރުން ހޮވުމުގައި ވޯޓުލާންޖެހޭ ވަގުތު   އެކަންކަން ކުރެވޭނޭ މަގު ފަހި ކޮށްދޭނޭ ކަމުގެ އިތުބާރު އެންމެބޮޑަށް ކުރެވޭ ފަރާތަކަށް ތާއީދު ކުރުމެވެ. ނިމުނީއެވެ.

މިދެންނެވި،އެންމެހާ ފަރުދުންގެ އެދުންތައް އެއްކޮއްގެން ދިރާސާކޮށް އިތުރު ފުރިހަމަ ކަން އެ އެދުންތަކަށް ގެނެސްދޭނޭ ގޮތުގެ ފިކުރުކޮށް މުހިއްމު ކަންކަން ފާހަގަކޮށް އެ އެދުންތައް ފުއްދާދެވޭނޭ މަގުތަނަވަސްކޮށް ދައުލަތުގެ ބަޖެޓުގެ ތެރެއަށް އެކަންކަން ލާން ވަކާލާތުކޮށް އެކަންކަން ކުރުމުން އެހެނިހެން އިންތިޚާބީ ދާއިރާތަކުގެ މީހުންނަށްވެސް އެކަންކަމުން ކުރާނޭ ފައިދާގެ ވާހަކަ ކިޔާދީ އެކަންކން ކުރުމުމަށް އާނ ބަސް ރައްޔިތުންގެ މަޖިލީހުން ހޯދުމަށް ހުންނަމީހަކީ ރައްޔިތުންގެ މަޖިލީހުގެ އެ ދާއިރާއެއްގެ މެމްބަރެކެވެ. އެދާއިރާއަކާއި އެހެނިހެން ދާއިރާތަކާއިދެމެދު އޮންނަ ރަސްމީ މުއާސަލާތީ ގުޅުމަކީ މެމްބަރެވެ. އެމީހަކީ ވަރަށް ޒިންމާ ބޮޑު މީހެކެވެ. އިޚްލާސްތެރި ، ހިތުގެ އޑީން ކަންކަން ކުރާ މީހުން ދާއިރާ އަކުން ދުވަހަކުވެސް ހޯދާންޖެހޭ ކަމަށްވަންޏާ އެމީހަކު ހޯދާންވާ ވަގުތަކީ މަޖިލީހަށް މީހަކު ހޮވާން ޖެހޭ ވަގުތެވެ. މިފަދައިން އިޚްލާސްތެރި މެމްބަރުން ހޮވާން ވިސްނޭނީ ފަރުދުންގެ ގޮތުގައި އަޅުގަނޑުމެން އަމިއަލަ ނަފްސަށް އިޚްލާސްތެރި ނަމައެވެ. އަނބިދަރީންނަށް އިޚްލާސތެރިވެ ރައްޓެހީންނަށާއި އަވައްޓެރީނަނަށް އިޚްލާސްތެރި ނަމައެވެ.

ހުޅުވިގެން އެއްވަމުންދާ މިދުނިޔޭގައި މާދަމާގެ ގައުމުގެ ފަހުލަވާނުން ކަމުގައި އަޅުގަނޑުމެންގެ ދަރީން ހަދަން ބޭނުން ކަމަށް ވަންޏާ އެންމެފުރަތަމަ ދެވޭން އޮތްމިންވަރަކުން އުމުރާއި އެކަށޭނަ ޒިންމާ ނެގުމުގެ ފުރުސަތުވެސް އެކުދީނަނަށް ދޭންޖެހޭނެއެވ. ބަޔަކު އެކުދީންނަށް އޯގާތރިވެ ރައްކާތެރިކަން ދޭން އެބަތިބިކަން އެކުދީންނަށް ކަށަވަރު ކޮށް ދޭން  ޖެހެއެވެ. އެކުދީން ބޮޑެތިވެ އެހެން ޖީލެއް ބެލުމުގެ ޒިންމާ އެކުދީންނާއި ހަވާލު ކުރެވޭނީ އޭރުންނެވެ. ގައުމިއްޔަތަކީ މިއީ ނޫންތޯއެވެ؟ ގައުމިއްޔަތު ފެށޭ ހިސާބަކީ މިއީއެވެ.

ދަންނަވަން މިއުޅޭފަދަ، އުމުރާއި ގުޅޭގޮތުން ޒިންމާ ނެގޭނޭފަދަ މާހައުލެއް ކުޑަކުދީންނަށް ބައްޓަންކޮށް ދިނުމުގެ މުހިއްމުކަން،  އަޅުގަނޑުމެންނަށް ކިޔާދެވޭ ވަރުގެ ބޭފުޅުން “އަޅުގަނޑުމެން”ގެ ފައިސާޚަރަދު ކޮށްގެން ކިޔަވާ ވިދާޅުވެގެން ވަޑައިގެން އެބަ ތިއބެވިއެވެ.  ނަފްސާނީ އިލްމުވެރީން ނެވެ. ސުވާލު ކުރައްވާށެވެ

