ހައްދު ފަހަނަޅާފައިވާ އަޅުގަނޑުމެންނަށް

ގައުމުގެ ހިންގަވާ ން ރަސްމީކޮށާއިނުރަސްމީކޮށް  ތިބއްބެވި ބޭފުޅުން  އެއްބަޔަކުގެ މައްޗަށް އަނެއް ބަޔަކު ގަދަ ވެގަތުމަށްޓަކައި  ކުރާކަށް، ވަކި މިވެނި ކަމެއް މިހާރަކު ނެތެވެ. ބުނާކަށް ނުބުނާކަށް  ވަކި މިވެނި އެއްޗެއް ނުބައްލަވައެވެ. މިހެން މިވަނީ ސިޔާސީގޮތުން ހައްދު ފަހަނަޅާ  ދިއުމުންނެވެ. ގައުމު  ހިންގަވަން ތިއްބެވި ބޭފުޅުން ހައްދު ފަހަނަޅާ ދިއުމުން ގައުމުގައި ދިރިއުޅޭ މިޙޫން ހައްދު ފަހަނަޅާ ނުގޮސް ނުތިބޭނެއެވެ

ގޭގެ އިމުން ބޭރުވެ މަގުމައްޗަށް އަޅާ ފުރަތަމ ފިޔަވަޅާއި އެކު ހައްދު ފަހަނެޅުމުގެ ކުލަވަރު ކޮންމެ ދިމާލަކުން ފެނި އިހްސާސްނުވެ ނުދެއެވެ.  މަގު ހުރަސް ކުރާން ދިމާކުރުމުން ހައްދު ފަހަނަޅާފައިވާ  ދުއްވާ މީހުންނާއި ދިމާވާނެއެވެ.  ދުއްވާ މީހުންނަށް ހައްދު ފަހަނަޅާފައިވާ ހިނގާ މީހުންގެ އުނދަގުލާއި ކުރިމަތިލާން ޖެހެއެވެ. ޚިދުމަތެއް ލިބިގަތުމަށްޓަކައި ތަނަކަށް ދިއުމުން  ހައުދު ފަހަނަޅާފައިވާ ވިޔަފާރިވެރީންނާއި ކުރިމަތިވާނެއެވެ.   ވިޔަފާރި ވެރީންނަށް ހައްދުފަހނެޅި ކަސްޓމަރުންނާއި ކުރިމަތިލާންޖެހެއެވެ. ހެދިފައިވާ ގަވާއިދެއްގެ ދަށުން ލިބެންވާ ހައްގެ ހޯދުމަށްޓަކައި އުޅެގަންނަ މީހާއަށް ހައދު ފަހަނެޅުމާއި ކުރިމަތިނުވެ ކަމެއް ނިމުމަކީ ނާދިރު ކަމެކޭ ދެންނެވިއަސް ދޮގު ނުވާނެއެވެ. އެކަކު އަނެކަކުގެ މައްޗަށް ކުރިހޯދުމަށް މަސަތްކަތް ކުރާން އުޅެގަންނަ އިރު  ހައްދު ފަހަނަޅައިގޮސް ކަމާއި ނުބެހި ތިބި ،  އަނބި ދަރީންވެސް  އެކަމުގެ ތެރެއަށް ލައިގެންވިޔަސް ކުރިޙޯދަން މަސަތްކަތް ކުރާނެއެވެ.  ދީނީ ނަސޭހަތެއް ދިނަސް ހައްދު ފަހަނެޅުމުގެ ކުލަވަރު  ނުޖެހި ދެއްކޭ ވާހަކަ މަދެވެ. މުޅި ގައުމު މިވަނީ  ހަތަރު ފަރާތުން ހައްދު ފަހަނަޅާފައެވެ.

މިހާ މަތީ ދަރަޖައަކަށް މި ގައުމު ހައދު ފަހަނަޅާ ގޮސްގެން މިއުޅޭ ސަބަބަކީ  ކޮބައިތޯއެވެ. ދިވޭހީންގެ ނުލަފާކަމުންތޯއެވެ.  ދެކޮޅުޖެހޭ ސާފު ގާނޫނު ތަކެއް ނެތުމުގެ ސަބަބުންތޯއެވެ. ސިޔާސީ ޕާޓީތަކާއި ރައްޔިތުންގެ މަޖިލީހުގެ މެމްބރުންގެ އަދަދު މަދުކަމުންތޯއެވެ. މިނިސްޓްރީތައް މަދުވެގެންތޯއެވެ. މުޅި ގައުމު އެއްފަސް ނުވުމުންތޯއެވެ . އާންމު އެންމެހާ ފަރުދުންގެ އިޚްލާސްތެރިކަން ނެތުމުންތޯއެވެ. ލިބޭ ފައިސާއިން ދެކޮޅު ނުޖެހޭތީތޯއެވެ. ނުވަތަ ދިވެހީންގެ ނުބައި ނުލަފާ ކަމުންތޯއެވެ

ޖަވާބަކަށް ކޮންމެ އެއްޗެއް އަޔަސް ހަގީގަތަކީ މި ފަހަނަޅާފއިވާ ހައްދުގެތެރެއަށް ދިވެހީން އަލުން އަނބުރާ ވަންނަންޖެހިއްޖެ ކަމެވެ. މިހެން ހައްދު ފަހަނަޅާދިއުމުގެ   އަސްލަކީ ކޮބައިކަމާމެދު ހިތާހިތުން ސުވާލު ކޮށްލައްވާށެވެ. އެކަތިގަނޑަކަށް ވަމުން މިދާ ދުނިޔޭގައި އަޅުގަނޑުމެން ދިވެހީން އެކަކު އަނެކަކަށް ގުދޯ ގުދޯ ގޮވަގޮވާ   ތިބެގެން އަޅުގަނޑުމެންގެ މި ގައުމުގެ އިމުގެ ތެރެއިން ލިބެންހުރި މަންފާގެ ބޭނުން އަޅުގަނޑުމެންނަށް ވުރެބޮޑަށް ކުރާނީ   މިގައުމުން ބޭރު މީހުންނަށްކަން އެންމެންވެސް ގަބޫލު ކުރަން ޖެހިއްޖެއެވެ .

ވީމާ އަޅުގަނޑުމެން މިހާރު އަޅަންޖެހޭ ފުރަތަމ ފިޔަވަޅަކީ   އަޅުގަނޑުމެން ދިވެހީންނަކީ ސިޔާސީގޮތުން ޚިޔާލު ތަފާތުވިޔަސް ކިޔަން އެކައްޗެއް އޮތް ބައެއްކަން އެކަކު އަނެކަކަށާއި ބޭރުގެ ފަރާތްތަކަށްވެސް ދެއްކުމެވެ. އެ ކިޔާ އެއްޗަކީ އަޅުގަނޑުމެންގެ ހިތްވަރު ގަދަކޮށްދީ  އޭގައި ފިސާރި ވަރުހުރި ހަރުދަނާ އެއްޗަކަށް ވާން ޖެހޭނެއެވެ . އެއީ އަޅުގަނޑުމެންގެ މައިގަނޑު އުސޫލުކަން އަމަލީ ގޮތުން   އެންމެން އެކަކު އަނެކަކަށް ދައްކައި  ބިރު ކެނޑެމާތޯއެވެ. އަޅުގަނޑުމެންނަށް ބިރުދައްކާ ބަޔަކު ތިބިއްޔާ އެބަޔަކު ހުއްޓުވާ ހަށިފޮޅާލާ ހިންދަމާލަމާތޯއެވެ.

Advertisements

ޚިޔާލު ފާޅުކުރައްވާ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s