ދެ ނަޝީދުގެ ވިސްނުންފުޅުން ވާ ދޭހަ

އެމް އެން ޑީ  އެފްގެ  އިސް  މަގާމާށް މީހަކު  އައްޔަން ކުރުމާއިބެހޭ ބިލެއް މަޖިލީހަށް ހުށަހެޅި އެބިލް ވަނީ ވަނީފާސްވެފައެވެ. މިބިލް މަޖިލީހަށް ހުށަހެޅުއްވީ  މަޖިލީހުގެ މެމްބަރު މުހައްމަދު ނަޝީދުއެވެ. މިހެން މިކަން ހިގައިދިއުމާއި ގުޅިގެން ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައި، އެމަނިކުފާނުގެ ރޭޑިއޯ ޚިތޯބުގައިވަނީ ދިވެހިންނާއި ހިއްސާ ކުރައްވާފައެވެ.މިކަމުން ސިޔާސީ ގިނަ ބޭފުޅުންވަނީ ހޫނު ވެފައެވެ. ވީމާ، މިއީ ގައުމަށް ދިމާވެގެންއުޅޭ ވަރަށް ބޮޑުކަމެއްކަން ދަންނަން އެބަޖެހެއެވެ. މުޅި ގައުމުގައި ފެތުރިފައިވާ އަމަން އަމާންކަން ނެތުމުން ދިމާވެގެންއުޅޭ ނާމާންކަމަށްވުރެން މަޖިލީހުގެ މެމްބަރުންނަށާއި ސަރުކާރުގެ ވެރީންނަށް މިމައްސަލަ މާ ބޮޑަށްވެސް މިވަނީ ނާޒުކު ވެފައެވެ.މަގުހަރަސްކުރާ މީސްމިޙުން މަގުހުރަސްކުރުމުގެ ތެރޭގައި މަރުވެ، ވައިޖައްސާލަން ބޭރަށް އަނބި މީހާނ ގޮވައިގެން ނިކުންނަ ފިރިމީހާ ރުކަކަށް ބަނދެ ކުރިމަތީގައި އަންހެނުން ރޭޕް ކޮށް މިސްކިތުންފައިބާ މީހާ އަރިކަށްޓަށް ކަޓަރުހެރެމުންދާ މިދިވެހިރާއްޖޭގައި މިއިންކަމަކަށް ރޭޑިއޯޚިތޯބެއްގައި އަލިއަޅުވާނޭ ރައީސަކުނެތި، މިއިންކަމަކާއި ބެހޭ  ބިލެއް މަޖިލީހަށް ހުށަހަޅާނޭ މެމެބަރަކު  ނެތި ދާ ދިއުމަކީ، އެމް އެނޑީ އެފްގެ ޗީފް އައްޔަން ކުރާނޭ ބާރެއް ކަނޑައެޅުން ގައުމުގެ ހިންގުންތެރީންގެ ވިސްނުމުގައި ރޭޕް ތަކާއި ގަތުލް ތަކަށްވުރެ މުހިއްމު ކަމެއްކަން  ސާބިތުވާކަމެކެވެ. ގައުމުގައި އަމަން އަމާން ކަން އެބަ އޮތެވެ. ތަރައްގީދަނީ ވަރށް ބާރަށް ވަމުންނެވެ. މިއީ އެބޭފުޅުންގެ ވާހަކަފުޅުތަކުން އަޅުގަނޑަށް ދޭހަވާ ވާހަކައެވެ.

.

