މަޖިލީސް ޒިންމާދާރު ކުރުމަށް ނިކުތުން

ރައްޔިތުންގެ މަޖިލީހުގައި ތަޅާފޮޅި “ކަޅު ޖަލްސާ” ބެލިމީހަކަށް ދިވެހި ގައުމު މިވަގުތު އޮތް ހާލަތާއި ދިވެހީން މިސްރާބު ޖަހާފައި މިތިބަ މަންޒިލަކީ ކޮބައިކަން ދެނެގަންނާކަށް ދިރާސާތަކެއް ކުރާކަށް ނުޖެހޭނެއެވެ. ވަކި މިވެނި މީހެއްގެ ވާހަކަ ދައްކާނޭ ބޭނުމެއްނެތެވެ. ރައްޔިތުންގެ މަޖިލީސް މިހާރު އޮތްގޮތަށް އޮވެ އެފަދަ މަޖިލީހަކުން ގައުމަށް ލިބެންވާ މަންފާ ނުލިބޭނެކަން ގިނަ ދިވެހީންނަށް ގަބޫލު ކުރެވިއްޖެއެވެ. ސަރުކާރެއް ޒިންމާދާރު ކުރެވޭނީ ޒިންމާދާރު މަޖިލީހެއް އޮވެގެންނެވެ. ގާނޫނުތައް ރަނގަޅު ކުރެވޭނީ މަޖިލީހުގައި ހެޔޮ ވިސްނޭ މީހުން ގިނަވެގެންނެވެ.

އެކަކު ވާހަކަދައްކަމުންދާއިރު ލިބޭހުސް ސިކުންތުކޮޅުގައި ” އާމީން ” ކިޔާ އުނދަގޫ ކުރާ މީހުންނަކީ ހެޔޮ ވިސްނޭ ބައެއްނޫނެވެ. ތިމާގެ އަނބި ދަރީންނާއި އަވައްޓެރީންނާއި ގައުމުގެ މަސްލަހަތަށްވުރެން ވަކި ފަރުދެއް ހިމާޔަށްކުރަން ނުވަތަ ދުއްވާލަން އަމިއްލަ ނަފްސަށާއި ޖިސްމަށް ގެއްލުންލިބޭ ހިސާބަށް ކަންކަންދާއިރުވެސް ” އޯކޭ ” ވެގެން ތިބޭ ބަޔަކީ ހެޔޮ ވިސްނޭ ބައެއްނުނެވެ. އެކަކު ވާހަކަ ދައްކަން ފެށުމުން މޭޒުގައި ތަޅާ އޑުގަދަކޮށް ހަޅޭއްލަވާނަހަދާ ނުތިބެވޭ މީހުންނަކީ ހެޔޮވިސްނޭ މީހުންނެއް ނޫނެވެ. ކުރި ހުވަޔާއި ޚިލާފަށް މަސަތްކަތް ކުރާ މީހުންނަކީ ހެޔޮވިސްނޭ ބައެއް ނޫނެވެ. ތެދުވެ، ބުނާނޭ ބަހެއް ނޭނގި ތިބޭ މީހުންނަކީވެސް ހެޔޮވިސްނޭ ބައެއްނޫނެވެ.

ހެޔޮ ވިސްނޭ ބަޔަކު މަޖިލީހަށް ހޮވޭނީ ހެޔޮވިސްނޭ (އަމިއްލަ ނަފްސަށް ތެދުވެރި) ބަޔަކު ރައްޔިތުންގެ ތެރެއިން އިސްވެ ހަރަކާތެރިވެސް ވެގެންނެވެ. ރައީސް ނަޝީދު ވިދާޅުވިހެން ތިމާމެންގެ މުޖުތަމައުގެ ބޭނުންތަކުގެ ވާހަކަ ދައްކަން ބިރުކެނޑި ތިބި ބަޔަކު ނިކުމެގެންނެވެ.

މިހާރު ގާނޫނު ތަކާއި ގަވާއިދުތައް ހެދިފައި ހުރިގޮތުން ، އޮޅިގެން ބައެއް ބޮޑެތި ގައުމީ ފެންވަރުގެ ކޮސް ހެދުމުން އެފަދަ ކޮސްތަކުން ލިބޭ ގެއްލުމުން ސަލާމަތްވުމަށްޓަކައި ކުރާނޭ މާ ބޮޑު އެއްވެސް ކަމެއްގެ ވާހަކަ ގާނޫނަކު ލިޔެވިފައެއްނެތެވެ. އެކަމަކު އެންމެންނަށްވެސް ގެއްލުން ދަނީ ވަމުންނެވެ. ދެން ދެ އަތް އުރާލައިގެން ބާކީ މުއްދަތު ފާއިތުވަންދެން ތިބެންވީތޯއެވެ.ކަންކަން ރަނގަޅުވަމުންދާނީ މަޑުމަޑުން ލަސްލަހުންނޭ ބުނުމަކީ ގޯހެއް ނޫނެވެ. އެކަމަކު މިސްރާބު ހުރީ ގޯސްކޮށް ކަމަށްވަންޏާ އެވާހަކަ ދައްކަން މަޖުބޫރެވެ.

މިވަގުތު މިއޮތް މަޖިލީސް މިގޮތަށް އަދި އިތުރު އަހަރުތަކަކަށް ދެމިގެންދާގޮތަށް ބޭއްވުމަކީ ގައުމަށް ލިބޭނޭ ވަރަށް ބޮޑު ގެއްލުމަކަށްނޫނީ ނުވާނެއެވެ. މަޖިލީސް ޒިންމާދާރު ކުރުވުމަކީ ރައްޔިތުންގެ ވާޖިބެކެވެ. މަޖިލީސް ޒިންމާދާރުކުރުމަށް ނިކުމެ، ނުވިއްޔާ މަޖިލީސް އުވާލައިގެން އާ މަޖިލީހެއް ހޮވައިގެންނަމަވެސް އަޅުގަނޑުމެންގެހައްގުތައް ލިބިގަތުމަށްޓަކައި ހަދަންޖެހޭ ގާނޫނުތައް ހަދަން އެބަޖެހެއެވެ. ހަމަޖެހިގެން ދިރިއުޅެން އެބަޖެހެ އެވެ. ދެ ޕާޓީގެ ދެ ބޮޑުންގެ ކޯޅުމުގެ މެދުގައި ތާށިވެ ގޮތްހުސްވެގެން ތިބެން މިޖެހޭ ޖެހުމުން ސަލާމަތްވާން އެބަޖެހެއެވެ.

މިފަދަ ވާހަކަ ތަކަށް ރައްދު ދެއްވާ ބޭފުޅުން ވިދާޅުވާނީ ބޭރު ގައުމުތަކުގައިވެސް މަޖިލީހުގައި ތަޅާފޮޅާ ހަދާވާހަކައެވެ. އެކަމަކު އެބޭފުޅުންނަށްވެސް އެއީ މާރީތި މޮޅުކަމަކަށްވެގެން ކުރާ ކަންތަކެއް ނޫނެވެ. އެފަދަ ކަންކަމުން ސަލާމަތްވެ ތިބެ ކަންކަމާއި ވާހަކަދައްކައިގެން މައްސަލަތައް ހައްލު ކުރުމަކީ ޑިމޮކްރަސީގެ ބޭނުންތަކުގެ ތެރޭގައި ހިމެނޭ ކަމެކެވ.

Advertisements

ޚިޔާލު ފާޅުކުރައްވާ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s