ދީނީ އިލްމުވެރީންނަށް ސުވާލެއް

އިސްލާމް ދީން ގަބޫލު ކޮއްގެން މިގައުމުގައި ތިބި މީހުންގެ ތެރެއިން އާންމުންގެ  ބަޔަކާއި  ސިޔާސީ އިސް ސަފުތަކުގެ ބޭފުޅުންނާއި ދީނީ ބޮޑެތި އިލްމުވެރީންގެ ތެރެއިންވެސް އިސްވެ ހަރަކާތްތެރިވާ ބޭފުޅުން  ދެކެލައްވާގޮތުގައި އިސްލާމްދީނަކީ ހަމަ އެކަނި ސުވަރުގެއަށް ދާން އޮތް މަގެކެވެ. ދީނީ ހަރަކާތްތަކުގައި ގައުމުގައި އިސްވެ ހަރަކާތްތެރިވާ  ބޭފުޅުންގެ ތެރެއިން ފަރީދު، އިލްޔާސް އަފްރާޝީމް ފަދަ ބޭބޭފުޅުންގެ ބަހާއި އަމަލުން އެ ބޭފުޅުން ވެސް މި ލިސްޓުގައި ހިމެނޭކަން ސާބިތު ވެއެވެ

ދިވެހި ގާނޫނު އަސާސީގައި އިސްލާމް ދީނާއި ބެހޭގޮތުން ކޮންމެ ވާހަކައެއް  އޮތަސް އަދި ގައުމުގެ ބޮޑެތި މަގާމުތަކާއި ހަވާލުވެ ވަޑައިގަންނަވާ ބޭފުޅުން ﷲ ގަންދީ ކޮންމެފަދަ ހުވައެއް ކުރެއްވިއަސް، އިސްލާމްދީނަކީ ގައުމެއް ހިންގާން އޮތް ވަރުގަދަ ސިސްޓަމެއް ކަމާއި އެސިސްޓަމް ގާއިމް ކޮށްގެން އަޅުގަނޑުމެންނަށް ގައުމެއްގެ ގޮތުގައި އަމާންކަމާއި ތަނަވަސްކަމާއި އުފާވެރިކަން ލިބޭނޭކަމަށް  ﷲ އަންގަވާފައި ވިއަސް  އެފަދަ ބޭފުޅުންވެސް ހިތުގެ އަޑިން އެކަން ގަބޫލު ކުރައްވާ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއ ނުކުރެވެއެވެ. ހިތުގެ އަޑީން ، އެބޭފުޅުން ވިދާޅުވަމުން ގެންދަވާ ވާހައެއްކަމަށް އެބޭފުޅުން ވިދާޅުވަނީ އެ ބޭފުޅުން ތިއްބެވީ  ދިވެހި ރައްޔިތުންނަށް ހެވާއި ލާބައާއި މަންފާއަށް އެދިގން ކަމަށާއި އެބޭފުޅުން ﷲގެ މަގު އިޚްތިޔާރު ކުރައްވާހަކައެވެ. އެހެން ނަމަވެސް  ، އެބޭފުޅުންގެ މި ވާހަކަތަކަކީ ތެދުކަމަށް ގަބޫލުކުރަމޭ ބުނުން ވާނީ ދޮގަކަށެވެ. މިހެން ދަންނަވަންޖެހޭ ސަބަބު ތިރީގައި އެ ވަނީއެވެ