މި ބިލް ފާސްވި ގޮތުން ޑިފެންސް ފޯރސްގެ ޗީފް އައްޔަން ކުރެވޭނީ މަޖިލިހުގެ ރުހުން ލިބިގެންނެވެ.މިހެން ވުމުން،ރައީސުލް ޖުމްހޫރިއްޔާ ދެކިލައްވަނީ  މަޖިލިހުގެ މެޖޯރިޓީގެ ވިސްނުން ކޮށިކަމަށެވެ. ސަބަބެއްކަމަށް އެމަނިކުފާނު އިޝާރާތް ކުރައްވަނީ،  މިހެން މިކަން އޮތުމުން  ގައުމުގެ ތަރައްގީ އަށާއި  ސަލާމަތަށާއި ހަމަޖެހުމަށް ހުރަސް  އެޅިގެން ދިއުމުގެ މަގު ހުޅުވިގެންދާނޭކަމަށެވެ. ، ސިފައިންގެ އިސްވެރިޔާ އައްޔަން ކުރުމުގެ ބާރު މަޖިލީހަށް ލިބިއްޖެ ކަމަށް ވަންޏާ ގައުމުގެ ތަރައްގީއާއި ހަމަޖެހުން ގެއްލިގެން ހިނގައިދާނޭކަމުގެ ބިރު، އެމަނިކުފާނަށް އެބައޮތެވެ. ވީމާ ޑިފެންސް ފޯސްގެ ޗީފް އައްޔަންކުރުމުގެ ބާރު މަޖިލީހަށް ދިނުމަކީ އެމަނިކުފާނު އެއްގޮތަކަށްވެސް ވިޔަދެއްވާނޭ ކަމެއް ނޫނެވެ. މަޖިލީހުން ކޮންމެ ގޮތަކަށް ނިންމިޔަސް ވެހެވެ. މަޖިލީހަށް މި ބިލް ހުށަހެޅުއްވި ނަޝީދުގެ ވިސްނުންފުޅާއި، މި ބިލް ފާސްކުރައްވަން ވޯޓޫދެއްވި މެމްބަރުންގެ ވިސްނުންފުޅާއި  ރައީސް ނަޝީދުގެ ވިސްނުންފުޅާއި ސީދާ އިދިކޮޅުކަން މި ކަމުން އެބަ ސާބިތުވެއެވެ . މަޖިލިހަށް ބިލް ހުށަހެޅުއްވި ނަޝީދު ދެކިލައްވާގޮތުގައި ދިވެހި ގައުމަށް ފައިދާ ހުރި ގޮތަކީ މަޖިލީހުން ޗީފް އައްޔަންކުރުމެވެ. ޚިޔާލު ތަފާތެވެ ބިލެއްވަނި ފާސްވެފައެވެ.  ވީމާ، ރައީސް ނަޝީދު ވިދާޅުވި ޖޯޝުގައި ނިކުތުން މިފަހަރު ކޮންމެވެސްވަރަކަށް ދިވެހީންނަށް ފެނުން އެކަށީގެންވެއެވެ

.

މި ބިލް މިހެން އޮތުމުން ގައުމުގެ ތަރައްގީ އަށާއި ހަމަޖެހުމަށް އެވެސް ހުރަހެއް މެދުވެރި ވާން ޖާގައެއް އޮތްކަމަށް ވިސްނި ވަޑައިނުގަންނަވާކަމަށް މުހައްމަދު ނަޝީދު އެމަނިކުފާނުގެ ބްލޮގްގައި ލިއުއްވާފައި ވީނަމަވެސް ރައީސް ނަޝީދު ހަގީގަތުގައި ވިދާޅުވީ ކަނޑައެޅިގެން ހުރަސް އެޅޭނެ ވާހަކަ ނޫންކަންވެސް ރައީސް ގެ ވާހަކަފުޅުން ދޭހަވެއެވެ. އެމަނިކުފާނު ވިދާޅުވަނީ ހުރަސް އެޅިގެންދިއުމުގެމުގެ ފުރުސަތު އޮތް ވާހަކައެވެ. ފުރުސަތުގެ ވާހަކަ  މިފަދަ ކަމެއްގައި ދައްކާ ކަމަށް ވަންޏާ ރައީސުލް ޖުމްހޫރިއްޔާ މީހަކު އައްޔަން ކުރެއްވިއަސް މަޖިޅިހުން ރުހުން ހޯދިޔަސް އެފުރުސަތު  ހަމަ ކަށަވަރުންވެސް ނެތި ނުދާނެއެވެ. މިނިސްޓަރުން އައްޔަން ކުރުމުގައި އޮންނަ ގޮތަށް މިކަން އޮވެ މިކަމުން އެކަނި ގައުމުގެ ތަރައްގީއަށް ހުރަސް އެޅޭނެވާހަ ވިދާޅުވުމަކީ ބުއްދީގެ ސުވާލު އުފެދި ސިއްރު ތަކެއް އެކުލެވިގެންވާ ކަމެއްކަމަށް ބެލެވެއެވެ

