ދީނީ މިނިވަންކަން ނުދީ އިސްލާމް ދީން ކުރިއެއް ނާރާނެ

ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމުގައި ދިވެހިން ތިބީ އެއްބަސް ވެގެންނެވެ. އެހެން ނަމަމވެސް ގާނޫނު އަސާސީ އަކުން ވެސް ނުވަތަ އެ ނޫން އެއްބަސް ވުމަކުންވެސް، އެއްވެސް މުޖުތަމައެއްގެ އެންމެންނަކީ  މުސްލިމުންނޭ ބުނެ ކަނޑައެޅޭނޭ އެއްވެސް ހަމައެއް ނުވާނޭކަން އިސްލާމްދީން ފޮނުއްވި، ކާއިނާތުގެ ވެރި އިލާހް ވަނީ އަންގަވާފައެވެ.

އަޅުގަނޑުމެންގެ ގާނޫނުއަސާސީގައި   މުސްލިމްކަށް މެނުވީ ދިވެއްސަކަށް ނުވެވޭނޭ ކަމަށް ބުނެ  ލިޔެފައިވާ ލިއެން ގާނޫނީގޮތުން  ކިތަންމެ ސައްހައެއް ވެ އެއަށް  އަމަލު ކުރަން ޖެހުނަސް، އިސްލާމް ދީނުގެ ހަމަތަކުގެ އަލީގައި ބަލާއިރު  ، މުޖުތަމައުގައި އިސްލާމް ދީނުގެ ހިކްމަތްތެރިކަން ކުރިއަށް ނެރެ ގެން ތިބި ކަމަށް ގާނޫނުއަސާސީ  ބުނާކަމަށް ދައުވާ ކުރާ ކުރުމަކީ ޖާހިލު ކަމުގެ ތެރެއިން ވާ ކަމެއް ކަމަށް ދަންނަވަން ޖެހެނީ ހިތާމަޔާ އެކީގައެވެ. މިހެން މިދަންނަވަން މި ޖެހެނީ  ބަޔަކު މީހުން ލައްވާ ދޮގު ހަދަން މަޖުބޫރު ކުރާ ބަޔަކަށް ވުރެން ވަކި ނުބައި ބަޔަކު ނުވާތީއެވެ.   ” ކަލޭ ކޮންމެ ދީނެއް ގަބޫލު ކުރި ކަމުގައި ވިއަސް އަހަރެމެން  އެހެން މީހުން ކައިރީގައި ބުނާނީ ކަލެއަކީ މުސްލިމެކޭ”  ގާނޫނު އަސާސީ މެދުވެރި ކޮށް އަޅުގަނޑުމެން ބުނެގެން ތިބި ވާހަކަ  ތަކުގެ ތެރެއިން އެއް ވާހަކައަކީ މިއެވެ. އަޅުގަނޑުމެންގެ ދީނަށް ފުރައްސާރ ކުރާ މީސް މީހުންގެ ތެރެއިން ހިއްލަތުފަދަ މީސް މީހުން ވެސް އަޅުގަނޑުމެން ހަމަ ، މުސްލިމުން ކަމުގއި ބަލައިގެން ތިބެން ގާނޫނުން މިތިބީ މަޖުބޫރު ކޮށްގެންނެވެ. ހަގީގީ ޒައިނިސްޓުން ގެ ހީލަތްތެރި ގޮތް ގާނޫނުއަސާސީ މެދުވެރިކޮށް ވެސް މިތިބީ  އަށަގަންނުވަން ފަށައިގެންނެވެ.

ގަދަކަމުން އެމީހެއްގެ ހިތުގައިވާގޮތާއި ޚިލާފަށް ޕާސްޕޯޓު ފަދަ ލިއުންތަކުގައްޔާއި އަދި އެނޫންވެސް ގޮތަކަށް އެމީހެއްގެ ދީނަކީ އިސްލާމްދީންކަން  ކަމުގައި އެއްބަސްވާން މަޖުބޫރުކޮށްގެން ތިބެ އަޅުގަނޑުމެން މިދަނީ ސަތޭކަ ޕަސެންޓޭ ކިޔާ ދެކޮޅުންވެސް ބޮޑެތި ދޮގު ހަދުމުންނެވެ.  އުޚްރަވީ ފައިދާއެއް މިކަމުން  ނެތް ހާލު ދުނިޔަވީގޮތުން ވެސް ގެއްލުން ފިޔަވާ ލިބޭ ހަމަ އެކައްޗެއް ވެސް ގައުމަށް ވިއަސް ފަރުދަކަށް ވެސް އޮތީއަކީ ނޫނެވެ. ހަމަ އެކަނި އޮތީ  ކަނޑާލެވޭ ފޮންޏެކެވެ.  މިއީ ސުބްހާނަހޫ ވަތައާލާ އެންގެވި ގޮތް ނޫން ކަން ނޭނގޭ ހުރީ ކޮން މުސްލިމެއްތޯއެވެ.  އެހެން ކަމުން ރާއްޖޭގައި އަޑު އުފުލާ  ޝެއިޚުން ނަށް ނޭނގުމެއްގެ ތެރޭގައި ނަމަވެސް އިސްލާމް ދީން ފޮހެލުމަށް ބަޔަކު މިގައުމުގައި ކުރާ މަސައްކަތަށް ވާގި ނުދެވެޔޭ ބުނެވޭނޭ އެއްވެސް ހަމައެއް ނެތެވެ.