ކީރިތި ގުރުއާނުގައި ، ގައުމެއް ހިންގުމުގައި އަމަލު  ކުރާންވީގޮތުގެ އޮނިގަނޑު ބައްޓަން ކުރާނވީ ގޮތް މާތް ﷲ އަންގަވާފައި އެބައޮތެވެ. އެކަމަކު ދިވެހި ދީނީ އިލްމުވެރީން ،އެފަދަ އޮނިގަނޑެއް ބައްޓަން ކުރާނޭގޮތަކަށް   އުޅެގަތުމަށް އަޅުގަނޑުމެންނަށް މަގުދައްކަން އުޅެނުގަނެ އެތިއްބެވީ ކޮން ސަބަބަކާއިހެދީތޯއެވެ. މި ސުވާލުގެ ޖަވާބު އެބޭފުޅުން ދޭންޖެހޭނޭ ދުވަސްވެސް ދުރޭ ދެންނެވުންވާނީ ގޯހަކަށެވެ . ބުއްދީގެ ހަމަތަކުން ޖަވާބު އެބޭފުޅުންނަށް ދެވެން އޮންނާނީ ދެގޮތަކަށެވެ.  ކީރިތި ގުރުއާނުގައި ގައުމެއް ހިންގަން އުޅެގަންނާންވީގޮތް ބަޔާން ކޮށްފައިވާކަން ތިމަންމެން ނުދެނަތިބީމޭ ބުނެ ޖަވާބު ދެއްވުން ނުވަތަ ކީރިތި ގުރުއާނުގައި އޮތްގޮތަށް އުޅެގަނެގެންނަކުން ތިމަންމެންނަށް ގައުމެއްގެ ގޮތުގައި ކުރިއެރުމާއި އުފާވެރިކަން  ލިބޭނޭކަމަކަށް ތިމަންމެން ގަބޫލެއް ނުކުރަމޭބުނެ ދެއްވާ ޖަވާބެވެ

ނުސީދާކޮށް ، މީގެ ތެރެއިން ދެވަނަ ގޮތަށް،  އަޅުގަނޑުމެންގެ ރައީސުލް ޖުމްހޫރިއްޔާ މިހާރު ވަނީ ޖަވާބު ދެއްވާފައެވެ. ދެން އޮތީ ދީނީ އިލްމުވެރީންގެ ޖަވާބެވެ ނުވަތަ ވިދާޅުވާން އޮތިއްޔާ އޮތް ބަސްފުޅެވެ . ފަހުބަހަކީ ރައްޔަތުންގެ ބަހެވެ. ލަސް ނުކުރައްވާށެވެ.  ޓިކް  ޓޮކް  ޓިކް  ޓޮކް  ޓިކް   ޓޮކް . ގަޑި އެބަ ހިނގައެވެ

އިސްތިހާރު

2 thoughts on “ދީނީ އިލްމުވެރީންނަށް ސުވާލެއް

  1. ismailmubaarak says:

    Badheeu this is a perfect question for the uprising fundamentalism , moderate people Cannot tolerate this silence anymore , have to give more open quiz to them , have to setup radio channels to wake them up , like they use atoll radio to hypnotize knowledge-less poor Maldivians 24 hours… Most of the islanders were listening that , and nothing is improving and nothing has improved except grow in number, the tali ban style rock hard muscled islanders, ( LIKE HIMANDHOO )
    sad news … how can this poor community face the challenges of 21st century with this 1st century traditional lifestyle , Its not a matter of religion, its a matter of tradition . Well a frog would say its pond is the whole world , their mindset is just the same , they would keep saying it until knowledge wake them up, or else they would give a sacrifice for their narrow thinking .. the sad new is this sacred war will begin in this same community with ALLAH AKBAR..

  2. turnedpage says:

    ވަރަށް ރަގަޅު ވާހަކައެކެވެ. ސުވާލަކީ ބަދީޢު ތިގެންގުޅުއްވާ ވިސްނުން ގެންގުޅެނީ އަލުގަޑުމެންގެ ތެރެއިން ކިތައް މީހުންބާއެވެ؟ މުސްލިމުންނޭ ކިޔައިތިބެ އިސްލާމީ ގިއުގަޑުގެ ތެރޭގައި ދިރިއުޅުމުގެ އެންމެހައި ކަންތައްތައް ބެހެއްޓޭތޯ މަސައްކަތް ކުރަނީ ކިތައް މީހުންބާއެވެ؟ މިސުވާލުތަކުގެ ޖަވާބަކީ ޤައުމީ ނިސްބަތުން “ބޮޑު ބައެއް” ކަމުގައި ނުވާހާ ހިދަކު، ރައްޔިތުންގެ ފަހުބަސް އެންމެ އެދެވޭ ގޮތުގައި އައުމަކީ ނާދިރު ކަމެކެވެ.

ޚިޔާލު ފާޅުކުރައްވާ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s