ސުނާމީ އަކުން ރައްކާތެރިވުން

ދިވެހިރާއްޖެއަށް 2004 ވަނަ އަހަރު ޑިސެމަބަރ 26 ވަނަ ދުވަހުސުނަމީ އެރުމުގެ ކުރީން ، ސުނާމީއޭ ބުނުމުން އެއީ ކޮން އެއްޗެއްކަން އެނގޭ މީހުން ގައުމުގައި ވަރަށް މަދުވާނެއެވެ. އެހެނަސް މިހާރު، ސުނާމީ އުފެދޭން ދިމާވި ސަބަބާއި އޭގެ ނުރައްކާތެރިކަން ޚާއްސަކޮށް ދިވެހި ރާއްޖެއަށް އޮތް މިންވަރު ނޭނގޭ މީހަކު މަދުވާނެއެވެ. ގުދުރަތީގޮތުން ދިމާވާ މިފަދަ ކަންކަމާއި ދޭތެރޭ ވިސްނާ މުސްތަގުބަލުގައި ވެވުނު މިންވަރަކުން ސަލާމަތްކަން ހޯދުމަކީ ވާޖިބެކެވެ.   އަޅުގަނޑުމެންނަށް  ސުނާމީއެއް މިހާރު މިވަގުތު އަރަމުން އަންނަ ކަމުގެ ޚަބަރު ލިބިއްޖެއްޔާ ކުރާނީ ކޮންކަމެއްތޯއެވެ؟ އަޅުގަނޑުމެން އެއްވާންވީ ކޮންތާކަށްތޯއެވެ؟ ފުލުހުންނާއި ސިފައިންނަށް އަޅުގަނޑުމެންނަށް އެހީއެއްވެވޭނީ ކޮންގޮތަކަށް އަޅުގަނޑުމެން އެވަގުތު އަމަލުކޮށްގެންތޯއެވެ؟ މިފަދަ އެއްވެސް ސުވާލަކަށް ދޭކަށް ޖަވާބެއް އެކަކު އަތަކުވެސް އަދިއެއް ނެތެވެ. ސަބަބަކީ މި ސުވާލުތަކީ އަޅުގަނޑުމެން ކުރާ ސުވާލުތަކަކަށް ނުވާތީއެވެ. ބައެއް ބޭފުޅުން ދެކެ ލައްވާ ގޮތުގައި  ގުދުރަތީގޮތުން ދިމާވާ ކަންކަމުން ސަލާތްވާން އުޅުމަކީ ހެއްދެވި ފަރާތަށް ގޮން ޖަހަން އުޅުމެވެ.  މަރުވާން ހަމަޖެހިފައިވާގޮތަކަށް އެގަޑިއެއްޖެހުމުން މަރުވާނޭކަން ޔަގީނެވެ. ޖަރާސީމުތަކަކީވެސް ގުދުރަތީ އެއްޗެއްސެވެ. ހޮނު އެޅުމާއި ވާރޭވެހުން ފަދަ ކންކަމަކީވެސް ގުދުރަތީ ކަންކަމެވެ.  އެކަމަކު މި ތިބެނީ ސަލާމަތްކަން ހޯދުމަށް މަސތްކަތް ކޮށްގެންނޫންތޯއެވެ.؟މިހާރު މިއޮތީ އެމީހަކު އެމީހަކުގެ  ސަލާމަތް ހޯދާގޮތަށެވެ. ވަގުތު އައިސް ޖެހުމުން އެކަންޏެވެ

މާދަމާ ވެސް ސުނާމީއެއް  އައުމުގެ އިންޒާރު ނުބައިކޮށް ވިޔަސް ލިބިއްޖެއްޔާ އެ އިންޒާރުގެ ސަބަބުންއެކަނިވެސް، ހަމައެއް ލަމައެއް ނެތި އުޅެވޭގޮތަކުން މީސްމީހުންގެ ފުރާނައަށްވެސް ގެއްލުންލިބޭގޮތް މެދުވެރިވެދާނެއެވެ. މާފަހުން އެއީ ނުބައިކޮށް އައި އިންޒާރެއްކަން އެނގުމުން ވީމަރުތަކުގެ ޒިންމާ އަޅުގަނޑުމެނގެ އިންތިޒާމުގެ ބޮލުގައި ނޭޅި ދާނެތޯއެވެ؟ ދުނިޔޭގެ މީހުންގެ މަލާމާތް އަޅުގަނޑުމެންނަށް ރައްދު ނުވާނެތޯއެވެ؟ ބޭކާރު ކަރުނަ އަލާން ނުޖެހޭނެތޯއެވެ؟ ވީމާ މިއިން އެނގޭ ކަމަކީ އަޅުގަނޑުމެން އިންތިޒާމު ވާން ޖެހިފައިވާ ކަމެވެ.    ސަލާމަތްކަން ހޯދާނޭ ގޮތެއްގެ ޚިޔާލުކޮށް އެއަށް އަމަލީ ސިފަ ގެންނަން ޖެހިފައިވާކަން އެބަ އެނގެއެވެ

މިސާލަކަށް މާލޭގައި މިއޮންނަ ބޭރު ތޮއްޓާއި އެތެރެ ތޮށްޓާއި ދޭތެރޭގައި އެއޮތް ޖާގަ ސާޅިހަކަށް ފޫޓަށް އުސްކޮށް ޝީޓުއަޅާ ، ދޯނިފަހަރަށް ތިރިއަށް ވަދެވޭ ގޮތަށް ތަނބުޖަހާފައި އެތަންތަންނުގެ ބޭނުން މިހާރުވެސް އިޖްތިމާއީ އެކި ކަންކަން ކުރަން ބޭނުން ކުރެވިދާނެއެވެ ކުދި ކުދި ޕާކު ތަކާއި ކުޅޭތަންތަނާއި ލުއިކާނާ ވިއްކިދާނެއެވެ.މިހެން ގޮސް ކިތަންމެ ކަމެއް ކުރެވިދާނެއެވެ . ހަމަ އެއާއި އެއްކޮށް ސުނާމީގެ އިންޒާރު އައުމުން އެތަނަށް އެރޭ ގޮތަށްވެސް އިންތިޒާމު ކުރެވިދާނެއވެ. ހަމަ ޔަގީނުންވެސް ރައްކާތެރިކަމަށް ފިޔަވަޅެއް އެޅުނީއެވެ. މިފަދަ ކިތަންމެ ޚިޔާލެއް ކިތންމެ ބޭފުޅުންގެ ހުންނާނޭކަން ކަށަވަރެވެ.

އަޅުގަނޑުމެންގެ ގައުމުގައި މިހާރު ހަދަން ސޮއެ  އެކުރެވުނު ފްލޯޓިން  ގޮލްފް ކޯސް ހަދަން ކުރެވުނު ސޮޔާއި އެކު މިފަދަ ކަމެއްގެ ސޮއެއްވެސް ކުރެވުނު ޚަބަރު ލިބުނު ނަމަ  އޯގާތެރި ބަޔަކު އެބަތިބިކަން އެނގުނީހެވެ. ވިސްނުންތެރިކަމާއި ހިކުމަތްތެރި ކަމަކީ ހަމައެކަނި ވާހަކަ ފަށުވި ކުރަން ބޭނުންކުރާ ލަފްޒުތަކެއް ނޫންކަން ދިވެހީންނަށް އެނގުނީހެވެ

Advertisements

ޚިޔާލު ފާޅުކުރައްވާ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s