މުޖުތަމައް އެއް ބިނާ ކުރުމުގައި އެންމެ އިސް އަސާސަކީ ހެޔޮ ގޮތުގައި އާއިލާތައް އުފެއްދުން ކަމަށް ވީ އިރު އިސްލާމް ދީނުގައި ވަނީ  އާއލިލާތައް  ހިންގަން ފަށައިގަންނާނޭ ހަމަތައްވެސް މިކިޔާ  ޑިމޮކްރަސީއާއި ޚިލާފަށް ، ފުރިހަމަށް އަންގަވާފައެވެ. ކައިވެނި ކުރެވޭނީ ކޮންކޮން ހާލަތުތަކެއްގައި ކޮންކޮން ބަޔަކާ ކިހިނެތްކަން ވެސް ވަނީ ބަޔާން ކުރައްވާފައެވެ.

ދެބަސްވެވެން ނެތް ހަގީގަތަކީ އަޅުގަނޑުމެންގެ ތެރޭގައި އިސްލާމް ދީން ގަބޫލު ނުކުރާ މީހުން  އުޅޭ ކަމެވެ.މި ގައުމުގެ ރައްޔަތުންގެ ތެރެއިން   އެއްވެސް ދީނެއް ގަބޫލު ނުކުރާ މީހުންނާއި ކްރިސްޓިއަނުންނާއި ބުޑިސްޓުން  މިގައުމުގައި  އެމީހުންގެ ދަރީންނަށް ވެސް އެގޮތް ކިޔައިދީ އަންގަމުން ދާ އިރު އަޅުގަނޑުމެންނަށް އެގަހު ކޭލެއް މިގަހު ކޭލެއް ނޭނގި ތިބެ  އަޅުގަނޑުމެންގެ ދަރީން ކައިވެނީގައި މިފަދަ މީސް މީހުންނާއި ހަވާލު ކުރެވޭ ތަން ގަސްދުގައި މެދުވެރި ކޮށްގެން ތިބުމުން އެއޮތީ ފިސާރި ރަނގަޅަށް ދީން ކުރި އަރާފައި ނޫންތޯއެވެ. މުސްތަގްބަލާ ދޭތެރޭ ވިސްނާ މިންވަރު މެކުހަށް ޖަހާފަ ނޫންތޯއެވެ.  ދީނުގައި ކައިވެނި ކުރެވޭ ގޮތްތައް ޝަރުއީ ގޮތުން ބަޔާން ކުރައްވާފައި ވާއިރު  އެގޮތްތައް ދެނެގަތުމަށްޓަކައި އަޅުގަނޑުމެން ކުރަންޖެހޭ  ޝަރުއީ މަސައްކަތް ތަކެއް ވެސް ހުންނާނޭ ކަން އެގެން ވާނެ ނޫންތޯއެވެ. މިހާރު  މިއޮތް ގޮތުން ކައިވެނީގައި އަންހެން ދަރި ހަވާލު ކުރެވެނީ އޭތީސްޓަކާއި ކަމަށް ވިއަސް  ޝަރުއީގޮތުން އެމީހަކީ މުސްލިމެއް ކަމަށް ގަދަކަމުން  ހަދައިގެން ތިބުމުން ޝަރުއީ ހަމަތަކުން ބަލާއިރު ކައިވެނީގެ ވަލީ ނުދީ ބެލެނިވެރިއާއަށް   ހުރެވޭނޭ ހައިސިއްޔަތެއްވެސް ނެތެވެ.  ރާއްޖޭގއި އަބޫޖަހުލު އާއ ހުރިހާ ފިރުއައުންތައް ތިބި  ކުމަގައި ވިއަސް އެމީހުން ވެސް އަޅުގަނޑުމެން ގުނާނީ ހަމަ  މުސްލިމުންގެ ގޮތުގައި  ނޫން ތޯއެވެ . ބަޔަކު މީހުންނަށް ދީން ހިމާޔަތް ކުރެވޭނީ މިހާކަންހާވަރަށެވެ. މިއީއަކީ އިސްލާމީ ހަމަތަކުން ހިނގާ މުޖުތަމައެއްގައި ކަންހިނގާނޭ ގޮތެއް ނޫންކަން ހެއްދެވި ފަރާތުން ވަނީ ސަރީހަ އިބާރާތުން އަންގަވާފައެވެ ވެ