.

ރައީސުލްޖުމްހޫރިއްޔާ ދެކިލައވާގޮތުގައި މަޖިލީހުން މިކަން މިހެން އަދި ނިންމިއަސް ، މިހެން މިކަން ދިއުމަށް އެމަނިކުފާނު ދޫކޮށެއް ނުލައްވާނެއެވެ. އެމަނިކުފާނަކީ ސިފައިންގެ އެންމެ އިސް ވެރިޔާ ކަމަށް ވީއިރު މަޖިލީހުން މި ނިންމިފަދަ، އެމަނިކުފާނު ދެކިލައްވާގޮތުގައި  “ދޯދިޔާ”  ގޮތަކަށް  ކަންކަން ގެންދާކަށެއް އެމަނިކުފާނުޖާގައެއް ނުދެއްވާނެއެވެ

.

މި ކަންތަކާއި ގުޅިގެން ގާނޫނު އަސާސީގެ ސާފު ނުސާފު ކަމާއި ބެހޭގޮތުންވެސް ރައީސްގެ ވާހަކުފުޅުގައި އަލި އަޅުވާލެއެވިއެވެ. ރައީސުލްޖުމްހޫރިއްޔާއަކީ ސިފައިންގެ އެންމެ އިސްވެރިޔާކަން ވަރަށްސާފުކޮށް ގާނޫނުއަސާސީގައި  ބަޔާން ކޮށްފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.މިއން ގާނޫނު އަސާސީގައި ސާފުނޫން ކަންކަން އެމަނިކުފާނަށް އެބަހުރިކަންވެސް އެބަ އެނގެއެވެ. ވީމާ، އެފަދަ ކަންކަމުގެ ވާހަކަ ދިވެހީންނަށް ވިދާޅުވެ ދެއްވުމަކީ ރައީސެއްގެ ހައިސިއްޔަތުން ވާޖިބު ކަމެކޭވެސް ދެންނެވިދާނެއެވެ. އަޅުގަނޑަށް ހީވަނީ ދިވެހި ރާއްޖޭގައި  މަގުމަތީގެ އަމަން އަމާންކަން ހިފެހެއްޓި އާންމުންނަށް ބިރުން ބަރީއަވެ ތިބެ މަގުމަތީގައްޔާއި ގޭތެރޭގައި އުޅެވެން ޖެހޭނޭ ކަމުގެ ގާނުނެއްވެސް ރައީސް ވިދާޅުވާފަދަ  “ވަރަށް ސާފު އިބާރާތަކުން” ގާނޫނު އަސާސީގައި ލިޔަން މިހާރު  މެމްބަރަކު  ހުށަހަޅުއްވަން ވެއްޖެއެވެ. މަގުމަތީގެ ރައްކާތެރިކަމަކީ  ގައުމުގެ ތަރައްގީއާއި ގުޅިފައިހުރި އަމާންކަމާއި ގުޅިފައިހުރި މުހިއްމުކަމެއް ކަން  އިސްވެރިންނަށް ފަހަރުގައި ގަބޫލު ކުރެވިދާނެ ނޫންތޯއެވެ

އިސްތިހާރު

ޚިޔާލު ފާޅުކުރައްވާ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s