ތައުލީމު ލިބިގަތުމަކީ އެންމެ މުހިއްމުކަން ކަމަށް އަޅުގަނޑުމެންނަށާއި ދަރީންނަށް  އެކި ދުވަސްވަރުގެ ސަރުކާރުތަކުން ކިޔާދެއެވެ. ތައުލީމަކީ މުހިއްމު ކަމެއްކަމަށް އަޅުގަނޑުމެން ގަބޫލު ކުރަންޏާ އަޅުގަނޑުމެންގެ ދަރީންނަށް އެ މުހިންމުކަން އަޅުގަޑުމެން އަމަލީގޮތުން އަންގައިދީގެންމެނުވީ އެދެވޭ ނަތީޖާއެއް ނުނިކުންނާނެއެވެ. މަދަރުސާއަށް ނުވަތަ ސްކޫލަށް ދާން ތައްޔާރުވާ ހިސާބުންފެށިގެން އަނބުރާ ގެއައަށް ވަންނާންދެން ވެސް ތައުލީމުގެ މުހިއްމުކަން ދެނެގެންތިބެ ދަރީންނަށް ލޯބިދިނުމަކީ ކޮބައިކަން ދެނެތިބެ އެކުދީންނަށް އޯގާތެރިކަމާއި ރައކާތެރިކަން  ދޭންޖެހޭނެއެވެ. ނުދެވޭކަމަށް ވަންޏާ  ޒިންމާދާރު ބަޔަކަށް އެކުދީންނެހެދޭނެއެވެ. އެހެނީ ޒިންމާދާރު ބަޔަކަށް އަޅުގަނޑުމެން ވެފައިތިބިކަން އެކުދީނަނަށް ގަބޫލު ނުކުރެވޭނެތީއެވެ.

ތިޔަކުދީންނަކީ ގައުމުގެ މުސްތަގުބަލޭ ކިޔާ ތިކުދީންނަށް ގައުމުކްށްދޭނީ ކޮންކަމެއްތޯ އެހުމުގެ ބަދުލުގައި ތިޔަކުދީން ގައުމަށް ކޮށްދޭނީ ކޮންކަމެއްތޯ ސުވާލުކުރާށޭ ބުނުންފަދަ މޮޅެތި ކަމަށް ގަބޫލުކުރާ ބަސްބަސް އެކުދީންނަށް ކިޔާދީދީ ތިބޭއިރު އެކުދީން ތައުލިމު ހާސިލު ކުރާން މަދަރުސާއަށްދާ “މަގުމަތީގެ އަމާންކަން”ނުދީ ، ސައިކަލަކުން ނުޖެހި ކާރަކުން ނުޖެހި މީހަކުގެ ފުރައްސާރައިގެ ދަށުނުވެ ކަޓަރެއް ނުހެރި  އެކުދީންނަށް އެކަނި މަދަރުސާއާއި ހިސާބަށް ގޮސް އައިސް އުޅެވޭނޭކަން ކަށަވަރުކޮށްނުދެވި ތިބި ބަޔަކު ގައުމޭ، ވަތަނޭ، މުސްތަގުބަލަކީ ތިޔައޭ ބުނެ ދައްކާ ވާހަކަ ،ކުދީންނެއްކަމަކު ގަބޫލުކުރާނީ ކިހިނަކުންތޯއެވެ؟

އަޅުގަނޑުމެންގެ ޒިންމާ ކަމަށްވާ ،އަޅުގަނޑުމެންއެދޭ އެދުންތަކުގެ ވާހަކަ ނުދައްކާ ،ބަޔަކު ބުނާހާ ވާހަކަތައް އެމީހެއްގެ ނަސަބަށާއި ހަސަބަށާއި ލަވާ “ހަޅޭކަށް” ހަމައެކަނި  ބަލައިގެން ގަބޫލުކޮއްގެން މިއަދުގެ ފައިދާއަކަށް ހަމައެކަނި ވިސްނާން ތިބެ، ހުޅުވިގެން ގުޅެމުން މިދާ ދުނިޔޭގައި ދިވެހި ،ތެދުވެރި ހިތްވަރުގަދަ ފަހުލަވާނުންތަކެއް ނު އުފެއްދޭނެއެވެ.

ސްކޫލްތައް ނިމޭގަޑީގައި އެކަނި ނަމަވެސް ސިފައިން ނެރެގެން ގާބިލު ކުދީންނަށް އެކަނި ހިނގާފައި(ބެލެނި ވެރިއަކު ނެތި) ސްކޫލަށް ގޮސް އައިސް އުޅެވޭނޭ ރައްކާތެރި މާހައުލެއް ކޮންމެ ރަށެއްގައި ގާއިމު ކޮށްދިނުމަކީ، ﷲ ގަންދީ ހުވާކޮށްފައި މިދަންނަވާނީ ، ނަރުދަމާގެނިޒާމަކަށް ވުރެ ކޮނެވޭ ފަޅަކަށްވުރެ މިހާރު މިގައުމަށް މާ މުހިއްމު ކަމެކެވ. އަދި ކުޑަ ކުޑ ކަމެއްވެސް މެއެވެ. ބޮޑު ޚަރަދެއް ކުރަންވެސް ޖެހޭ ކަމެއްނޫނެވެ. ބޭނުންވަނީ ބުއްދިއެކެވެ

ވީމާ  އެމްޑީޕީ ވެ ޑީއާރޕީ ވުމުގެ ކުރީން މިކަމަށް ހައްލެއް ހޯދަމާތޯއެވެ

އިސްތިހާރު

ޚިޔާލު ފާޅުކުރައްވާ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s