އަޅުގަނޑު ދެކޭ ގޮތުގައި މީގައި އެންމެ ރަނގަޅު ގޮތަކީ އެމީހަކު އުޅެން ބޭނުންވާ ދީނެއްގައި ރަޖިސްޓްރީ ކުރެވޭނޭ  ދައުލަތުގެ  އޮފީހެއް އުފެއްދުމެވެ.  ދިވެހިންގެ ތެރެއިން ހިތުގެ އަޑިން އެހެން ދީނެއް ގަބޫލުކޮށްގެން ތިބެ ސުވަރުގެ ލިބިދާނޭކަމަށް ހީވެ  މަގު އޮޅިފައި ތިބި ބަޔަކު  ކެރެންޏާ އެ އޮފީހުގައި ރަޖިސްޓްތީ ވެގެން ތިބެދާނެ ނޫންތޯއެވެ. އެބަޔަކު ވަކިވަކިން ހޯދައިގެން ނަސޭހަތްވެސް ދެވޭނީ އޭރުން ނޫންތޯއެވެ. ރާއްޖޭއަށް އެތެރެކުރެވޭ ބިޑިސުއްޓާގެ އަދަދު އެނގޭ އިރު ، މަތިވެރި ދީނުގއި ތިބީ ކިހާ އަދަދެއްގެ މީހުންކަން ވެސް މިގައުމަކު ނޭނގެއެވެ. މި ފަދަ ނޭނގުމެއްގެ ތެރޭގައި ތ ބުމަކީ މާ ގަދަ އުފާވެ ސުވަރުގެ ދެވޭނޭ މަގު ހުޅުވޭ ކަމަކީތޯއެވެ. ޔަގާނެގީފަދަ އައިރު މުސްލިމުން  ވިހާ މަރުވަމުން  މިފަސްގަނޑަށް ދާއިރު ހަމަ އެއްވެސް މަސްސަލައެއް ނެތެވެ. އެކަމަކު މަގު އޮޅުނު އަޅުގަނޑުމެންގެ އަޚާއަށް މި ގައުމުގައި ހުންނާކަށް ސިކުންތެއްގެ ފުރުސަތުވެސް ނެތެވެ. ހާދަހާވާ  ވަރުގަދަ ދީނީ ލޯތްބެއް އޮތް ގައުމެއްތާއެވެ.

ފައްޅި އެޅުންފަދަ އެހެން ދީންތައް ޕްރޮމޯޓުކުރެވޭފަދަ އެއްވެސް ކަމެއް ކުރުމަކީ ހުއްދަ ކުރުމަކީ ވެގެންވާނޭ ކަމެއްކަމަށް އަޅުގަނޑު ނުދެކެމެވެ.  މީހަކު އެހެން ދީނަކަށް ރަޖިސްޓްރީ ކުރި ކަމުގައި ވިއަސް އެމީހަކަށް ރާބުއިމުގެ ލައިސަންސް ލިބި  އޮރިޔާން ހާލުގައި މަގު ހިނގައި އުޅުމާއި ރޯދަމަހު މަގުމަތީ ކެއްން ފަދަ ކަންމަކީ  ކުރެވިގެން ވާނޭ ކަން ކަމެއް ނޫނެނެވެ. އަދި ހައްދު ޖެހުމާއި އެނޫންވެސް ގާނޫނީ، ޝަރުއީ އެއްވެސް ކަމަކުން އެ މީހަކަށް ބަރީއ ވެގެންނެއް ނުހުރެވޭނެއެވެ.

އިސްލާމްދީން ކުރި އެރުވުމަށްޓަކައި އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ގާނޫނު އަސާސީ ދެކޮޅު ޖެއްސުމެވެ.  ދީނަށް ލޯބި ވާ ވަރު ރައްޔަތުންނަށް ދެއްކުމަށްޓަކައި ހެއްދެވި ފަރާތުންވެސް އަންގަވާފައިނުވާ ކަންކަން ދީނުގެ ނަމުގައި  ކުރާ މީހުން އެ ކަންކަން އެ ކުރަނީ ހަގީގަތުގައި އަޅުގަނޑުމެން އޮޅުވާލުމަށްޓަކައެވެ.  . އިޖްތިމާޢި ތަރުތީބާއި އިސްލާމްދީނާއި ވަކި ކުރަން މަސައްކަތް ކުރާ މީހުންނަކީ ދީން ރަނގަޅަށް ނޭނގޭ ނުވަތަ ގަބޫލު ނުކުރާ މީހުންނެވެ.

Advertisements

ޚިޔާލު ފާޅުކުރައްވާ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s